މާފަންނު ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ވިއްކަމުން ދިޔަ މެދުއުމުރުގެ އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން އިއްޔެ މެންދުރު 12:45 ހާއިރު ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އުމުރުން 30 އަހަރުގެ އަންހެނެއް ކަމަށެވެ.

ފުލުހުން ވިދާޅުވީ އޭނާ ދިރިއުޅޭ ގެ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ދެ ބުލެޓާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ފުއްޕާ ހަމަކާއި ޖޫސްޕެޓީ ކޮތަޅެއްގެ އިތުރުން ހަތް ރަބަރު ޕެކެޓު އަދި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިހުރި ބިޑި އެއް ފެނިފައިވާކަމަށެވެ.

މިތަކެތީގެ ތެރޭގައި 75 ގްރާމް ހެރޮއިން އާއި 17 ގްރާމް ކެނަބިސް ހުރިކަމަށް އެތަކެތީގެ ވަގުތީ ބަރުދަން ދައްކާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފަހަކަށް އައިސް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތި އަތުލައިގަތުން އިތުރުވެފައިވާ ކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަހާންގީރު

    އަވަހަށް ދޫކޮށްލާ

    10
    2
    • Anonymous

      ހަމަ ތެދެއް

  2. ?

    30 އަހަރަކީ މެދުއުމުރުތޯ؟