އައިޖީއެމްއެޗުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ކުރިއަރުވައި ފެންވަރު ރަނގަޅުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ޙަވާލުވެވަޑައިގެން ގެންނަވަން ފެއްޓެވި ބަދަލުތަކާއެކު އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމަކީ އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލް ހިންގުމާއި ސަރުކާރުގެ ފަރާތުން ހަވާލުވެ ހުންނަ މިނިސްޓަރެވެ.

އައިޖީއެމްއެޗް އިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ގެންނަމުންދާ ކުރިއެރުންތަކާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ޢިމާރާތައް އެހޮސްޕިޓަލުންގެ ޑިޕާޓްމަންޓްތައް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން "ޕީއެސްއެމް" އަށް މަޢުލޫމާތުދެއްވަމުން އަލީ ޝިހާމް ވިދާޅުވީ އައިޖީއެމްއެޗްގައި ތަޖުރިބާ ހުރި ޑޮކްޓަރުންނާއި ފެންވަރު ރަނގަޅު ސިއްޙީ އާލާތްތައް އެބަހުރިކަމަށެވެ. ނަމަވެސް ވޯޑް ފެސިލިޓީ ނެތުމުން ޚިދުމަތް ދިނުމުގައި ދަތިތަކެއް އެބަހުރިކަމަށާއި، ސަރުކާރުން މިހާރު މަސައްކަތްކުރަނީ އެކަންކަން ހައްލުކުރުމުގެ އިންތިޒާމުތަކާއި، ކަންކަން ތަރުތީބުކުރުމަށްކަމަށްވެސް މިނިސްޓަރ ޢަލީ ޝިޔާމް ވިދާޅުވިއެވެ.

"މިސާލަކަށް އަޅުގަނޑުމެންނަށް އެންމެ ގިނައިން ދިމާވާ މައްސަލައަކީ މިހާރު އައިޖީއެމްއެޗްގައި އޮޕަރޭޝަންކުރުމުގެ ކަންކަން. މިކަންކަން ނުކުރެވިފައި މިއޮންނަނީ އެނދު ނުލިބިގެން. މިހާރު މިތާ އެނދުތައް ރާވާފައި ހުރިގޮތުން ވޯޑްފެސިލިޓީއެއް ނޫން މިތާ ހުރީކީއެއް، މިސާލަކަށް. އަޅުގަނޑުމެން ދާން ބޭނުންވާ ލެވަލްއަކީ މިތަނަށް ޚިދުމަތް ހޯދަން ވަޑައިގަންނަވާ ބޭފުޅުންނަށް އެބޭފުޅުން ބޭނުންވާ އެކްސްޕެކްޓޭޝަންއާ އެއްވަރަށް އެޚިދުމަތެއް މިތަނުން ޑެލިވަރކުރުމަށް މަސައްކަތްކުރުން." ޢަލީ ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރ ޢަލީ ޝިޔާމް ވިދާޅުވީ އައިޖީއެމްއެޗް ޢިމާރާތުގައި ހިންގަމުންދިޔަ އެކި ޑިޕާޓްމަންޓްތައް ދަރުމަވަންތަ ހޮސްޕިޓަލް ޢިމާރާތަށް ބަދަލުކުރަމުންދާއިރު، ތޮއްޖެހުން ކުޑަވާގޮތަށް ވީހާވެސް ފަސޭހައިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ 6 ފްލޯ މިހާރު ބޭނުންކުރަމުންދާއިރު މުހިންމު ޚިދުމަތްތަކެއް އެތަނުގައި ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

 1. ލަޠީފް

  މީހަކު ދެކަމުއެކީ ހާޖަތައްދެވޭވަރުގެ ވާހަކައެއް މިއީ!

  95
 2. ޢމ

  ޢެހެން ވެ ދޯ އޮޕޮރޭށަން ނުކުރެވިގެން މީހުން އޭޑީކޭ އަށް ދަނީ.ގޮތް ނެތިގެން ފަރުވާ ނުދެވިގެން އޭޑީކޭ އަށް ދަނީ

  89
  2
 3. ސޯލިހު

  ޜައީސް އޮފީހުން ބުނެދީބަލަ އިތުރަށް ދޭންފެއްޓެވި ހިދުމަތެއް؟ ޙަމައެކަނި މެންޓަލް ހެލްތު ކެއާރ... ޢެވެސް ނަމެއްގަ... ނަންބަރެއް ހޯދަންވިޔަސް 3 މަސް ދުވަސް... މުޅިންވެސް އަނގައިން ހިފަހައްޓާ ސަރުކާރެއް މި ސަރުކާރަކީ... އައިޖީއެމްއެޗް ގެ ކެންޓީން އައް ބަލާލިޔަސް މިކަން ވަރައް ރަނގަޅަށް އެނގޭނެ... ބަލިމީހާއަށް ކޭވޭކަހަލަ އެއްޗެއް ހުންނަނީކީ ނޫން، ނެއްތާގަ އިންތިހާއައް އަގުބޮޑު، ބަލިވެގެން ހޮސްޕިޓަލް އަށް ޑޮކްޓަރަށް ދައްކަންދާމީހާ ފެލާލަނީ، މިކަންވެސް ސަރުކާރައް ހަމަ އޯކޭ... ބަލިމީހުން ތިބޭ ވޯރޑް ތަކަށް ތިޔަ ކެންޓީނަކުން އަރާ ކައްކާ ރިހަގަނޑުގެ މީރުވަހުން ކޮށިއަރައިގެން ނޭވާނުލެވޭވަރުވޭ... މިކަންކަން ބަލާނެ މީހަކުނެތް، އެނގޭ މީހަކުވެސް ނެތް... ޙުސްމަަކަރާހީލަތް ހެދުން ކަމަކީ ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވަނީ... މޭކަޕް ސަރުކާރު...

  106
 4. ޖ

  ތީހުސްޔާމީނުގެ ބުރަމަސައްކަތް އިބުރާހިމްސާލިހު ކުރެއްވީ ކޮންކަމެއްތޯ ހައްހައް

  120
 5. ސައްބު

  ކާކު ޤާއިމްކުރި ފެންވަރު ރަނގަޅު އާލާތެއްކަން އެނގޭތަ؟؟؟؟؟ ދިވެހިރާއްޖެ ދުށް އެންމެ ފާހަގަކޮށްލެވޭ "ތަރައްޤީގެ ބާނީ"، ރައީސް ޔާމީން.

  126
  1
 6. އަބުއަްﷲ

  ހޮސްޕިޓާ ރަގަޅުކުރަން ތިބުނާ ސޯލިހު ކުރި ކަމަކީ އެއަރޕޯޓް ވިއްކާ ކަން ސޮއިކުރި މީހަކައް ހަވާލު ކުރުން ފިޔަވާ ކޮން ކަމެއްބާ، މިއުޅެނީ މާލޭގަ ހަމަ ދިވެއްސެއް މީ

  93
 7. ކިނބޫ

  "އައިޖީއެމްއެޗް ޢިމާރާތުގައި ހިންގަމުންދިޔަ އެކި ޑިޕާޓްމަންޓްތައް ދަރުމަވަންތަ ހޮސްޕިޓަލް ޢިމާރާތަށް ބަދަލުކުރަމުންދާއިރު، ތޮއްޖެހުން ކުޑަވާގޮތަށް ވީހާވެސް ފަސޭހައިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ." ދަރުމަވަންތަ ހޮސްޕިޓަލް އެެޅީ ތިބުނާ ކުރިއެރުން ގެނައުމަށޭ. މިހާރު ދެން ކަލޭ ކުރި ކަމަކަށް އެކަންވެސް ވީ؟ ކެކެކެ މިވަރު ބުރާންތި ބަޔަކު ދެން ނުފެެނުނިއްޔާ ރަނގަޅުތާ.

  92
 8. އަހުމަދު

  ގެނައި ބަދަލަކުން ނޫން ހިދުމަތް ހޯދަމީހުން އިތުރުވީކީ. ސަރުކާރުގެ ޒިންމާދާރުކަން ކުޑަކަމާއި ނާގާބިލް ކަމުން ބަލިތައް އިތުރުވީމަ ފަރުވާ ހޯދަން ދާމީހުން ގިނަވީ

  98
 9. ޟ

  ނޫނޭވާ މެޑެލި ޖަހަން މޮޅު ބައެއް . ޢެތާނގެ މުވައްޒަފެއްގެ ގާތުގާ އަހާލަބަލަ . ކުރިން ހުރި ވެރިމީހާ ހުރި އިރުތޯ ތިޔަތަން ރަނގަޅަށް ހިނގަމުން ދިޔައީ ނުވަތަ މިހާރުތޯ . ޥެރިންގެ ބައްދަލުވުންވެސް ނުބާއްވާތާ ކިތަންމެ ދުވަހެއް. ރިސޯޓް ހިންގާހެން ހަސްފަތާލެއް ނުހިންގޭނެ.

  92
  1
 10. އަލް ނޫރު

  ހެހެ މީހަކު ލޮލަކަށް ނުފެނޭ....ކޮން ބުހުތާނެއް...ދޮގު ސަރުކާރު...

  78
  1
 11. އައިޝާ

  ހޫހޫ،،،،ހުސްދޮގު.......

  66
 12. ރައްޔިތުމީހާ

  ބަލިވާ މީހުން ގިނަވެގެންތަ ޚިދްމަތް ހޯދާ މީހުން ގިނަވާނީ. ތި ބުނެވެނީ މީހުން ބަލިވުމަކީ ސަރުކާރުން ބޭނުންވާ ކަމެއްތޯ؟

  70
  2
 13. މިޝަން

  ވާ ސަޅިއެއްނޫން.

  58
  1
  • ހިމަ ނާރު

   މިހާރުވެސް ނާރުގެ ޑރ ޢެއް ނެތް

   37
 14. ޑެންގޫ

  ޙައްހައްހައް ތިވަރު ރަނގަޅު ވާހަކައެއް ދުވަހަކު ނެއްމިނިސްޓަރަކު ދައްކާފަ ގައުމުގަނެއް ނުފެތުރޭ ބައްޔެއް އަބަދު މިފެއްނަނީ ނޫސްތަކުން އެލާޓް ނެރެފަ ހުނަތަން ހެލްތާބެހޭ ތަންތަނުން އޮބިނޯވެގެން ބަލިތައް ފެތުރޭތީ ބަލިތަކުގަ ނިޔާވި މީހުންގެ އަދަދުބަލާލިއަސް އެގޭނެތިކަން އަދީބުވެސް ތިތަނުގެ ފެންވަރު މޮޅުވެގެން ޖަލުގަނުނިދާ ތިބެޑްގަނިދަނީ މިސަރުކާރުން އައިޖީއެމްއެޗް ކެންޓީންގަ ދައަގަނޑުން ފެންސެއް ހަދާތަންފެނޭ ފެންވަރުރަގަޅު ކުރުމައް އަދިގޮނޑި އިތުރުކުރުމައް.

  31
 15. ސަލްމާ

  ހާދަހާބޮޑު، އާ ޚިދުމަތެއް ނޫންތޯ އާސަންދަ ކައުންޓަރެއް އައިޖީއެމްއެޗްގައި ގާއިމްކުރުންއެއީވެސް. 2008ގަ އައިސަރުކާރުގެ އިކޮނޮމިކްއެޑްވައިޒަރުގެ ދަށުންހިންގަން އުޅުނު ސަރުކާރުވެސް އޮޔާދިޔައީ ތިފަދަބޮޑެތި ދޮގުފަތުރަން ހަދައިގެން ކަމާމެދަކު ޝައްކުނުކުރާނެ އެމްޑީޕީއެއްވެސް ނުހުންނާނެ. މިފަހަރު މިހަދަންފެށީ އިހުނަށްވުރެން ބޮޑަތިދޮގު. އައިޖީއެމް އެޗްއަށް ޚިދުމަތް ހޯދުމަށް އަރުމެން ރައްޔިތުން ދަނީއަކީ މިއަދަކު އެކަންޏެއްނޫން. ކުރީސަރުކާރުން އެހޮސްޕިޓަލުން ދޭންފެށި ތަފާތު ޚިދުމަތްތައް ދޭންފެށި، ހާރޓްސެނޓަރުން ދެމުންދާ އެކިއެކި ޚިދުމަތްތައް މިދިޔަ 5 އަހަރުތެރޭގައި ދޔައީލިބެމުން. އެމްއާރުއައި މެޝިންގަނޑެއް ކުޑަމިނުން ހޮސްޕިޓަލުގައި ބަހައްޓަން ނުކެރުނު ބަޔަކު އައިސް އަނެއްކާވެސް ފޮނިއަނގަ ތަޅަންފެށުމުން އަހަރުމެންފޫހިވޭ. ފާޑުފާޑު ދޮގުހަދާނެ ކަމެއްނެތް. އަރުމެން ރައްޔިތުންނެއް ގަބޫލެއްނުކުރަން.

  32
 16. ފެންނައް ހުރިހަގީގަތް

  ދުނިޔެމަތީ އުޅޭސައިތޯނުން ނުފެނުނަސް އިންސާނުންތެރޭއުޅޭ ސަތޯނުން ފެނިގެން މީހުންގެ ސިކުނޑިތަކަށް އަބަދުވެސް ސަވާރުވަމުން ގެންދާނެ ހަގީގަތް ދެނެވޮޑިގެންވަނީ ﷲ

  37
 17. ދޮނބެ

  2019 ވަނަ އަހަރު ދިވެހިރާއްޖެ ހޮސްޕިޓާ ތަކައް ދައްކާ މީހުން ގިނަވި ބަލިތައް ގިނަ ވެން ތިޔަބުނާ، ބޭނުން ވާ ބޭސްކޮޅެއް ނުގެނެވިިގެން އުޅޭ އިރު ވެސް މޮޅު ވާހަކަ ދެއްކުމާއި ދަޅަ ދެއްކުމުގަ

  32
 18. ކިންގްފިޝަރ

  ނުސީދާކޮށް ތިޔަ ޕްރޮމޯޓް ކުރައްވަނީ ރ.ޔާމީން. ރ.ސާލިހް ކުރެއްވިކަމަކުން ވީކަންކަމެއްނޫން މިއަދު ތިޔަ ހޮސްޕިޓަލުން ފޯރުކޮށްދެމުން ތިޔަ ދަނީ. ތިޔަ ވިދާޅުވި ބޭނުންވާ ފެންވަރުގެ ގޮތުގައި ބޭނުންކުރުމަށް އެންމެ އަގުބޮޑު ލަގްޒަރީ ރޫމްތައް ހުންނަ 25 ބުރީ ޢިމާރާތުގެ ފްލޯތައް ކެންސަލްކުރި ވާހަކަ ކުރިން އިޢުލާންކުރި. މިހާރު ތިކިޔަނީ އެއާ ދިމާ އިދިކޮޅު ވާހަކައެއް،

  28
 19. ސަޓޯ

  ފޮނިނުކަނޑާ ހުރޭ ބިތާޔާ ރައްޔިތުން ރުޅިއަރުވަން... އާސަންދަ ނުލިބިގެން އެންސްޕާއަށް ފޯރމުލާއިރަށް ބުނަނީ އާސަންދައަށް ފޯރމުލައިގެން ކުރިއަށް ގެންދާށޯ... ރީއްޗައް ލާރިއެއް ނެތޭ ބުނަންވީނު

  34
 20. މޮހަދު

  ޢަލީ ޝިޔާމުއަކީ ޕައްގެ 4 5 ރިޒޯރޓް ހިންގަން ހަވާލުކުރުމުން ނުހިންގުނު މީހަކަށް ކޮން ހޮސްޕިޓަލެއް ހިންގޭނީ އަދި ހޮސްޕިޓަލުގަ ވޯރޑް ކޮން އެދުތަކެއް އިތުރުކުރެޥެނީ 4 ރިސޯރޓުގަ މާއެނދު ގިނަވާނެ މިކަންނުކުރެވުނު މީހަކަށް ދެންކޮންކަމެއް ކުރެވޭނީ

  30
 21. ރާޖާ

  ބަލިމަޑުކަން އިންތިހާ އަށް ފެތުރިގަތީމަ ދެން ޑޮކްޓަރަށް ދައްކާ މީހުން އެބަ ގިނަވޭ

  30
 22. ތިމަންނަ

  ކޮލެރާ ކަހަލަ ރޯގާއެއް ރާއްޖެ އަރައި ހޮސްޕިޓަލަށް ކެތް ނުވެއްޖެނަމަ އެއީ ހޮސްޕިޓަލުގެ ކުރިއެރުން ތާ

  31
 23. ށަރީ

  މާލޭފަސްގަނޑައްނުކަތާވަރައްބޭރުންމީހުންގެނެސް އަރުވާފަދުނިޔެއައުފަންނުވާބަލިތަކައްދަންމީހުނައް ޖެހިގައުމުގައިބަލިމަޑުކަންއާމުވެހޮސްޕިޓަލް ތަކުގައިމީހުންތައްފުރިބާރުވެފައިވާކަންސާލިހުން ނައްއަދިކިރިޔާރޭކާލީއެވާހަކަހެންހީވަނީސަރުކާރުންއެދެއްކީ
  ކިތައްބަގުލަދޭށްމީހުންތޯނުރައްކާތެރި ބަލިހުރިކަންއެންގިފުރަންއެންގުމުންނުފުރާފިލައިގެންގަވާއިދާހިލާފައް
  މިރާއްޖޭގައިއުޅެނީ.
  ޕޮލިހައްގުޅީމަބުނާނެތިކަމެއްނެތޭވާކައްތިމަންމެނަކައް
  ޢިމިގރޭށަނައްގުޅީމަބުނާނެތޭތިކަންވާކައް
  މިދެންއަރަތެއްނުން

  19
 24. އާބިދާ

  ބަލަ ދަރުމަވަންތަ ހޮސްޕިޓަލް ނިމި އެތަނަށް ޚިދުމަތްތައް ބަދަލުވުމަކީ ޖަޒީރާ ވައުދެއްތޯ؟ މިކަމުގައި އިބޫގެ ނުވަތަ އެމްޑީޕީ ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް، ގެނައި ބަދަލެއް ނެތް. ގައުމުގައި ވެރިޔަކު ނެތަސް އެ އިމާރާތް ނިމުނީމަ ޚިދުމަތް ބަދަލުކުރާނެ. މިސަރުކާރު އައިފަހުން އެކަންވެސް ސްޕީޑްގަ ކުރިއަކަށް ނުދޭ. އެހެން މީހުންގެ މަސައްކަތުގެ ފޮނިކޮޅު އެކަނި ބޯލަނީ.

  27
  1
 25. ނާދިރާ

  މީހުން ބަލިވާ މިންވަރު އިތުރުވީމަވެސް މިސަރުކާރަށް ވަނީ މޮޅުކަމަކަށް.

  30
 26. އަހްމަދު

  ޚިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވީ އައިޖީއެމްއެޗަށް ރައީސްސޯލިހު ގެންނެވި ބަދަލަކުންނޫން. ވޭތުވެ ދިޔަދުވަސްތަކުގައި ހުންއައުމާ ބޭރަށްހިންގުމާ ހޮޑުލުމުގެ ރޯގާތައް އިތުރުވެގެން ހޮސްޕިޓަލަށްދައްކާ މީހުން ގިނަވީމާ. ހޮސްޕިޓަލަށްދައްކާ މީހުންގެ އަދަދު ގިނަވުމުން ދޭހަވަނީ ރައްޔިތުންގެ އާންމުސިއްހަތު ދައްވަމުންދާކަން. މިސަރުކާރުން އާންމުސިއްހަތު ކުރިއަރުވާކަށް އެއްވެސް ކަމެއްނުކުރޭ. ރޯގާއެއްފެށޭއިރަށް ރާސްލާފާ ދަނީ ފެތުރެމުން. ރައީސްމީހާ އުޅެނީ ކުޅިވަރުބަލަން. ނޫނީ ކައިވެނިޕާޓީއެއްގައި. ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީ މިކަހަލަވާހަކަދައްކަން.

  28
 27. އިމްރާން

  ކޮންމެ މީހަކުވެސް ބަލި ވީމަ ދައްކާނެ އުތަ....

  22
 28. މެސީ

  ޝުކުރިއްޔާ ރައީސް ޔާމީން

  23
 29. ސާލިހް

  މިސަރުކާރަކީ ބަންދު ދުވަސްތައް ނުހިމަނާ ސަތޭކަ ދުވަސް ގުނަން ނޭގުނު ސަރުކާރެއް... ހިސާބުޖަހަންނޭގޭ ސަރުކާރު...

  22
 30. ރަސްފީން

  ހޮސްޕިޓަލައް ދާންޖެހޭ މީހުންގެ އަދަދު ގިނަވުމަކީ އަހަރެމެންނައް ހެވެއްތަ؟.. ބަލަގަ އޭގެމާނައަކީ ބަލިމީހުން އިތުރުވަނީޔޭ.. އެއީ ސިއްހީ ހާލަތު ރަނގަޅުނޫންވީމަ ފެންނަ އަލާމާތް.

  18
 31. ހުސެން

  ތިޔަ ހަސްފަތާލު އެޅީވެސް އިބޫއެއްނޫންތަ؟

  16
  • ޒަބާދުކުޑޭ

   އިބޫގެ ބައްޕަ އިބޫއަށް އަޅާދިން ތަނެއް. އިބޫރައީސްކަމަށްއަންނާނެތީ.

   14
 32. ައަފުން

  ބަލަގަ ކޮބާ ހެލްތް މިނިސްޓަރ ޢަބްދުﷲ ކަލޯ. ކަލޯ ފޭލި ވީތަ

  15
 33. ގުނބޯ

  ކަނޑައެޅިގެން ދޮގު. މިސަރުކާރު ގަ ހުސް މީ ދޮގު ޖާޑި ތައް. މަކަރާ އޮޅުވާލުން. ގުނބޯ ހައއދައިގެން ވެރިކަން ފޭރި ރައްޔިތުންނަށް ހަރާންކޯރު ވަނީ.

  17
 34. 3 ވަނަވިސްނުން

  ޢަލީ ޝިޔާމް އަށް ދެން ނެތް ދޮގުހެދޭކަން އަސްލު ބަލަމުން ރައްޔިތުން ގެންދަނީ! ދެމަސް ދުވަސް މިދަނީ 4 މަހުގެ ކުއްޖެއް ހިތުގެ އެކޯޓެސްޓް ނެހެދިގެން،

  15
 35. ޤާދިރު

  އެވިދާޅުވީ ތެދުފުޅެއް. ޞާލިޙު އައިފަހުން މިރާއްޖެ މިވަނީ ރޯގާ ބަލިމަޑުކަމެއްގެ ތެރޭގައި އެހެންވެ އައި. ޖީ. އެމް. އެޗް އަށް ދައްކާ މީހުންގެ އަދަދު ގިނަވާނެތާ..

 36. ކިނބޫ

  ރައީސް ޞާލިހް ގެންނެވި ބަދަލުތަކާއެކު ބަލިމަޑުކަން އާންމުވެ އައިޖީއެމްއެޗް އިން ޚިދުމަތްހޯދާ މީހުން އިތުރުވެ މުޅި ގައުމު ރޯގާބަލިމަޑުކަމުގައި ހަފުސްވެ އަވަދިވަނީ. ވެރިމީހާ ޕިކްނިކްގަ. ބަޖެޓަށް ވީނުވީއެއް ނޭނގޭ. ކޮންމެ ރެއަކު ހުކުރު މިސްކިތު ކުރިމަތީ ހުންނަ ތަނެއްގަ އެކަނި ދުން އަރުވައިގެން މިކަމުން ސަލާމަތް ވޭތަ!

 37. ޒީރޯ

  ޚިދުމަތް ހޯދަން ދާ މީހުން ގިނަވަނީ ރޯގާ ތަކާއި ބަލި ތަށް އިތުރުވެ ސަރުކާރަށް ކޮންޓްރޯލް ނުކުރެވޭތީ

 38. ޢަލީ

  ވަރަށް ބަދަލުގެނެސްފި. 11 ބުރީގެ އިމާރާތަކާ 25 ބުރީގެ އިމާރާތެއްނިންމާ ކުރިންހުރިތަން ރީތިކޮށް އެމްއާރމެޝިން ބަހައްޓާ ހިތުގެ ފަރުވާދޭ މަރުކަޒެއްހަދާ ލިވަރ ޓްރާންސްޕަލާންޓް ކުރެވޭ ގޮތްހަދާ ޑައިލެސިސް ސެންޓަރު އިތުރަށް ފުޅާކޮށް އެއްފަހަރާ ގިނަމީހުންނަށް ޚިދުމަތްދެވޭގޮތް ހެދި، ސާބަހޭ ކުދިންކޮޅަށް

 39. ?

  ތެދުފުޅެޢް ، ބަލި ތަަަައްއިތުރުވެއްޖެރަންގަޅު.ފަރުވާއެއްނުލި
  ގައުމުގެހާލަތުއިތުރައްވާނީނުބައި.!