ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ މަނީ ލައުންޑަރިންގ މައްސަލާގައި ހެކި ބަސް ނުދޭން އެންޓީ ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް ހަސަން ލުތުފީ ނިންމަވައިފިއެވެ.

މި މައްސަލާގައި ހެކި ބަސް ނެގުން އޮންނާނީ މާދަމާ ހެނދުނު 9:30 ގައެވެ.

މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅެމުން އަންނަ ހަސަން ލުތުފީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޔާމީންގެ މައްސަލާގާއި އަދުލުވެރިކަމާއެކު ހެކި ބަސް ދެވޭނެ މާހައުލެއް ގާއިމްވެގައި ނުވާ ކަމަށެވެ. އަދި އޭނާގެ ފުރާނާއަށް ވެސް ނުރައްކާވެފައިވާކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އެނބުރި ރާއްޖެ ގޮސްފިނަމަ އަޅުގަނޑުގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ގަބޫލު ކުރެވޭތީ އާއި އަދި ކިތަންމެ މަޖުބޫރެއް ކުރިޔަސް އަދި ކިތަންމެ އިންޒާރެއް ދިނަސް އެއްވެސް ފަރާތަކާ ދެކޮޅަށް ކޯޓުގައި ދޮގު ހެކި ބަސް ދޭން އަޅުގަނޑު ބޭނުން ނުވާތީ ހެކި ބަސް އަދާ ކުރަން އަޅުގަނޑު ތަނާޒަލްވާ ވާހަކަ ދަންނަވަން،" ލުތުފީ ވިދާޅުވިއެވެ.

އެ މައްސަލާގައި ދައުލަތުން ހުށަހަޅައިފައިވާ ހެކީންގެ ތެރޭގައި ހަސަން ލުތުފީގެ އިތުރުން ދެން ހިމެނެނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭގިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތާއި ބީއެމްއެލްގެ ބޯޑު މެމްބަރު މުހައްމަދު ލުވެއިޒާއި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފާއި މުހައްމަދު ވަސީމް އިސްމާއީލެވެ.

ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ސަމް

    އިސްލާމު ދީނުގައި ހެކި ބަސްދިނުމަށް ގޮވައިފިނަމަ ކަން އޮންނަ ގޮތަކީ ކޮބާ؟

    20
    3
  2. ނަމާލް

    މީހަކު އަނގަބަހުން ހެކިދޭކަށްނުޖެހޭ.... ހުސްއެކަނި ލިޔެކިޔުމުން އެކަނިވެސް ޝަރީއަތުގައި ހުކުމަކަށްދެވޭނެ....

    14
    2
  3. ދިއްދޫބެ

    ހަސަނު ކަލޭ ގަރަނުހަދަ ހެކިދީ ބަލަ... ޔާމީނު ކަލެޔާ ތޮޅިގެން ރޮއްވާލަފާނެތީ ބިރުގަތީ... ރޯގޯނި

    10
    41
  4. ކަހަނބު ވިތްޓޯ ޓޯ

    ދޮގު ހެކި ދިނުމަކީ ﷲގެ ލަޢުނަތް ވަގުތުންވެސް އަތުވެދާނެ ފަދަ ނުބައި ކަމެއް ބިރުވެތިވޭ.

    61
  5. ޔާގުންޑާ

    ފިނޑި ބެއްޔާ!!

    9
    40
  6. ސުމޯޓޯ

    ނުހައްގު ފާސާއިން ފެންވަރާގެން މެލޭސިޔާގެ އެޕާޓުމެންޓެއްގަ ފިލާގެންއުޅޭ ހާއިނަކު ދެންބޭނުންވާ ހެކިބަހެއް ނޯންނާނެކަން މާކުރިންވެސް އެގޭ.

    9
    39
  7. ބޮކި

    ބިރު ގަތީދޯ ! ކަލޭތީ ބޮޑު ފިޑިޔެތް !

    7
    34
    • ރަގަޅު 21 އޮގަސްޓް 2019

      ސާބަސް މުސްލިމެއް ގެ ގޮތުގައި ހުންނަވާތި ހައްޤަށް ނަސްރުލިބޭނީ އިންޝާ ﷲ ތީމުސްލިމުން ގެ ގޮތަކީ

      40
      3
  8. ރިޝްމާ

    އިސްލާމްދީނުގައި އޮންނަނީ ތިމާގެ މައިންބަފައިންނާ ދެކޮޅަށްވިޔަސް ތެދުބަހުން ހެކިބަސްދިނުމަށް ޖެހިލުން ނުވުމަށް! ހަމަ އެފަދައިން ދޮގު ހެކި ނުދިނުމަށް ގަދަ އަމުރުން އަމުރު އައިސްފައިވޭ! "ސަމް" އަށް އެގިލައްވައިފިތޯ؟ ޙަސަން ލުޠުފީއަށާ އަދީބަށް މިސަރުކާރުންވަނީ ޔާމީނާ ދެކޮޅަށް ދޮގު ހެކި ދިނުމަށް މަޖުބޫރުކޮށް އިންޒާރުދީފަ! މާތްﷲގެ ޢަޒާބު ގަދަފަދަވެގެންވާކަން އެގޭ މުސްލިމަކު ދޮގު ހެކި ނުދޭނެ!

    43
    3
  9. ކެޔޮޅު

    ލުތުފީ، އަދީބު، ޒިޔަތު މި މީހުން ކިހިނެއް ޔާމީނުއާއި ދެކޮޅަށް އެމްއެމްއާރުޕީސީ މައްސަލައިގަ ހެކިބަސްދޭނީ. އެންމެން އެކުވެގެން ކައްކައިގެން ކެއި ބޮނޑިބަތެއް. ބުނަންޏާ ބުނަންޖެހޭނީ އަޅުގަނޑުމެން ............ މިގޮތަށް. ވަރަށްސަލާން

    3
    16
    • ރީލޯޑުވަޒީރު

      37 މިލިއަން ކޭ ވަގުކަލޭގެ އާއި އޭނަގެ އައުވާނުންގެ ވާހަކަ ކޮންމެސް ކޮންމެސް ނުދައްކައްޗޭ. އެއީ އެކަކަށްވެސް ނޭނގޭ ސިއްރެއް. 1 މިލިއަން ވާހަކަ އަޑުހަރުކޮށް ބާރަށް ދައްކާފަ ބަހައްޓާ.

  10. އަފީ

    ލުތުފީ އަކީ ދިވެހި ލޭހިގާ ދިވެހި ދަރިއެއް! ލުތުފީގެ ނިންމެވުމަކީ ދިވެހި ޒުވާނެއްގެ ހައެސިއްޔަތުން އަޅުގަނޑު ލުތުފީއަށް ސެލިއުޓް ކުރަން! ކޮންމެ މީހަކުވެސް ކުށް ކޮށްފިނަމަ ގާނޫނު އަރާ ހަމަކުރަންޖެހޭ! މިކަމުގައި ވަކި ފަންތިއެއް ވަކި ގިންތިއެއް ނެތް! ގާނޫނުގެ ކުރިމަތީ ކޮންމެ މީހަކުވެސް ކުޑަކަކޫ ޖަހަން ޖެހޭނެކަމުގެ ޔަގީން ކަން ރައްޔިތުންނަށް ދިނީ ރައީސް ޔާމީން! ބަހާ އަމަލުން އެކަން ވަނީ ދައްކާފަ! އެދުވަހު މުއްސަދި މަހުޖަނުވެސް އަދި ބޮޑެތިންވެސް ޖެހުނީ ގާނޫނުގެ ކުރިމަތީ ކުޑަކަކޫ ޖަހަން! މީ ހަގީގަތަކީ!

    5
    1
  11. 3 ވަނަ ވިސްނުން

    ހެކިބަސް ނުދެވޭނެ މަނީ ލައުންޑަރީން ކޮންގެން ހުރެ! ބުނަންނުކެރިގެން ތިޔައުޅެނީ؟ކަންކުރިއިރަކު ހިތުގަ ނެތް މިހެންވާނެކަމަން

    4
    20
  12. އޭސީސީގެ މުއައްޒަފެއް

    ހަގީގަތަކީ، ލުތުފީ އަދި މުއައްވިޒްވެސް ތިމައްސަލައާ ގުޅިގެން ޔާމީންއާ ބައްދަލު ނުކުރޭ. ލުތުފީ އާއި މުއައްވިޒް ބައްދަލު ކުރީ އާޒިމާއާ. ރައީސް އޮފީހުގައި އާޒިމާއާ ބައްދަލުކޮށްފަ އާޒިމާއަށް ސުވާލުތައް ދިނުމުން އެސުވާލުތަކުގެ ޖަވާބު އާޒިމާ ލިޔުމުން ތައްޔާރުކޮށްފަ ދިނީ މުއައްވިޒްއަށް. ދެން އެ ޖަވާބުތައް އޭސީސީގެ ފޯމެޓުގައި ބަޔާނެއްގެ ސިފައަށް ލިޔުނީ މުއައްވިޒް. އޭގެ މާ ފަހުން އެބަޔާން އާޒިމާ އަތަށް މުއައްވިޒް ދީގެން ސޮއިތައް ކުރުވާފައި އެވަނީ. އެމައްސަލަ އޭސީސީން ބަލަން ފެށީވެސް އެ ޗެކްތައް މީޑިއާއިން ހާމަކުރީމަ. އެހާ ހިސާބުން ލުތުފީ އެ ދެ ޗެކްގެ ވާހަކަ ޔާމީން ކާރީ ބުނީ. އެފައިސާ އާމެދު ގޮތެއް ކަނޑައެޅިފައިނުވާތީ، އޭސީސީން އެއްވެސް އިރެއްގައި ޔާމީން ކާރީ ނުބުނޭ އެފައިސާ ދޭން. އޭސީސީން އަމަލުކުރާ އާއްމު އުސޫލުންވެސް ފައިސާއެއް ދައުލަތާ ހަވާލުކުރަން އަންގަނީ އެފައިސާއަކީ ދައުލަތުގެ ފައިސާކަން އޭސީސީން ކަނޑައެޅުމުން. ދެން އެބުނާ އެކްސްރޯ އެކައުންޓެއް ހުޅުވަން އޭސީސީގައި އެދުނީވެސް ޔާމީން އަމިއްލައަށް ޕަބްލިކްގައި މާ ރަނގަޅުވާން ވެގެން.

  13. އޭސީސީގެ މުއައްޒަފެއް

    ހަގީގަތަކީ، ލުތުފީ އަދި މުއައްވިޒްވެސް ތިމައްސަލައާ ގުޅިގެން ޔާމީންއާ ބައްދަލު ނުކުރޭ. ލުތުފީ އާއި މުއައްވިޒް ބައްދަލު ކުރީ އާޒިމާއާ. ރައީސް އޮފީހުގައި އާޒިމާއާ ބައްދަލުކޮށްފަ އާޒިމާއަށް ސުވާލުތައް ދިނުމުން އެސުވާލުތަކުގެ ޖަވާބު އާޒިމާ ލިޔުމުން ތައްޔާރުކޮށްފަ ދިނީ މުއައްވިޒްއަށް. ދެން އެ ޖަވާބުތައް އޭސީސީގެ ފޯމެޓުގައި ބަޔާނެއްގެ ސިފައަށް ލިޔުނީ މުއައްވިޒް. އޭގެ މާ ފަހުން އެބަޔާން އާޒިމާ އަތަށް މުއައްވިޒް ދީގެން ސޮއިތައް ކުރުވާފައި އެވަނީ. އެމައްސަލަ އޭސީސީން ބަލަން ފެށީވެސް އެ ޗެކްތައް މީޑިއާއިން ހާމަކުރީމަ. އެހާ ހިސާބުން ލުތުފީ އެ ދެ ޗެކްގެ ވާހަކަ ލުތުފީ ޔާމީން ކާރީ ބުނީ. އެފައިސާ އާމެދު ގޮތެއް ކަނޑައެޅިފައިނުވާތީ، އޭސީސީން އެއްވެސް އިރެއްގައި ޔާމީން ކާރީ ނުބުނޭ އެފައިސާ ދޭން. އޭސީސީން އަމަލުކުރާ އާއްމު އުސޫލުންވެސް ފައިސާއެއް ދައުލަތާ ހަވާލުކުރަން އަންގަނީ އެފައިސާއަކީ ދައުލަތުގެ ފައިސާކަން އޭސީސީން ކަނޑައެޅުމުން. ދެން އެބުނާ އެކްސްރޯ އެކައުންޓެއް ހުޅުވަން އޭސީސީގައި އެދުނީވެސް ޔާމީން އަމިއްލައަށް ޕަބްލިކްގައި މާ ރަނގަޅުވާން ވެގެން.

  14. ސައްދާމް

    ވަރަށް ސާފް ލުތުފީގެ ނިންމުން ވަރަށް ސާފު. ސަރުކާރުން އަންބުރާ ގޭސްގަނޑުގައި ޖެހި ދެދުނިޔެ ގެއްލިގރންދާނެ.

  15. ޢަލީ

    ތިތާކު އެސްއޯއެފްގެ އެކަކުވެސް ނެތް، މިމީހުންނަށް ދެން ކިހިނެތް އެސްއޯއެފްއިން ޖަމާކުރި ފައިސާއާބެހޭގޮތުން އެއްޗެއް ބުނެވޭނީ، ދައުލަތުންވެސް ތަންކޮޅެއް ޒިންމާވެބަލަ.