މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ވައިސް ޗާންސެލާގެ މަގާމަށް ޑރ.މުހައްމަދު ޝަރީފް އަދި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރަކަށް ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާ އައްޔަންކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރަކަށް ޝަރީފް އައްޔަންކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި ޑރ.އަލީ ފަވާޒު ޝަރީފް ވަކިކުރެއްވުމަށް ފަހުއެވެ. ޝަރީފް ވަނީ ކުރިން އެ ޔުނިވާސީޓިގެ ޑެޕިޔުޓީ ޗޭންސެލާ ކަންވެސްކޮށްފައެވެ.

ޑރ، ޒަކަރިއްޔާ އައިޔޫއެމްގެ ވައިސް ޗާންސެލާކަންް ހަމަޖެއްސެވިއިރު ހުންނެވީ ސެންޓާ ފޯ ޕޯސްޓް ގްރެޖުއޭޓްގެ ޑީންގެ މަގާމުގައެވެ. ކުރިން އެ މަގާމުގައި ހުންނެވީ އައިޝާ ހަލީލާއެވެ. އެޭނާ ވަނީ އެ މަގާމުން ވަކިކުރައްވާފައެވެ.

ދާދި ފަހުން ދެ ޔުނިވާސިޓީގެ ގާނޫނަށް ގެނައި އިސްލާހާއެކު ދެ ޔުނިވާސިޓީގެ ޗާންސެލާ ކަމާއި، ވައިސް ޗާންސެލާ އައްޔަން ކުރުމުގެ ބާރު ވަނީ ރައީސް އަށް ދީފައެވެ. އާ އިސްލާހާއެކު ޑެޕިއުޓީ ވައިސް ޗާންސެލާ އައްޔަނުކުރާނީ ޔުނިވާސިޓީން އެކުލަވާލާ ކައުންސިލުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކީއްކުރާނީ

    އާތް!!!

  2. ކަހަނބު ވިތްޓޯ ޓޯ

    ޒަކަރިއްޔަާ އަކިީ ވަރަށް ގާބިލް ބޭފުޅެއް. .

    4
    3
  3. ސޮނިފުހޭއިސްކިން ޓޯޓޯ

    ޝަރީފު ކަޑަ

  4. އެއްގަމު

    އައިޔޫ އެމްގެ ދުވަސްދިޔައީ ތި....

    7
    1
  5. ރަޝީދު

    މާޝާ ﷲ... މަރުޙަބާ ލޮބުވެތި އުސްތާޒު...

    އަހަރުމެންގެ އުސްތާޒަކީ، މަޤާމަކަށް ޕޮސިޝަނަކަށް ބެލުމެއްނެތި، މިހާތަނަށްވެސް އިސްލާމިކް ޔުނިވަރސިޓީއަށާއި ދަރިވަރުންގެ މަންފާއަށް އެންމެ ގިނަދުވަހު ޚިދުމަތްކޮށްދެއްވާފައިވާ އަދި ކުރައްވަމުން ވަޑައިގަންވާ އެންމެ ދަރިވަރުންގެ ވެސް އެންމެ ލޮބުވެތި އެއް އުސްތާޒު..

    އެއީ ތިމަޤާމު އެންމެ ޙައްޤު އަދި އެންމެ ޤާބިލު އުސްތާޒުވެސް މެ.

    ބޗ 11

    4
    3
  6. ަައަކޫ

    ޑރ. ޝަރީފަކީ މިހާތަނަށް ހަވާލު ކުރެވުނު އެއްވެސް ޒިންމާއެއް ފުރިހަމަ ގޮތުގައި އަދާ ކުރެވުނު ކަމުގެ ޓްރެކް ރެކޯޑް އޮތްމީހެއް ނޫން. އަދި މިފަދަ އެކަޑަމިކް އިންސްޓިޓިއުޓެއް ހިންގުމުގެ ކެޕެސިޓީ ހުރި ފަރާތެއް ކަމަށް ނުބެލެވޭ. މިފަހުން މަސައްކަތްކޮށްފަވަނީ ފަހުގެ ތާރީހުގައި ރާއްޖޭގެ ފަރަކަށްދިން އެންމެ ބޮޑު ގެއްލުން ދީގެން ޑިވޮލޮޕްކުރާ އެނބޫދޫ ފަޅުގެ ރިސޯޓްތައް ހެދުމުގެ ޕްރޮޖެކްޓް މެނޭޖްކުރުމުގައި.