ސުނާމީ ކާރިސާއަށްފަހު ''ރ. ކަނދޮޅުދޫގެ ރައްޔިތުން ރ. ދުވާފަރަށް ބަދަލުކޮށްފައި އެ މީހުންނަށް ބޯހިޔާވަހިކަން ދިނުމުގެ މަޝްރޫޢުގެ ދަށުން ޢިމާރާތް ކުރި 676 ގޭގެ، ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއާއި ރަށްވެހިންގެ ރަޖިސްޓަރީ ހަދައިދިނުމާ ބެހޭގޮތުން ޢަމަލު ކުރާނެ ގޮތުގެ އުސޫލު' އެކުލަވާލާ އެއުސޫލަށް އަމަލު ކުރަން ފަށައިފިއެވެ.

ސުނާމީ ކާރިސާ އަށް 15 އަހަރު ވެގެން ދިޔައިރު އަދިވެސް ދުވާފަރު މީހުން އައީ ވަގުތީ ރަށްވެހިކަމެއް ގައެވެ. ދާއިމީ ރަށްވެހިކަމުގެ ރަޖިސްޓްރީއެއް ނެތުމުން އެރަށުގެ ރަށްޔިތުންނަށް ގިނަ ދަތިތަކެއް އަންނަނީ ދިމާވަމުންނެވެ.

ދުވާފަރު ކައުންސިލުން އެކުލަވާލި އުސޫލު ބުނާ ގޮތުގައި މި އުސޫލުގެ މަޤްޞަދަކީ، ސުނާމީ ކާރިސާއާ ގުޅިގެން ކަނދޮޅުދޫގެ ރައްޔިތުން ދުވާފަރަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމައި، ދުވާފަރުގައި ޢިމާރާތްކުރި ގެތައް ކަނދޮޅުދޫގެ ރައްޔިތުންނަށް ހަވާލުކޮށް، އެ ރައްޔިތުން ދުވާފަރަށް ބަދަލުވެ ދިރިއުޅުން އާރާސްތު ކޮށްފައިވާތާ ގިނަ ދުވަސްތަކެއް ހިނގައިދިޔަ އިރުވެސް ހުރިހާ ގެތަކުގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއާއި ދާއިމީ ރަށްވެހިންގެ ރަޖިސްޓަރީ ހަދައިދެވިފައިނުވާތީއާއި ބޯހިޔަވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ޓަކައި ރަޖިސްޓަރީ ހަދައިދިނުމުގެ މަސައްކަތް އަލުން ފަށައި، ރަޖިސްޓަރީ ނުކޮށްހުރި ގެތަކުގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހަދައިދިނުމުގައި ޢަމަލު ކުރާނެ ޢިޖުރާއަތުތަކެއް ކަނޑައެޅުމެވެ.

ކަނދޮޅުދޫގެ ރައްޔިތުންނަށް ދުވާފަރުން ލިބިދެވުނު މި އުސޫލުގައި ބަޔާންކުރާ ގެތަކުގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއާއި ރަށްވެހިންގެ ރަޖިސްޓަރީ ހެދުމަށް އެދޭ ފަރާތްތަކުން، މި އުސޫލަށް ޢަމަލުކުރަން ފަށާތާ އެއް އަހަރުދުވަހުގެ ތެރޭގައި ރަޖިސްޓަރީ ހެދުމަށް. ދުވާފަރު ކައުންސިލަށް ހުށަހަޅަން ވާނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

މި އުސޫލަށް ޢަމަލު ކުރަން ފަށާއިރު، ހަދައިދީފައިވާ ރަޖިސްޓަރީއެއް، މި އުސޫލަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ޝަރުޢީ ކޯޓަކުން ބާޠިލު ކޮށްފައިވާ ނަމަ، ނުވަތަ މި އުސޫލަށް ޢަމަލުކުރަން ފަށާއިރު ޝަރުޢީ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގައި ރަޖިސްޓަރީއެއް ބާޠިލުކޮށްފި ނަމަ، އަލުން އެ ރަޖިސްޓަރީއެއް ހަދައިދޭންވާނީ ޝަރުޢީ ކޯޓުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތިން ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    މޭޒުދަށުގަ ތިބެގެން ތިހެން ކުރާ ކޮންމެކަމެއް މިސަރުކާރުގަވާނެ. ބޯގާނަންޖެހޭ މެގަރ އެއްވެސް ޕްރޮޖެކްޓެއް ހިންގާތަނެއް ދުވަހަކުވެސް ނުފެންނާނެ. މީ މިހާރުގެ ފެންނަންއޮތް ހަގީގަތް.

    6
    2
  2. ކަންނެލި

    ފާއިތުވެ ދިޔަތަން ދިޔައީދޯ ،،،،،ދެން ލަލަލާ ހަމަ ދެންވެސް ލަލަލާ،،،،،،،ކޮންމެހެން މެގަ ޕްރޮޖެކްޓްތަކެއް ހިންގީމައެއްނޫނޭ ސަރުކަރެކޭކިޔަނީކީ ،،،،،،،،ހަޖަމް ޕުލީޒް ދެންހަމަ ޖެހޭނީ ބަކަތެޅިތެޅި ތިބެން ،،،،،،އޯކޭމިވަރުން ފުދޭނެކަމަށް އުންމީދުކުރަން ،،،،،،،،،،،ހަމަ ގާއިމުވެސް ދެނެއް ދެނެއް ދެނެއް ތިޔަ ޔާމީނު ގުންޑާ އަކަށް ނާދެވޭނެ،،،،،،،،،،،ޔާމީނު ކޮށްފަ ތިހުރިކަންކަން ދެން ތިހުރީ ކުރެވިފަ ،،،،ޖެހޭނީވެސް ކުރަން ،،،،،އެއީ އެގުންޑާ ހޮވާފަ ސަރުކާރެއް ހިންގުމަށް ހަވާލުކުރީ ރައްޔެތުން ،،،،،،،،ދެންކޮންމެހެން ކަލަގުވާކަށްނުޖެހޭނެ،،،،،،،،،،ރީއްޗެއްނޫން ،،،،،،،،،،،