މާލޭގެ ހުރިހާ މަގެއް މިއަހަރުގެ ތެރޭގައި ހުރިހާ މަގުތަކެއްގެ މަރާމާތުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލުގެ މެމްބަރު އަހްމަދު ޒަމީރު ވިދާޅުވީ މާލޭގެ މަގުތައް މަރާމާތުކޮށް ހެދުމަށް ބޭނުންވާ ބަޖެޓު މިހާރު ހަމަޖެހިފައިވާ ކަމަށެވެ

ޒަމީރު ވިދާޅުވީ ކުރީގެ ސަރުކާރުން ރިންގް ރޯޑާއި، މަޖީދީ މަގު ފިޔަވާ އެއްވެސް މަގަކަށް ސަމާލުކަން ދީފައި ނުވާކަމަށެވެ.

"މާލޭގެ މަގުތައް މަރާމާތުކޮށް ހެދުމަށް ބޭނުންވާ ބަޖެޓު މިހާރު ހަމަޖެހިފައިވަނީ މިއަހަރުގެ ތެރޭގައި މަސައްކަތް ފެށިގެންދާނެ" އޭނާ ވިދާޅުވިއެވެ.

ޒަމީރު އިތުރަށް ވިދާޅުވީ މި ސަރުކާރު އައުމަށް ފަހު ކައުންސިލަށް ބާރުތައް ދިން ނަމަވެސް، މަގު ހެދުމަށް ބޭނުންވާ ތަކެތީގެ ސްޓޮކު ނެތުމުގެ އިތުރުން ބަޖެޓެއް ވެސް މަގުތައް ހެދުމަށް ކަނޑައަޅާފައެއް ނުވާ ކަމަށެވެ

"ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އޮތީ ސިޓީ ކައުންސިލުގެ ބާރުތައް ހަނިކޮށްފައި ކަމަށާއި އޭރު މަގު ހެދުމުގެ ކަންކަން ކުރީ ހައުސިން މިނިސްޓްރީގެ ދަށުން " ޒަމީރު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި ވަނީ މާލެ ވަށައިގެން އޮތް ބޮޑުތަކުރުފާނު މަގުގައި ތާރުއަޅާ އެ މަގުގެ ނަން ރިންގް ރޯޑްގެ ނަމަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަރިޔާދު

    މާލެއާއި ހުޅުމާލެ އާއި ދޭތެރޭ ބުރިޖެއް އަޅުން ކަހަލަ ކަމެއް!

    15
  2. ހުސޭނުބޭ

    ކުރީގެ ސަރުކާރުން މުޅި މަޖީދީމަގު އޭގެ ޖަންކްޝަން ސިސްޓަމްވެސް ބަދަލުކޮށް އަލުން އެއްކޮށް ހެދީ. ރިންގުރޯޑުވެސް ހެދީ! އަޅެ ކަލޭމެންގެ ކުޅަދާނަކަމެއް ހުރިއްޔާ ތަސްބީހަފައްޗެއްހެން ކުރީގެ ސަރުކާރޭ ނުގޮވާ ތި މަސައްކަތް ނިންމާބަލަ!

    21
  3. ގުއިދައިތަ

    ބާރު ދީފަ ފައިސާ ނުދޭ ދޯ ޒަމީރޫ..!! ފައިސާ ދިން އިރު އަތުގަ މެޝިނެރީޒް އެއް ނެތެއްނު. ދެން ކިހިނެތް ތިކަން ކުރާނީ..؟؟ ހަމަ މޮހޮނަށް ދޯނި ދޭ އުޞޫލުން ޞާލިހް ސަރުކާރުން ކައުންސިލްތަކަށް ކަންތައް ކޮށްދެނީ މި.!!

    14
  4. Anonymous

    މާލެ ފެހިވާނެހެން ގަސްތައް ޖަހާފަ މަގު ހަދަނިކޮށއ ސަޅިވާނެ

    9
    1
  5. ދޮށީ އަނބި

    ޔާމީނުގެ ތަރައްގީ ހަޖަމުނުވެ ނޭވާ ހޮޅިޔަށް އެޅޭތީ އުޅޭތަން ބަލަން ހާދަމަޖަލޭ.. މަޖިލީހުގަވެސް ކޮންޑަމް ފުލޭވަރގެ ކެއުންތަށް ހުރޭ މިހާރު

    17
  6. ޑޮންޑޮން

    ރައީސް ޔާމީން ހަދާފަހުރި ހުރިހާ މަގެއް ތަޅާފަ ދެން ސަރުކާރުގައި ހުރިހާ ލާރި ވޭސްޓް ކުރަން އަލުން އެތަން ހަމަ އެ ހުރި ގޮތަށް ހެދުމުގެ ބޭނުމެއް ކޮބާ؟ ދެން ބްރިޖް ވެސް ތަޅާފަ އަލުން އަޅަން ވީނު؟

  7. ކޭކުލި

    ކޮންމެ ކަމެއްވެސް ކުރުމުގެ ކުރިން ކުރީސަރުކާރު ،ކުރީސަރުކާރު ،ކުރީސަރުކާރު ،ކުރީސަރުކާރު ،ކުރީސަރުކާރު ،ކުރީސަރުކާރު ،ކުރީސަރުކާރު ،ކުރީސަރުކާރު ،ކުރީސަރުކާރު ،ކުރީސަރުކާރު ،ކުރީސަރުކާރު ،ކުރީސަރުކާރު ،ކުރީސަރުކާރު ،ކުރީސަރުކާރު ،ކުރީސަރުކާރު ،ކުރީސަރުކާރު ،ކުރީސަރުކާރު ،ކުރީސަރުކާރު ،ކުރީސަރުކާރު ،ކުރީސަރުކާރު ،ކުރީސަރުކާރު ،ކުރީސަރުކާރު ،ކުރީސަރުކާރު ،

    ކަމެއްވޭތޯ ބަލާބަލަ ރައްޔިތުން ވޯޓު ދިނީ ކުރިޔަށް ވުރެ ކަންކަން ރަގަޅަށް ކުރުމަށް

  8. އަލިބެއްޔާ

    ކުރީސަރުކާރު 33 ފަހަރު..