ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް ކަމުގެ މަގާމުން މުހައްމަދު ނިޒާރު އިސްތިއުފާ ދެއްވައިފިއެވެ.

ނިޒާރް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީސީބީ ބޯޑުގައި 34 އަހަރު ދުވަހުގެ ހިދުމަތަށް ފަހު، ވަކިވެލަނީ ހިދުމަތްތަކެއްކޮށްފައި ކަމަށެވެ.

"ޕީސީބީ ބޯޑުގައި 34 އަހަރު ދުވަހުގެ ހިދުމަތަށްފަހު އަޅުގަނޑުގެ މި ޓައި ނައްޓާލަނީ ހިދުމަތްތަކެއް ކޮށްފައި، ސަރުކާރަށާއި، ބޯޑު މެންބަރުންނަށް ޝުކުރު ދަންނަވަން". ނިޒާރް ވިދާޅުވިއެވެ.

 

ނިޒާރް އެ މަގާމަށް އައްޔަން ކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

ޕީސީބީ ބޯޑުން ނިޒާރް އިސްތިއުފާ ދެއްވިއިރު އެ ބޯޑުގައި ތިއްބެވި މެންބަރުން ވަކި ކުރުމަށް ކުރުމަށް މަޖިލީހުގެ ބައެއް މެންބަރުން ވަނީ ގޮވާލާފައެވެ. އަދި މެމްބަރުންގެ ބޯޑު އަލުން އެކުލަވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލިހުން ވަނީ މި މަހުގެ ކުރީކޮޅު ފާސްކޮށްފައެވެ.

ޕީސީބީ ބޯޑު މެމްބަރުން ވަކިކުރުމާއި އައްޔަން ކުރުމުގެ ބާރު ލިބެނީ ރައީސަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝާން

    ތިހުރިހާ މީހުން އިސްތިއުފާދީ. ތިއީ ޔާމީން ގެ ހުދު މުހުތާރު ވެރިކަން ހިމާޔަތްކުރިމީހުންތައް.

    6
    67
  2. ނާހަމަތެދެއް

    ނިޒާރު ޕީސީބީ ބޯޑުގައި 34 އަހަރުދުވަހު ޚިދުމަތްކުރެއްވިޔޭ؟ ނާހަމަ ތެދެއް؟ ޕީސީބީ އުފެއްދިތާވެސް ތިޔަހާ ދުވަސްވީކަމެއްނޭނގެ. ދެން ކިހިނެއް އެ ތަނުގައި ބޭފުޅަކު 34 އަހަރު ޚިދުމަތްކުރައްވާނީ؟ ތަންފުކެއްބޮޑުވަރުމީ!

    4
    2
  3. ދޮންބެ

    ބުރާންތި ވިޔަސް ބޮޑުވަރު 34 އަހަރު ވެރިކަމުގާހުރި ޔާމިނުތަ

    6
    2