ދިވެހި ރާއްޖޭގައި އެންމެ ކުޑަކޮށް ދެވޭނެ މުސާރަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

"މާސާރައާއި އުޖޫރަ އާ ގުޅޭގޮތުން ލަފާދޭ ބޯޑް" އަކީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން އިބްރާހިމް މުހައްމަދު ސާލިހު މެއި އެއް ވަނަ ދުވަހު އެކުލަވާލައްވާފައިވާ ބޯޑެކެވެ. މި ބޯޑުން އިކޮނޮމިކް މިނިސްޓްރީއަށް މުސާރަ އާއި އުޖޫރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދެއް ކަނޑައެޅުމަށް ލަފާ އަރުވާނެއެވެ.

އިކޮނޮމިކް މިނިސްޓްރީއިން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ، މި ބޯޑުގެ ބޭނުމަކީ ރާއްޖޭގައި މަސައްކަތް ކުރާ ފަރާތަތަކަށް އެންމެ ކުޑަމިނުން ދެވޭނެ މުސާރަޔާ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް، މި އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް ނިންމައި މިކަމާއިގުޅޭ ގޮތުން މިނިސްޓަރ އަށް އެކަށީގެންވާ ލަފައެއް އެރުވުން ކަމަށެވެ.

އެގޮތުން، މިއީ ރާއްޖޭގައި އަލަށް ތައާރަފް ކުރާ ކަމަކަށްވުމާއިއެކު އެންމެ ކުޑަމިނުން ދެވޭ މުސާރަ އަދި އުޖޫރައެއް ކަނޑަ އެޅުމަށްޓަކައި ބޭނުންވާނެ ފުރިހަމަ މައުލޫމާތުތައް އެއްކޮށް، ދިރާސާތަކެއް ހެދުމަކީ މުހިންމު ކަމެއް ކަމަށް އެ ބޯޑުން ދެކޭ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ރޯޑު މެޕެއް އެކުލަވާލައި އެއާ އެއްގޮތަށް ބޯޑުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އަދި މި މަސައްކަތުގައި އިންޓަނޭޝަނަލް ލޭބަރ އޮގައނައިޒޭޝަން (އައި.އެލް.އޯ)ގެ އެހީ އެ ބޯޑަށް ލިބެމުން އަންނަކަންވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ފާއިތުވި ޖުލައި މަހު 8-10 އަށް އައި.އެލް.އޯގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް ތިން ދުވަހުގެ މަސައްކަތު ބައްދަލުވުންތަކެއް ބޭއްވުނު ކަމަށް އެ ބަޔާނުގައި ވެއެވެ.

މިބައްދަލުވުމުގައި ސަރުކާރުގެ މުއައްސަސާތަކުންނާއި، ވަޒީފާ އަދާކުރާ ފަރާތްތަކުގެ އިތުރުން ވަޒީފާ ދޭ ފަރާތް ތަމްސީލު ކުރާ މަންދޫބުން ވަނި ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި އެކިއެކި މުއައްސަސާތަކުގައި ލިބެންހުރި މައުލޫމާތުތައް ދެނެގަނެ، އިތުރަށް ބޭނުންވާނެ މައުލޫމާތު ވަނީ ކަނޑައަޅާފައެވެ. އަދި ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި މިނިމަމް ވޭޖް ކަނޑައަޅާފައިވާ ގޮތާއި ބެހޭގޮތުން ބައިވެރިންނަށް ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތުގައި، އައިއެލްއޯގެ އެހީތެރިކަން އިތުރަށް ހޯދުމުގެ ގޮތުން އެ ޖަމިއްޔާގެ ފަރާތުން ލީޑް ކޮންސަލްޓެއްޓެއްގެ ލަފާ ބޮޑަށް ލިބޭނެގޮތަށް ހަމަޖެހިފައިފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ފަންނީ ލަފާދިނުމާއި، މިނިމަމް ވޭޖް ކަނޑައެޅުމުގެ ދިރާސާތަކުގައި އެހީތެރިވެ ދިނުމަށް ސިނާޔަތްތައް ތަމްސީލް ކުރާ ޓެކްނިކަލް ކޮމިޓީއެއް އެކުލަވާލާފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.

އެ ބޯޑުން މިހާރު ކުރިއަށް ގެންދާ މައިގަނޑު މަސައްކަތަކީ، ސަރުކާރުގެ އެކިއެކި މުއައްސަސަތަކުންނާއި އެހެނިހެން ފަރާތްތަކުން ލިބެންހުރި މައުލޫމާތުތައް އެއްކުރުމެވެ. އަދި މިހާރު ލިބިފައިހުރި މައުލޫމާތުގެ އިތުރުން ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި "އެންޓަރޕްރައިޒް ސަރވޭ" އެއް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޖ

    ކޮންއަހްރެއްގެ ޑިސެމްބަރ މަހެއްގަބާ، 2022ގެ ޑިސެމްބަރ ކަމަށް ވުން އެކަށީގެންވޭ

    16
  2. ސަބީނާ އިލްޔާސް

    ލޯކަލްކައުންސިލް އިންތިޚާބަށް ޖަހާ މަޅި! އިންތިޚާބު ކައިރިވީވަރަކަށް ރައްޔިތުންނަށް ހުވަފެން ދައްކާނެ! 32 ބިލިޔަންރުފިޔާގެ ބޮޑު ބަޖެޓް ރައްޔިތުންނަށް ކަމެއް ނުކޮށްދީ ކައި ތަޅާ ބުރުއްސިކަމާއި ޤާވްމީ ރިޟާވް 750 މިލިޔަން ޑޮލަރުން 200 މިލިޔަން ޑޮލަރަށް ދަށްކޮށް ކައި ހުސްކުރިކަން ހަނދާނަށް ގެނޭ! މުޅި ދައުލަތް އޮތީ އެއް ޢާއިލާއެއްގެ މުށުތެރޭގައިކަމާއި މުޅި ޤަވްމުގެ މާލިއްޔާ ބަހާ ހުސްކުރަނީ ޢާއިލާއަށާ ބައިމީހުންނަށްކަމާ އެނޫން އެތައް ވަޒީފާތައް ގެއްލުވާލާފިކަން ހަނދާނަށް ގެނޭ! ރައްޔިތުންނޭ ވިސްނާ!

    26
  3. ާއަހުމަދު

    ކައުންސިލު އިންތިހާބު އޮތީ ކޮންމަހަކު

    11
  4. ގައްބެ

    ހަމަގުބޯހައްދަނީ ހެއްދިވަރަކައް މިބޯގަޅިރައްޔިތުން ހަމަހެދޭނެ އެމީހުންނައްއެނގެޔޭ ރާއްޖޭގަތިބީ ފައްކާގަމާރުންކަން ކޮއްނެއެއްޗެއްކިޔަސް ގަބޫލުކޮއްލައިގެން ތިބެދާނެކަން މުސްކުޅިންބުނެއުޅޭ ފެތުނުއޮޑީރިޔާދަށުވިޔަސް މޮޔައިނގެއަތްދަށުނުވާށޭ މިއަދުމިތިބީ އެބޮނޑިލިބިފަ

    10
    1
  5. ފުނަދޫ

    އެއްވެސްމީހަކު ކޮއްދޭކަމެއް ހެޔޮހިތުން ހޮއްދޭކަމެއްނޫނިއްޔަކާ އިހުލާސްތެރިކަމާއެކީގަނުކުރެވޭނެ ބަޔަކު ތަޅާމަރާއައިގެންކުރާކަމެއްކުރަނީކަމަކައްކަމެއް އޭގެންވާނީގިނަފަހަރައްގެއްލުން

    6
    1