ދިވެހި ރައްޔިތުންގެ ޕާޓީގެ (ޑީއާރްޕީ) ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އެޑްވައިޒަރު ކަމުގެ މަގާމަށް އަހުމަދު ޝަފީގު (ޑީއޯ ސައްޕެ) ހަމަޖައްސައިފިއެވެ.

އެ މަގާމަށް ސައްޕެ ހަމަޖެއްސިކަން މިއަދު ކަށަވަރުކޮށް އެ ޕާޓީން ބުނީ، ޖާބިރުގެ އެޑްވައިޒަރު ކަމުގެ މަގާމަށް ސައްޕެ ހަމަޖައްސާފައިވާކަމަށެވެ.

ޑީއޯ ސައްޕެ އަކީ އެމްޑީޕީ އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. އޭނާ ވަނީ "ދަރުމަވަންތަ ޕާޓީ" ގެ ނަމުގައި ޕާޓީއެއް އުފައްދަން މަސައްކަތްކޮށްފައެވެ.

ޖާބިރު ޑީއާރްޕީއާއި ހަވާލުވުމަށް ފަހު ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. އެގޮތުން މިހާރު އެ ހަރަކާތް ކުރިއަށްގެންދިއުމަށް މާލެ އާއި އަތޮޅު ތެރެއަށްވެސް ވަނީ ދަތުރުކުރައްވާފައެވެ. އަދި 2023ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕާޓީގެ ފަރާތުން ވާދަ ކުރުމަށް ކުރަން ޖެހޭ މަސައްކަތް އެޕާޓީގެ ފަރާތުން އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން، އިއްޔެ އެ ޕާޓީން ވަނީ ނިއުސް ޗެނަލްއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަން

    ފައިސާ އަށް މަސައްކަތް ކުރާނެ ވަރަށް ގިނަ މީހުން އެކަމަކު މަދު ބަޔަކު ފައިސާ އަށް އެމީހާގެ ޕްރިންސިޕަލްތަކެއް ދޫކޮށެއް ނުލާނެ. ބައެއް މީހުން ބުނާނެ އެއީ މޮޔައިންނޭ !!!!