ލ. މުންޑޫ ނޫވިލު އަލީ ޒިޔަދަމް މަރާލުމުގައި ބައިވެރިވި މީހާކު، ޒިޔަދަމް މަރާލުމަށްފަހު، އޭނާއަކީ އެރަށުގެ "ކިންގް" އޭ ބުނި ކަމަށް މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދިން މީހަކު ބުނެފިއެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން، ޒިޔަދަމް މަރާލުމުގެ ދަޢުވާ، ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫނާއި، 29 އާއި، ހަމަ އެރަށު، ބީޗްވިލާ އަލީ ސިފާމް، 33 ގެ މައްޗަށް ކޮށްފައިވާ އިރު، ބިރު ދެއްކުމާއި، މާރާމާރީ ހިންގުމުގެ ދަޢުވާވެސް މުޙައްމަދުގެ ޝަނޫނުގެ މައްޗަށް ދަޢުލަތުން ވަނީ އުފުލާފައެވެ.

އެގޮތުން، ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަކީ، ބިރުދެއްކުމާއި، މާރާމާރީގެ ކުށުގެ ދަޢުވާ އާއި ގުޅިގެން، ދަޢުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވުނު އަޑު އެހުމެކެވެ. އެގޮތުން ބިރުދެއްކުމުގެ ކުށް ޝަނޫނުގެ މައްޗަށް ސާބިތު ކުރުމަށް، ދަޢުލަތުން މިއަދު ވަނީ ތިން ހެއްކެއް، ސިއްރު ހެކިންގެ ގޮތުގައި ހުށަހަޅާފައެވެ.

އެގޮތުން މިއަދުގެ އަޑުއެހުމުގައި ސިއްރު ހެކިވެރިޔާ 5، ބުނެފައިވާ ޒިޔަދަމް މަރާލި ރޭ، މުންޑޫ ހެލްތު ސެންޓަރު ކައިރިން، ޝަނޫނު ފެނިފައިވާ ކަމަށާއި، އަދި އެ ސަރަހައްދުން އެރޭ، ޝަނޫނުގެ ބައްޕަ، މުޙައްމަދު ނިޒާރުވެސް ފެނިފައިވާ ކަމަށެވެ. އަދި ނިޒާރު ފެނުމާއި އެކު، ނިޒާރު ކައިރިއަށް ޝާނޫނު ދިޔަ ކަމަށާއި، "މިއީ މިރަށު ކިންގޭ، ލޮލަށް ވަޅި ޖަހާފާނަމޭ" މިހެން ނިޒާރު އާއި ދިމާއަށް ބުނި އަޑު އިވިފައިވާ ކަމަށެވެ. އަދި އެރޭ ޝަނޫން ހުރީ މަސްތުގެ ހާލަތުގައި ކަމަށް ޤަބޫލުކުރެވޭ ކަމަށްވެސް ހެކިވެރިޔާ ވަނީ ބުނެފައެވެ.

މީގެ އިތުރުން، މި މައްސަލައިގައި ހެކިބަސްދިން، ސިއްރު ހެކިވެރިޔާ، 6 ބުނެފައިވާ ވަނީ، ޒިޔަދަމް މަރާލިރޭ، ޒިޔަދަމްގެ ބައްޕަ، މުޙައްމަދު ނިޒާރާއި، ދިމާލަށް ހަޅޭލެވުމަށްފަހު، ލޮލަށް ވަޅި ޖަހާނެ ކަމަށް ބުނި އަޑު އިވުނު ކަމަށާއި، ނަމަވެސް އޭގެ ފަހުން އެ ސަރަހައްދުގައި ކަން ހިނގާދިޔަގޮތް ބުނަން ނޭނގޭ ކަމަށެވެ. މިކަމާއި ގުޅޭގޮތުން، ސިއްރު ހެކިވެރިޔާ 7 ވެސް ބުނެފައިވަނީ، މުޙައްމަދު ނިޒާރަށް ބިރުދެއްކިކަން އެނގޭ ކަމަށާއި، އަދި އެކަމާއި ގުޅޭ ބަޔާންތައް ޕޮލިސް ސާރވިސް އާއިވެސް ހިއްސާ ކޮށްފައިވާނެ ކަމަށެވެ.

މިއިން ކޮންމެ ހެކިވެރިއެއްގެ ހެކިބަހަށްފަހުވެސް، ދަޢުވާ ލިބޭ ފަރާތުން، ހެކިވެރިޔާ އާއި ސުވާލު ކުރުމުގެ ފުރުޟަތު ޝަރީޢަތުން ވަނީ ދީފައެވެ. އެގޮތުން ލިބުނު ފުރުޟަތުގައި މުޙައްމަދު ޝަނޫނު ވަނީ އެ ތިން ހެކިންނާވެސް ވަރަށް ގިނަ ސުވާލު ކުރިމަތި ކުރުވާފައެވެ. އެގޮތުން، އެރޭ އޭނާ ލައިގެން ހުރީ ކޮން ކަހަލަ ހެދުމެއް ތޯ އާއި، އެރޭ ހަމައެކަނި ބުނި ބަހަކީ އެއީތޯ އާއި، މުޙައްމަދު ނިޒާރު ނޫން މީހަކާއި ދިމާއަށް އެއްޗެއް ބުނި އަޑު އިވުނުތޯ، މިފަދަ ސުވާލުތަކެއް އެ ތިން ހެކިވެރިންނާއި ޝަނޫނު ވަނީ ކުރިމަތި ކުރުވާފައެވެ.

ނަމަވެސް ޝަރީޢަތުން އެދިލެއްވީ، އެ ހުރިހާ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި، ހެކިވެރިޔާގެ ސިއްރުކަން ނުގެއްލޭ މިންވަރަކަށް ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދިއުމަށެވެ. ޖުމްލަކޮށް، ޝަނޫނުގެ ހުރިހާ ސުވާލުތަކަކަށްވެސް އެ ތިން ހެކިވެރިން ވަނީ ޖަވާބު ދީފައެވެ.

މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ދެން ކުރިއަށް ދިޔައީ، ޝަނޫނުގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ މާރާމާރީ ހިންގުމުގެ ދަޢުވާއާި ގުޅިގެން، ދަޢުލަތުން ހުށަހަޅާ ސިއްރު ދެ ހެކީންގެ ހެކިބަސް ނެގުމެވެ. މި މައްސަލައާއި ގުޅޭގޮތުން ސިއްރު ހެކިވެރިޔާ 5 ބުނީ، ޒިޔަދަމް މަރާލިރޭ، ޒިޔަދަމްގެ ހަށިގަނޑު މުންޑޫ ހެލްތު ސެންޓަރަށް ގެންދިއުމަށް އެހީވި، މުޙައްމަދު ޝިފާޒުގެ މޭމަތީގައި ޝަނޫނު ޖެހި ކަމަށާއި، ޖެހުމާއި އެކު އޭނާގެ އަތުން ޒިޔަދަމް ދޫވެ، އޭނާ ބިންމައްޗަށް ވެއްޓުނު ކަމަށެވެ. ހަމަ އެގޮތަށް، ސިއްރު ހެކިވެރިޔާ 4 ވެސް ބުނީ، އެރޭ ޒިޔަދަމްގެ ހަށިގަނޑު އެރަށު ހެލްތު ސެންޓަރަށް ގެންދިއުުގެ ތެރޭގައި ޝިފާޒަށް އަނިޔާކޮށް މާރާމާރީ ހިންގި ކަމަށާއި، އެ މަންޒަރު ފެނުނު ކަމަށެވެ.

މި ވާހަކަތަކަށް ޖަވާބު ދެމުން، މުޙައްމަދު ޝަނޫނު ބުނީ، ﷲ ޤަންދީ ހުވަހެއްކޮށްގެން ހުރެ، ދޮގު ހެކިބަސް ދީފާނެ ކަމަށް ޤަބޫލުނުކުރާ ކަމަށާއި، އަދި އެއްވެސް ޒާތީ ކަމެއް އޮތް ނަމަ، އެކަން ބުނެދިނުމަށް އެދޭ ކަމަށެވެ. ޖަވާބުގައި ހެކިވެރިން ބުނެފައިވަނީ އެއްވެސް ޒާތީކަމެއް ނެތް ކަމަށެވެ.

ޒިޔަދަމް މަރާލާފައި ވަނީ 2015 ވަނަ އަހަރު މާޗު މަހުގެ 20 ވަނަ ދުވަހުގެ ރޭ ވަޅިން ހަމަލާ ދީގެންނެވެ. މި މައްސަލައިގައި ދައުލަތުން ވަނީ ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫނާއި ހަމަ އެރަށު، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް ގަސްތުގައި މީހާކު މެރިކަމުގެ ދައުވާ އުފުލާފައެވެ. އަދި ޝަނޫންގެ މައްޗަށް ބިރު ދެއްކުމާއި މާރާމާރީ ހިންގުމުގެ ދައުވާވެސް އުފުލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މޫސަ

    މުންޑޫ އަކީ ފަޅުރަށެއްކަހަލަތަނެއް ދެންއެތާ ކިންގްއަކަށްވެގެން އުޅޭނީވެސް މޮޔައެއްދޯ. މީހުން މަރާފަ ވަރަށްވެލާފަ ކުއީން އޭބުނެބަލަ.

    35
    1
  2. ޖޭއާރު

    މުންޑޫ ކިންގް ފެންނާނެ އާޚިރަތް ދުވަހުގަ ކަލެއަށް (މުންޑޫ ކިންގް)

    40
    1
  3. ސޮނިފޮހޭގެ މުންޑު

    ކަޔޭ ޖަލުގަވެސް ތީ ކިންގެއްނޫން. ކަލޭތީ ޖަލުގަ އޮތް އެންމެ ނިކަމެތި އެތި....

    23
  4. ާއާދަނު

    އަދިވެސް ރާއްޖޭގަ އިސްލާމީ ޝަރީއާރ ގާއުމްކުރަން ނުވޭތަ ﷲ ގެ ހުކުންފުޅުތަ ތަންފީޒު ނުކުރާތީ ވާގޮތް މީ

    28
    1
    • އަައިއެސް

      އިސްލާމިކް ސްޓޭޓު މުޅިދުނިޔެއަށް ފެތުރޭނެދުވަހަށް އިންތިޒާރުކޮށްލައްވާ........

  5. ނިހާދު

    ކިންގުކަން ދައްކާލާނަން އަހަރުމެނާ ހަވާލުކޮއްލަބަލަ

    25
  6. ވަރިހަމަ

    ކިންގޫ.... މޫނު ފޮރުވަނީ ކީއްވެންތާ ކިންގޫ....