މަރާލާފައި އޮއްވާ ފެނުނު މަޝްހޫރު ބްލޮގާ ޔާމީން ރަޝީދު މަރުގެ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަށް ސިއްރު ހެކީން ހާޒިރު ނުކުރެވި، ހެކިންގެ ހެކި ބަސް ނެގުން ފަސްކޮށްފިއެވެ.
މިއަދު އޮތް އަޑުއެހުމަށް ހެކިން ހާޒިރު ނުކުރެވުމުން ހެކި ބަސް ނެގުން ވަނީ މި މަހުގެ 27 ވަނަ ދުވަހަށް ފަސްކޮށްފައެވެ.
މި މައްސަލަ ބައްލަވާ ގާޟީ، ޢަލީ ރަޝީދު ޙުސައިން، ހެކިން ހާޒިރު ނުކުރެވުނީ ކީއްވެތޯ ސުވާލު ކުރުމުން ދައުލަތުން ވިދާޅުވީ، ހެކިންނަށް ބަޔަކު ނުފޫޒު ފޯރުވަމުންދާ ކަމަށެެވެ. އަދި އެ މީހުން ކުރިން ސިއްރު ހެކިބަސް ދޭން އެއްބަސްވި ކަމަށާއި، ނަމަވެސް މިހާރު ނުފޫޒު ފޯރުވަމުންދާޓީ ހާޒިރު ނުކުރެވެނީ ކަމަށެވެ. އަދި އެމީހުންނަނީ ސިއްރުން ހެކިބަސް ދިނުމަށް އެއްބަސްވެ އެކަމާއި ގުޅިގެން ފުލުހުންނަށްވެސް އެކަމާއި ގުޅޭ ބަޔާންތައް ދީފައިވާ ފަރާތްތައް ކަމަށްވެސް ދަޢުލަތުން ފާހަގަ ކުރެއްވިއެވެ.
މިކަމާއި ގުޅޭގޮތުން، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދަޢުވާ ލިބޭ، އިސްމާޢިލް ރަޝީދުގެ ވަކީލް، މަޢުމޫނު ޙަމީދު ވިދާޅުވީ، 7 އޯގަސްޓުގައި އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި، ސިއްރު ހެކިވެރިންނާއި، ފުލުހުންގެ ފަރާތުން ހެކިންގެ ގޮތުގައި ހެކިބަސް ދޭނެ ފަރާތްތައް ހާޟިރުކުރާނެ ކަމަށް ދަޢުލަތުން ވިދާޅުވި ކަމަށާއި، ނަމަވެސް އެފަރާތްތައް ހާޟިރު ކުރެވޭނެ ކަންވެސް ނުބަތަ ނޫންކަންވެސް ކޯޓުން އަންގާފައި ނުވާ ކަމަށެވެ.
ނަމަވެސް މިކަމާއި ގުޅިގެން ދަޢުލަތުން ވިދާޅުވީ، މިމަހުގެ 19 ވަނަ ދުވަހު ހެކިންގެ މަޢުލޫމާތު ކޯޓާއި ހިއްސާ ކޮށްފައިވާނެ ކަމަށާއި، ހެކިން ހާޟިރުކުރުމުގައި ދިމާވި ދަތިތައްވެސް ކޯޓާއި ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
މި މައްސަލައިގައި ދަޢުވާ ލިބޭ، އަޙުމަދު ޒިހާނު އިސްމާޢީލްގެ ވަކީލު، ޢަބްދުﷲ ޙަސީން ވިދާޅުވީ، މި މައްސަލައިގެ ދެ ޚަސްމުންގެ ދެމެދުގައި ވަރަށް ބޮޑު ތަފާތު ކުރުންތަކެއް ކޯޓުން ގެންގުޅުއްވާ ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި، ހެކިންގެ ގޮތުގައި ހާޟިރުވުމަށް ޗިޓް ފޮނުވުމުން، މަޤުބޫލު އުޒުރެއް ނެތި، ކޯޓަށް ހާޟިރުނުވެ، ހުރެވިދާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އަދި މި މައްސަލައިގެ އިންސާފަށް ވާޟިލުވުމަށްޓަކައި، ބާއްވާ އަޑުއެހުންތައް ވީހާވެސް ބޮޑަށް ޝެޑިއުލް ކުރެވިގެން ރޭއްވެވުން އެދޭ ކަމަށާއި، ޝަރީޢަތް ފަށަން އޮންނަ ގަޑިއަށް ޝަރީޢަތް ފެށުމަށްވެސް ވަރަށް ބޮޑަށް އެދޭ ކަމަށެވެ.
މި މައްސަލައިގައި ދަޢުވާ ލިބޭ، އިސްމާޢިލް ހައިޝަމް ރަޝީދުގެ ވަކީލު، ޔާމީން ވިދާޅުވީ، މި މައްސަލައިގައި ދަޢުލަތުން އެންމެ ބޮޑަށް އިނގިލި ދިއްކުރަނީ އޭނާގެ މުވައްކިލާ ދިމާއަށް ކަމަށާއި، މިއީ ވަރަށް ޙައްސާޟް މައްސަލައެއްކަމަށްވެސް ޤާބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން، ހެކިންގެ ހެކިބަސް ނެގުމުގައިވެސް، ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގެ ހަމަތަކާއި، އެކަމާއި ގުޅިގެން ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ނިންމާފައިވާ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އެންމެހާ ކަންތައްތަކަށް ރިޢާޔަތްކޮށްދެއްވުމަށް އެދޭ ކަމަށްވެސް ވަކީލް ވިދާޅުވިއެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނުއެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
އޭނާ މަރާލާފައި އޮއްވާ ފެނުނުއިރު ހަށިގަނޑުގެ އެތަން މިތަނަށް ތޫނު އެއްޗަކުން ހަމަލާދީފައި ވެއެވެ. އޭނާ މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ އޭޕްރިލް މަގުގެ 23 ވަނަ ދުވަހުއެވެ.
ހުސްނުވާ ސޫދުގެ ހުސްނުވާ ހެކިން ކެކެކެކެކެ.. ކޮމިޝަން ހަދައިގެން އުޅެނީ ލާރިކާން... މި ސަރުކާރަށް ހީވަނީ އަދިވެސް 2 ރިސޯޓުން ގައުމު ހިންގޭނެ ކަމަށް އެހެންވެ ބަޖެޓް މަޅާލީ . މަޅާލލ ބަޖެޓްގެ ތަފްސީލް ދީބަލަ.
ބަލަ ތިހެން މަރާފަ ގެއްލުވާލާފައިވާ އެތައްބަޔަކު އެބައުޅޭ. އެމީހުންގެ ހައްގުގަ އަޑުއުފުލާ މީހަކު ނުވޭ. ހަމ ޔާމިން އަދި ރިލްވާންގެ ރައްތެހިން އެމްޑީޕީގަ އިސްކޮއްއުޅޭ ތީ އަޑުއުފުލަނީ
ރަގަޅު، ތި ކުދިން ސަލާމަތް ވޭތޯ ދުޢާ ކުރަން !
އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންގެ ނިމުން ހިތި ކުރައްވާންދޭވެ !
ތި ބޭފުޅާގެ ގާތް މީހަކަށް. އާމީން.