ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒް ރަޝީދު ބައްދަލު ނުކުރާ ކަމަށް އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެއެވެ.

ލުތުފީ ވިދާޅުވީ ރައީސް އޮފީހުގައި އޭނާއާއި އޭރުގެެ އޭސީސީގެ ނައިބު ރައީސް، އަދި މިހާރުގެ ރައީސް މުއައްވިޒު ރަޝީދާ ރައީސް ޔާމީން ބައްދަލު ކޮށްފައި ނުވާ ކަަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ މައްސަލައިގައި ހެކިބަސް ދެއްވަމުން މުއައްވިޒު، މާތް ﷲ ގަންދީ ހުވާކުރައްވާ ވިދާޅުވެފައި ވަނީ ރައީސް އޮފީހުގައި ހަސަން ލުތުފީއާއި އޭނާއާ ރައީސް ޔާމީން ބައްދަލު ކުރެއްވި ކަމަށެވެ.

"ވަގުތު"އެނގިފައިވާ ގޮތުގައި، ރައީސް އޮފީހުގައި އެ ދެބޭފުޅުން ބައްދަލު ކުރެއްވީ އޮފީހުގެ މުއައްޒަފުންތަކަކާއެވެ. ރައީސް ޔާމީނަކާ ބައްދަލު ކުރައްވާފައެއް ނުވެއެވެ.

މިއަދު ހަސަން ލުތުފީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއް މިލިއަން ޑޮލަރުގެ މައްސަލާގައި އޭނާ އާއި މުއައްވިޒު އެކުގައި އަދި ވަކިން ވެސް ރައީސް ޔާމީންއާ ބައްދަލުކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ ފައިސާ ދައުލަތާ ހަވާލު ކުރަން އެއްވެސް ޒަރިއްޔާއަކުން ރައީސް ޔާމީނަށް އަންގާފައި ވެސް ނުވާނެ ކަމަށެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާމީން، މުޢައްވިޒާއި ބައްދަލު ކުރެއްވިކަން ދެއްކުމަށްޓަކައި ރައީސް އޮފީހާއި، އޭސީސީގެ ޔައުމިއްޔާތަކެއް އެދުވަސްވަރުގެ ތާރީޚް ޖެހުމަށް ފަހު ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގައި މުޢައްވިޒު އަދި ކޯޓަށް ހާޒިރުކޮށް ސުވާލު ކުރުމަށް ވަނީ ނިންމާފައެވެ.

ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔާމީން

    ލުތުފީ ކަލޭތީ ކާކު މެލޭސިޔާގަ ފިލާއޮވެގެން އަނގަވަން. ދިވެހިރައްޔިތުން މިޔަދު ކަލޭގެ ވާހަކަތަށް ސިފަކުރަނީ ބޯހަމަނުޖެހޭ ވާހަކަތަކެއްގެ ގޮތުގަ.

    4
    15