ވޯލްޑް ބޭންކުން ރާއްޖެ އަށް 30 މިލިއަން ޑޮލަރު ދޭން ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ވޯލްޑް ބޭންކާއި ފިނޭންސް މިނިސްޓްރީއާ ދެމެދު މިއަދު ވި މި އެއްބަސްވުމުގައި ވޯލްޑް ބޭންކުން ރާއްޖެ އަށް 30 މިލިއަން ޑޮލަރު ތެރެއިން ދެ ބައިކުޅަ އެއްބަޔަކީ ހިލޭ އެހީ އެވެ. އަނެއްބައި އެއީ ލޯނެވެ.

މި އެއްބަސްވުމުގައި ވޯލްޑް ބޭންކުގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކުގެ ފަރާތުން ރާއްޖެ އާއި ނޭޕާލާއި ލަންކާ އަށް ކަނޑައަޅާފައި ހުންނަ ޑިރެކްޓަރު ޑރ. އިދާ ސްވަރާއީ ރިޑިއޯ އެވެ. ފިނޭސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

މިއަދު ސޮއިކުރި ފުރަތަމަ އެއްބަސްވުމުގއި 20 މިލިއަން ޑޮލަރު ހިލޭ ދޭން ނިންމިއިރު މިއީ ބަޖެޓާ އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދިއުމަށް ފްރޭމްވޯކެއް ތައްޔާރު ކުރުމަށް ދިން އެހީއެކެވެ.

ދެވަނަ އެއްބަސްވުމަކީ 10 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ވި އެއްބަސްވުމެކެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވެދާނެ ގުދުރަތީ ހާދިސާތަކާއި ބަލިތަކުން ރައްކާތެރިވުމަށް މާލީގޮތުން ރާއްޖެ ބާރުވެރިކުރުވުމުގެ ގޮތުން ދިން އެހީއެކެވެ.

ރާއްޖެ އަންނަނީ އިގްތިސާދީ ގޮތުންނާއި އިންސާނީ ވަސީލަތްތަކުން ކުރިއަރަމުން ކަމަށް ވޯލްޑް ބޭންކުން ބުނެފައިވާއިރު ސަރުކާރުން ދަނީ ތަރައްގީގެ ޕްރޮޖެކްޓްތަކަށް ފައިސާ ނެތް ކަމަށް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޙުސެން

  ފިނިހަކި ސަރުކާރުންވެސް ލޯނުނަގާތަ

  10
 2. ކިބުލުސްތާނު

  އެހެންވީމަ 15މިލިޔަން ޑޮލަރުދެއްތޯ؟ސުވާލަކީ ކީއްކުރަން ކޮންބޭނުމަކު ކޮންކަމަކަށްނަގާ ލޯނެއްހޭ؟ތިލޯނުގެ އިންޓްރެސްޓަށް ކިހާވަރެއަރާ؟ދައްކާ ޙަލާސްކުރަންޖެހެނީ ކިހާ މުއްދަތަކު؟ރޔާމީން ގައުމުގެ ތަރައްގީގެ ބިޔަ ޕްރިޖެކްޓްތަކަށް ލޯނު ނެގުމުން މުނިކާފަދަރިންނާ އެއްކޮށް ތިމަންނަމެން ދަރާ ވިކިއްޖެކަމަށްބުނެ ހަޅޭލެވިމީހުން ވެރިކަން ލިބުމާއެކު ދުނިޔޭގެ އެތަށްމިތަނުން ލޯނު މިނަގަނީ ކާކުލައްވާ ދަރަނި ދައްކަންތަ؟ އިބުރާހިމަށް އަދީބުދިން 32މިލިޔަނުން ދައްކާ ނިމޭނެތަ؟ވަގު ވޯޓު ވަގު ސަރުކާރު؟އިސްތިއުފާ.....

  10
 3. ޕަވަރާން

  ޔާމީން ސަރުކާރުން ލޯނު ނެގީ މެގަ ޕުރޮޖެކްޓު ހިންގަން.. މިސަރުކާރުން އެއްވެސް ޕުރޮޖެކްޓެއް ނުހިންގާތާނގަ އަދި ސަލާންއެބަޖަހާ ފައިސާ ހޯދަން..

  10
  1
 4. އޮނު

  ތިޔަ 30 މިލިއަން ޑޮލަރުގަނެތް ފެންނާނެ ތަރައްޤީއެއްގެ ކަމެއް. ފްރޭމް ވޯކެއްހެދުމާއި ބާރުވެރިކުރުން. މާނައަކީ މިއީ ހަމަ އަމިއްލަޖީބަށް ބައްކޮށް ކައިހުސްކުރުމަށްފަހު، ރައްޔިތުމީހާ ފެލައިގެން ދަޢުލަތަށް ނަގާ ޓެކްސްއިން ލޯނުދެއްކުމަށް ނަގާފައިވާ ލޯނެކޭ.

 5. ޝަރަހަ

  ތިޔައީ ނަޝީދު ކާންނަގާފައިސާތަކެެއް

 6. ......

  ވޮލްޑް ބޭންކްއިން ލޯނުދޭން އެއްބަސްވި އެއްބަސްވުން ބަލަންބޭނުން...އިސްލާމް ދީނުގެ ކިތެއް އުސޫލުތޯ މުގުރާލަން އެއްބަސްތިވީ އެނގެންބޭނުން....އަހަރެމެން އަޅުވެތިވެގެންދަނީ ކިހާ މިންވަރަކަށްކަންވެސް އެނގެން ބޭނުން...ދީނާ މިނިވަންކަން ވިއްކަނީތި...ލިބޭހާލާރި އަޅަނީ އަމިއްލަ ޖީބަށް...