ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން ޓީވީ ޗެނަލްއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޕާޓީން ބުނެފިއެވެ.

އެ ޕާޓީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެ ޕާޓީގެ ލީޑަރު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އިސްނެންގެވުމާއެކު ޓީވީ ޗެނަލްއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި މިއީ އެ ޕާޓީގެ ރައްޔިތުންނަށް ހާއްސަކޮށް ޕާޓީގެ ތަފާތު ހަރަކާތްތައް ގެނެސްދިނުމާއެކު، އެއްވެސް ފަރާތަކަށް ނުޖެހި ހަމަހަމަ ކަމާއި އެކު ހަބަރުތައް ގެނެސް ދިނުމަށް އުފައްދާ ޗެނަލްއެއް ކަމަށް އެ ޕާޓީން ބުނެއެވެ.

އެ ޕާޓީން ޗެނަލްއެއް އުފައްދާނެ ކަން ހާމަކޮށްފައިވާއިރު، ޖާބިރު އިސްނެންގުވުމާއެކު ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ. އަދި ދާދި ފަހުން ޖާބިރު ވަނީ އެ ޕާޓީގެ ފަރާތުން 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަން އިއުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބޮއިހަލާކު

    ޖާ ޓީވީތަ؟ ރާ ޓީވީ ގޮތަށް. ތިޔަ ޗެނަލެއް ބަލައިގެން ރައްޔިތުންގެ ބަޔަކު ހޭދެބައި ނުވިއްޔާ ކިތަންމެހާވެސް ރަނގަޅު.

    37
    1
    • ކަނީރު

      ވަގު ޓީވީގޮތަކަށް ނޫންތަ؟

  2. ކަހަނބު ވިތްޓޯ ޓޯ

    ޖާބިރު ސިޔާސީ މިިީހަކަަަާއި ވައްތަރެއްނޫން ފާރޮށި ފިހާ މީހަކާއި ވައްތަރީ.

    30
    3
  3. ށސޮނިފޮހެުގެ މަަންމެ

    ޅޯބި ސޮރެއް ތީ

    5
    3
  4. މުހައްމަދު

    ކޭންޕޭނުކުރިއިރު ހަދަން ބުނި ޖާބިރު ޓީވީ މިހާރު މިވީ ޑީއާރުޕީޓީވީ އަށް ދޯ

  5. ބަރުގޮނު

    ފައިކާލި ކުރަމުން ޖާބިރު ނަށާ މަންޒަރު ބަލަން ޕާޓީ ކުދިން ތިބިއްޔާ އެއީ ދެރަ ކަމެއްތަ؟؟؟

  6. ގާބުރޯ

    ތިޔަ ޓިވީ ޗެނަލް ހެދުމުގެ ކުރިން ތިމާގެ ވަޒީފާއަދާކުރަމުންދާ މުވައްޒަފުންގެ މުސާރަ މަހުން މަހަށް ދެވޭތޯ ބެލުން މާ ރަނގަޅުވާނެކަމަށް ފެނޭ!