ރައީސް ޔާމީން ގެނެސް ދެއްވި ތަރައްގީ ހިތްތަތަކުން ފިލުވައި ނުލެވޭނެ ކަމަށް އެމަނިކުފާނު ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކަށް ބަދަލު ކުރުމުން ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ. ރަސްރަނި ބަގީޗާގެ ނަން ބަދަލު ކުރުމާއި ގުޅިގެން މުއިއްޒު މިއަދު ކުރެއްވި ވިދާޅުވީ މާލޭގެ ރަސްރަނި ބަގީޗާގެ ނަން ބަދަލު ކުރިޔަސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖެއަށް ގެނެސް ދެއްވި ތަރައްގީ ރައްޔިތުންގެ ހިތުން ފޮހެ ނުލެވޭނެ ކަމަށެވެ

"ރައީސް ޔާމީންގެ ސަރުކާރުން ބޮޑެތި ބަދަލުތަކާއެކު ތަރައްގީކޮށް "ރަސް ރަނި ބަގީޗާ" ގެ ގޮތުގައި ކުރީގެ ސަލްޓަންޕާކް ހުޅުވީ 2017 ގައި، ރަސްރަނި ބަގީޗާއަށް މިއަދު ދެ އަހަރުވެފައިވާއިރު އެ ބަގީޗާގެ ނަން މި ސަރުކާރާއެކު ބަދަލުކޮށް ނަން ވަނީ ފޮހެލާފާއި " މުއްޒު ވިދާޅުވީޅުވިއެވެ

މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ގެނެސް ދެއްވި ތަރައްގީ ދިވެހިންގެ ހިތްތަތަކުން ދުވަހަކުވެސް ފިލުވައި ނުލެވޭނެ ކަމަށެވެ.

އަލުން ސަލްޓަން ޕާކުގެ ނަމަށް ބަދަލު ކުރިޔަސް އާންމުން މިހާރު ބޭނުން ކުރަަނީ ރަސްރަނި ބަގީޗާގެ ނަމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މެޒޯ

  ނިމިދިޔަ ވެރިކަމުގާ ހިނގާދިޔަ ވައްކަންތަށް ދިވެހިންގެ ހިތްތަތަކުން ފިލުވައެއް ނުލެވޭނެ. ތަރައްގީއަކީ ކުރާ ކޮންމެ ކަމަކުން ކަޓުނަގަންލިބުންތޯ. މިސަރުކާރުވެސް ހިގަންޖެހޭ ސުޕީޑަކުނޫން މިހިގަނީ.?

 2. ސޮނިފުހޭ

  ޔާއްކަޅޭ އައް މަ ތާއީދު .އެއީ ހަމަ ފިނިފެންމަލެއް ހެހޭ

 3. ކާޅު

  ޔާމީން ކުރި ވައްކަން ހިތްތަކުން ފިލުވޭނެތޯ................

 4. ާޫޫ މަަަރިޔަނާ

  ތެދު ފުޅެއް ތިވިދާޅުވީ ހިތްތަކުގެ ރައީސް ހަމަ ޔާމީން އަކީ

 5. Anonymous

  ރީދޫ ހުންޖެހިފައިތިބި މަދު ބަޔަކަށް ހަޖަމު ނުވެގެން އުޅުނަސް ޔާމީން ވަރެއްނެތް. އެއީ މިގައުމުގެ ބެސްޓް ހީރޯ ،ތަރައްގީގެ ބާނީ، ވޯޓުން ވައްކަންކޮށްގެން ރިޝްވަތު ބަނޑު އީސީ ޝަރީފު ގުރޫޕާއި އިބޫ ރައީސު ގުރޫޕަށް މިދުނިޔެއިންވެސް ﷲގެ ކޯފާ ދައްކަވާށި އާމީން