ރާއްޖޭގެ ދެ ޔުނިވާސިޓީ ކަމަށްވާ މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ އަދި ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ބޭފުޅުން އައްޔަން ކޮށްފިއެވެ.

އެގޮތުން ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ޑރ. ހަސަން ހަމީދު މިއަދު އައްޔަން ކުރައްވައިފިއިވާއިރު މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ޑރ. މުހަންމަދު ޒާހިރު ހުސެއިން ވަނީ އައްޔަން ކޮށްފައެވެ.

މި ބޭފުޅުންނަށް ފަތްކޮޅު އެރުވުން ރައީސް އޮފީހުގައި މިހާރު ކުރިއަށް ދާއިރު ޑރ. ޒާހިރު މީގެ ކުރިން ވެސް ވަނީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަން ކުރައްވައިފަ އެވެ. ޑރ. ހަސަން ހަމީދު އެންމެ ފަހުން ހުންނެވީ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރުގެ މަގާމުގަ އެވެ.

ގައުމީ ޔުނިވަސިޓީގެ ގާނޫނަށް އިސްލާހު ގެނެސް 18 ވަނަ ރައްޔުތުންގެ މަޖިލީހުން ފާސްކުރި އިސްލާހަކީ ޔުނިވާސިޓީގެ ކައުންސިލަށް ބައެއް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސަށް ލިބޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހެކެވެ. އެ އިސްލާހު ތަސްދީގު ކުރެއްވުމާ އެކު 13 މެމްބަރުން ތިބޭ ޔުނިވަސިޓީގެ ކައުންސިލަށް ނުވަ މެމްބަރުން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ކުރިން ގާނޫނު އޮންނަ ގޮތުން އެ ކައުންސިލްގައި ހިމެނޭ ރައީސް އައްޔަން ކުރައްވާ މަގާމަކީ ޗާންސެލަރުގެ މަގާގާމު އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަފިރިންގެ ޚިޔާލް

    ދިވެހި ރައްޔިތުންގެ ޓެކުހުން ބޮޑް މުސާރަ އަބަދު ދޭންވީ މިމީހުންނަށްތަ. ދެމީހުންނަކީވެސް ޑރ.މިހެންއޮތަސް ހިންގުމުގެ ދާއިރާއިން މުޅިން ފެއިލްވެފަ ތިބި މީހުން،،، ދުނިޔޭގައި އުމުރުން 17 އަހަރުގަ ޕީއެޗްޑީ ނަގާފަ ތިބި ކުދިން އެބަތިބި، އެކަމަކު އެއީ ސަނަދެއް... ޒާހިރު އުމުރު ހަމަ ޅަވަނީ،،، މިއީ ކޮންފަދަ ވަބާއެއްތޯ، ރާއްޖޭގައި ވަރަށް ޒުވާން ޤާބިލް ބޭފުޅުން ތިއްބާ،،، ހަމަ ދޯ. ރ.މައުމޫނު ހަމަޖެއްސެވި ނަމަ ..... ދޯ

    31
    2
  2. ހޔތގ4

    މި ފަރާތްތަކުގެ މިލްކުވެރިކާމެދު ދައުވާ ކުރައްވާ ފަރާތެއް ވާނަމަ އަންގަވާ ލައްވާ.. ކޮންމެ ސަރުކާރަކަށްވެސް ބަލަދު އަރާތީ މިހެން މިބުނީ..

    28
    1
  3. ރައްޔިތު

    މި ޒާހިރަކުން ރާއްޖެ ސަލާމަތެއް ނުވިއޭ ދޯ؟! ޒާހިރުގެ ނަހަލާލު "ހަވީރު" ނޫހުގެ ނަހަލާލު ދަރި "މިހާރު" ނޫހުން މި ނަހަލާލު ސަރުކާރު ގެންނަން ކުރި ނަހަލާލު މަސައްކަތްތަކުގެ ނަހަލާލު ބަދަލުތަ؟!

    28
    1
  4. ނަން

    ހަމަ މައުމޫނިއްޔަތު ކުރި އަރައި ދެމެހެއްޓިގެން މިދަނީ. ކޮން ޒަމާނީ ތައުލީމެއް ދޭ ވާހަކައެއް މިދައްކަނީ؟

    14
  5. Anonymous

    ޗާންސެލަރއެއްގެ މަޤާމުގައި ހުންނަންވާނީ ތަޖުރިބާ ހުރި ބުއްދިވެރި ދުރުވިސްނޭ ބޭފުޅެއް. މިދެ ބޭފުޅުންގެވެސް ޝަރުތު ހަމަވޭ.