މިސަރުކާރު ނުހިނގަނީ ބަޔަކު ސިހުރެއް ހަދައިގެންތޯ ބަލަން އެބަޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ އެންސްޕާ ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ހުށަހަޅާފައިވާ ބިލާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ޖާބިރު ވިދާޅުވީ މިނިސްޓަރު ބަދަލުވުމަކީ ކަން ހިނގާ ގޮތް ބަދަލު ނުވާނެ ކަމަށާއި މިނިސްޓަރު އަންހެނަކަށް ވުމަކުން ނުވަތަ ފިރިހެނަކަށް ވުމުން އަންނާނެ ބަދަލެއް ނޯންނާނެ ކަމަށެވެ.

"މިސަރުކާރު ނުހިނގައިގެން މިއުޅެނީ ބަޔަކު ބަދު ދުޢާއެއް ކޮށްގެންތޯ؟ ބަޔަކު ސިހުރެއް ހަދައިގެންތޯ؟ މިނިސްޓްރީތަކުގެ ނަންތައް ރަނގަޅަށް ލިޔެވިފައި ނެތިގެންތޯ؟ އެއީ އަޅުގަނޑުމެން ބަލަންވީ ކަމަކީ. ސަރުކާރު ހިންގަން އެބަޖެހޭ. ހުރިހާތަނަކުން ފެންނަނީ ބިރުވެރިކަން. އެއްވެސް މީހަކަށް ވަޒީފާގެ ޔަގީންކަމެއް ނެތް. އެއްވެސް މީހެއްގެ އިއްޒަތެއް ވެސް ނެތް. އެއްވެސް މީހެއްގެ އަބުރެއް ވެސް ނެތް." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ހެލްތް އިންޝްއަރެންސް އިން އެއްވެސް އުސޫލެއް ނެތި ރައްޔިތުން ޚަރަދު ކުރަމުންގެންދާ ކަމަށާއި މިބިލް ހުށަހެޅުމުން ވެސް ދޭހަވަނީ މޮޅު ވާހަކައެއް ދައްކަން ފުރުސަތު ހޯދާލުން ކަމަށާއި މިހާރު ކުރަންވީ ކަމަކީ އާސަންދަ އާއި އެންސްޕާ އިން ދެމުންދާ ޚިދުމަތުގެ ކޮލެޓީ ރަނގަޅު ކުރުން ކަމަށެވެ. އެކަން ކުރެވޭނީ ބޭކާރު ޚަރަދުތައް ކުޑަކޮށްގެން ކަމަށް ޖާބިރު ވިދާޅުވިއެވެ.

"މިސަރުކާރު އައިސްގެން މިވީ ދިހަ މަސް ދުވަހުގެ ތެރޭގައި ގައުމުގެ އެއްވެސް އޮގަނައިޒޭޝަނެއް އޮޕަރޭޓެއް ނުވޭ. އެންމެން ބިރުން މިތިބެނީ. މާދަމާ ޖަލަށް ދާން ޖެހިދާނެ. ފަނޑިޔާރުންގެ މަގާމު ގެއްލިދާނެ. ދެން ހުރި މީހަކު ދެން ހުރި ކަމެއް ވެދާނެތީ. ޒީރޯ ޓޮލެރަންސޭ ކިޔައިގެން މިއުޅެނީ. ކަމެއް ނުކުރަންޏާ ކޮރަޕްޝަނެއް ވެސް ނުހިނގާނެ ނޫންތޯ. ކޮންމެވެސް ކަމެއް ކޮށްގެން ނޫންތޯ ކޮރަޕްޝަނެއް ވެސް ހިނގާނީ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ޔާމީން ގޮޅިއަށް ނުލާ ކޮރަޕްޝަންގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. Anonymous

  ޖާބިރުމެންގެ އަމިއްލަ އެދުން ބޮޑުވުމާއި، އެއްވެސް އިޚްލާސްތެރިކަމެއް ނެތުމުގެ ސަބަބުން ގައުމު ހަލާކުވެގެން މިދަނީ.

  67
  7
 2. ކެލާ އަލިމަނިކު

  ސާބަހޭ ޖާބިރު، މަނިކުފާނު މިގައުމުގެ ވަރިކަމާއި ޙަވާލުވެގެން ނޫނީ ކުރިއެރުމެއްނެތް. ހއ ކެލާ ގައިވެސް މިހާރު މަނިކުފާނުގެ އަމިއްލަ ބިން އެބައޮތް. "ޖާބިރުގެ، ހއ ކެލާ"

  40
  8
 3. ދިޔާނާ

  ޖާބިރަށް ސާބަސް

  23
  7
 4. ދިޔާނާ

  މިގޮލާ ގުރައިދޫއަށް ގެންގޮސް ސިކުނޑިއަށް ބޭސްކޮށް ދޭންވެއްޖެނުން، މިގޮލާ މޮޔަގޮވަނީ ހަމަހޭގައި ނެތިގެންތޯ، ބުއްދި ގޯސްވެންތޯވެސް އެބަ ބަލަން އެބަޖެހޭ

  45
  11
 5. ބާރިިިިި

  ސާބަހޭ ޖާބިރު. ފައިސާނެތިއްޔާ ކިހިނެް ސަރުކާރު ހިންގާނީ. ދިހަމަސްވީ އިރު ކޮންކަމެއްކުރެވުނީ. ހަމައެކަނި ރަސްރަނި ބަގީީޗާގެ ނަން ސަލްޓަންޕާކަށް ބަދަލުކޮށްލެވުނީ. މިއީވެސް ހާދަ ބޮޑު ޕްރޮޖެކްޓެކޭދޯ؟

  69
  2
 6. ސުމާ

  މިސަރުކާރު ގެންނަން ހެދި ސިހުރު މިސަރުކާރަށް ޖެހުނީކަންނޭގެ

  66
 7. ޒާ

  ޖާބިރަށް ކެރޭނެތަ ޓްރޭޑް މިނިސްޓަރީގެ ދަށަށް ތަންތަން ގެންގޮސްގެން އެހެރަ ހާވާހަޑީގެ ވާހަކަ ދައްކަން. އެއްވެސް ހިންގުންތެރިކަމެއްނެތް. މެދުފަންތިއޭ ކުރުފަންތީގެ ވިޔަފާރިއޭ ކިޔާއިރު އެއްވެސް ވިޔަފާރިއެއް ކުރިއެރިޔަ ނުދީ ކޯޓާއެއް، ވިސާއެއް ހަމަ ނުޖެހި ހުރިހާ ކަމެއް އެދަނީ ބަނގުރޫޓްވަމުން. ކަންކަން އިހުނަށްވުރެން ލަސްވެ ދޯހަޅިވެއްޖެ. ރައްޔިތުން ބިކަވެއްޖެ.

  53
 8. މޫސޭ

  ދިވެހިރަޢްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫން އަސާސީ ބައްޓަން ކުރެވިފައިވާ ގޮތަށް ރިޔާސީ ނިޒާމް ހިންގުމަށް ދިވެހި ރައްޔިތުން ވަނީ ވަރަށް ސާފު ބޮޑު އަޣުލަބިއްޔަތަކުން ރައީސް ސޯލިހް އިންތިޚާބު ކޮށްފައި. އެމަނިކުފާނުގެ ސަރުކާރު ހިންގުމަށް އުނދަގޫ ނުކުރެއްވުމަށް ގޮވާލަން. ފާޑުފާޑުގެ ގަރާރަު ތަކާއި ކުއްލި މައްސަލަ ހުށަހަޅައިގެން ތިޔަ މަޖިލީހުގެ ވަގުތު ނަގާނުލުމަށް ވެސް ގޮވާލަން. ރައްޔިތުންގެ ފުރިހަމަ ބޮޑު އަޣުލަބިއްޔަތުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އެންމެ އިސްވެރިޔާ ރައީސް އިބްރާހިމް މުހައްމަދް ސޯލިހް ވެރިކަމަށް އިންތިޚާބް ކުރުމަށްފަހު އެމަނިކުފާނުގެ ޕާޓީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ރައްޔިތުން ދިނީ މަޖިލިސް ރައީސް ގެ "އަނެއް އޭޖެންޑާ" ހާސިލް ކުރަން ބޭނުންވާ ޤަރާރު ކައްކާ އުނދުނަކަށް ތިޔަ މަޖިލިސް ހަދާކަށެއް ނޫން. އަދި ސުޕާރ ކޮމިޓީ ހަދާ މުޅި ދައުލަތް ހިސޯރުކޮށްގެން ރައްޔިތުން އިންތިޚާބު ކުރި ވެރިކަމާއި ތޮޅޭކަށެއްވެސް ނޫން. އަދި ޖޭއެސްސީ އާއި މަޖިލީހުގެ ރިޔާސަތާއި، ސުޕަރ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ އަކީ ނަޝީދުގެ ގޮށްމުށަށް ހަދައިގެން ފަނޑިޔާރުން ކަރުގައި ވާޖަހައިގެން ދަމާ ގަންހިންގާކަށެއްވެސް ނޫން. އަދި އެހެންމެ "ސުޕާގޮށްމުށް ކޮމިޓީ" ހަދައިގެން މިނިވަން މުއައްސަސާތަކަށް ނަޝީދު ބޭނުން ބަޔަކު ލައްވައިގެން ބަރުލަމާނީ ހެދިގެން ސަރުކާރު/ވެރިކަން ހިންގާ ބާރުގެ ތެރެއަށް އަތް ބާނައިގެން ގަނޑު ގަންނާކަށެއްވެސް ނޫން. ވީމާ ރައީސް ސޯލިހުގެ ވެރިކަން ނުހިނގައޭ އަނެކައްޗެކޭ ކިޔައިގެން އޮޅުވާލަން ނުހަދާ ސަރުކާރު ހިންގުމަށް ބޭނުންވާ ޤާނޫންތައް ފާސްކޮށް ތިޔަ މަޖިލީހަށް ޤާނޫން އަސާސީ އިން މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ގޮވާލަން.

  18
  7
  • Anonymous

   ތީ ބައްޕަގެ ލަކުޑި ގުދަނަށް ލޮޓިޔާ ދިންމީހާ

   11
 9. އަހުމަދު

  އެހެން ވީމަ އަމިއްލައަށްވެސް ގަބޫލުކުރެވޭ ދޯ މިސަރުކާރު ނުހިންގޭކަން ކޯންޗެއްބަލާކަށް އަމިއްލަޔަށް މަކަރާހީލަތުން ވެރިކަމަށް އަރާތިތިބީ ނުލާހިކުބާރަށް ރޮކެޓް ސްޕީޑްގަ ގައުމުގޮސް ގޮސް އޮށްވާ ވަގުވޯޓުން ފޭރިގަނެގެން ތިތިބީ ބޯޓަކަށް ސޯމާލިޔާމީހުން އަރާ ބޯޓްފޭރިގަންނަހެން ވެރިކަން ފޭރިގަނެގެން ތިތިބީ

  21
 10. ގުއިދައިތަ

  ސިހުރެއްގެ ސަބަބަކުން ނޫން ސަރުކާރު ނުހިނގަނީކީ..! ސަރުކާރު ހިންގަން ތިބި މީހުންގެ ޤާބިލް ކަމެއް ނެތުމުން. އެނޫން އެއްވެސް ސަބަބެއް ނެތް. ހަމަ ކަންކަން ކުރަން ނޭނގޭތީ ކަމެއް ނުވެގެން މިއުޅެނީ..! ބަދަލޭ ކިޔައިގެން ވެސް ދައުލަތުގެ މާލިއްޔާ ބަނޑުއަޅާލެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ދަނީ ކުރަމުން.! މީ ހަމަ ނާޤާބިލް ސަރުކާރެއް.! ދިވެހި ރައްޔިތުން މިކަމުން އިބްރަތް ލިބިގަންނާނެ ކަމަށް އުއްމީދުކުރަން.

  21
 11. ސޯނާ

  ޔާމީން ޖަލަށްލާން މާބޮޑަށްވެސް ލަސްވެއްޖެ ، ކޮރަޕްޝަންގެ އައްޕަ މިހިދުންމިހިދަށް ހައްޔަރުކުރޭ !

  5
  24
 12. ލިންލިން

  ކަލޭގެ ބޮސް ބޮޑު ވަޒީރު ނަޝީދު ދެއްތޯ ސަރުކާރު ހުއްޓުވާފައޮތީ؟ އޭނާ އުޅެނީ މަޖިލީހުން ސަރުކާރުހިންގާ ރައްޔިތުން އިންތިހާބުކުރި ރައީސްގެ ބާރު ކަނޑުވާލައިގެން އާއިލާ މީހުންކަމަށްވާ އުމޭއާ ހުމޭއާ ފުމޭއާ މެން ދެމެދަށް ވައްދާ އާއިލީ ޕުރެޝަރުދީގެން ރައީސްމީހާ ސައިޒުކޮށްލައިގެން.. ޖާބިރަކީ ނަޝީދުގެ ޕަޕެޓެއް. ޖާބިރާ ބޮޑުވަޒީރުގެ އެކްޓިވިސްޓް ޕަޕެޓުންގެ މަސައްކަތަކީ ޝޯޝިއަލް މީޑިއާގަ ރައީސްއަށް ކަމެއް ނުވާކަން ދައްކާ މީހުން ފޫހިކުރުވަން ފޯސްޓުތަކާ އެހެން ގޭސްގަނޑުތައް އެނބުރުން..އެއީ މަމެން ޕީޕީއެމް މީހުން ކުރާކަމެއް ނޫން

  15
 13. ާައަސްލަމް

  ޔާމީނާއެކު ގޮޅިޔަށް ދާންޖެހޭމީހުން މިސަރުކާރުގަ އެންމެގިނައީ ސަރުކާރުގެ މަތީމަގާމް ތަކުގަތިބީވެސް ޔާމީނާއެކު ގޮޅިޔަށް ދާންޖެހޭ މީހުން

  17
 14. މަހޭޝް

  ތިވާނީ ހަމަ ސިހުރަކަށް އާނ! އެހެންޏާ. ދެން ކޮންކަމެއް. މަޖިލިސް އެކީގަ ކައުންސިލް އެކީގަ މިނިވަން މުވައްސަސާތައް އެކީގަ ދިނީމަވެސް ނުހިނގާނީ ހަމަ ކަމެއް ވެގެންތާ އެވާނީ ހަމަ ސިހުރަކަށް. އެނޫން އެހެން އެއްވެސް ސަބަބެއް ނެތް ރުގުޔާކުރަން ފެނޭ.

  8
  2
 15. ޖާބި

  ޖާބިރާއެކު ގައުމު ހިނގައިގަންނަން ފެނޭ. ގެންނަވާ މަޝްވަރާތައް ރަނގަޅު

 16. Anonymous

  ޖާބިރުގެ މި ވާހަކަކޮޅު ރަގަޅު.

  7
  1
 17. ަސދ

  މަޖިލިސް ރައީސް ބުނާ ކަހަލަ މިހާރު ހުރި ރައީސަކީ ރަމްޒީ ބޭފުޅޭކެ.
  ތިމަންނައޭ ވެރޔަކީ. ދެން ކިހިނެއް ގައުމު ހިނގާނީ

  16
 18. ށސޮނިފޮހެުގެ މަަންމެ

  ފައްކާޥާހަކަ އެއް އަދި ކިރިޔާ ތިބުނީ

 19. އަލީ

  ޖެހިފައި މިވާ ސިހުރަކީ އަންނި

  18
  • ސަޓޯ

   އެއީ ސިހުރެއް ނޫން.. އެއީ ބޮޑު މުސީބާތެއް

 20. ބަކުރުބެ

  ދޮންކަލޯމެން ސިހުރު ހަދާފަ މޫދަށް އުކީ ވިސްނާލަބަލަ ޖާބެ ކަނޑުގައި މަރުވާމީހުން ގިނަވެއްޖެ މަސްވެރިކަމާ އެންވެރިކަން ދަށްވެއްޖެ ސިހުރު ހާހޫރަ ހަަމަރަނގަޅަށް ޖެހިފަ ތިޔަވަނީ ބައިސެންޓިމީޓަރވެސް މިފަސްއަހަރުތެރޭ ކުރިޔަށް ދެމިލާން ހިތަށްވެސް ނާރުވާތި ނުވާނެތިކަމެއް ހުއްޓާލަ

 21. އަފީ

  ސަރުކާރު ނުހިގާނެކަން ދިވެހި ފަސްގަނޑު ދެކެ ލޯބިވާ ކޮންމެ މީހަކަށްވެސް އެގޭ މާކުރިން. އެހެންވެ މިދިޔަ ރިޔާސީ އިންތިހާބް އިބުރާހިމް މުހައްމަދު ސޯލިހަށް ވޯޓް ނުދޭ ކޮންމެ މީހަކީ ގައުމުދެ ލޯބިވާ ދިވެހި ދަރިއެއް. ބަލަގަ މިޔޮށް ހުރިހާ ދުވަހު ޖާބިރުމެން ވިޔަފާރި ތިކުރީ އޮބިއަޅާގެންތަ! ބަލަގަ މި ސަރުކާރު ވުޖޫދު ވީ ވައްކަމުން! މި ސިހުރު މި ސަރުކާރަށް މި ޖެހިގެން މި އުޅެނީ! ސަރުކާރު އޮތީ ޖާބިރުމެން ފަޅު ރަށްރަށުގައި ތިބޭގޮތަށް ބޯކޮޅު ވަތަށް!

 22. މެސީ

  ބަލަ ދުއްވަން ނޭނގޭ މީހަކު އަތައް އޮޑި ދިނީމާ ވާނެ ގޮތް މި ފެންނަނީ ، ދުއްވަން ނޭނގުނަސް އޮޔާ ވަޔާ އެއްކޮށް ކޮންމެވެސް ދިމާލަކަށް ދާނެ ދޯ!!!!

 23. ނަރު

  ހިތާމަހުރިޤައުުގަ ތިބިހުރިހާ މޮޔައިންނައް އިއްޒަތްދީފަގޮނޑިއައް ވެޑުވީމަކާ ޤައުމެއްނުހިގާނެ ދޯ؟