ސަރުކާރުގެ ފަރާތުން ސަޕްލިމެންޓަރީ ބަޖެޓެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ބަޖެޓްގެ އެއްވެސް ތަފްސީލެއް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުން ހުށަހަޅާ ސަޕްލިމަންޓްރީ ބަޖެޓާއި ގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވެފައިވަނީ ބެޖެޓް ހުށަހަޅަނީ އިދާރީ ގޮތުން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، ސަރުކާރަށް ބޭރުން ލިބިފައިވާ އެހީތައް ހިމެނުމަށްކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިހާތަނަށް އެބަޖެޓުން 13.2 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުރަނގި

    މީ މާއެނގޭ.. މީނާ ހީކުރީ އެމްޑީޕީ ގެ ފައިނޭންސް ގޮފީގައި އިށީންނަން ލިބުނީމަ ލައްކައެކޭ. ކަލޯ ކަލޭ ޔާމީންއާ ދިމާލަށް ކީ އެއްޗެހި ކަލޭ އަނގަޔަށް ވަންނަނީ ތިއޮއް. ތަފްސީލް ދީބަލަ. ކަލޭ ދެއްކި ވާހަކަ އެބަހުއްޓޭ ރައްކާކުރެވިފައި. ދެން ހަދާ އަޑިންދާ 19 ގެ ދޮގެއް.. އެވަރު ވެދާނެ ކަލެޔަށް..

    12
  2. މޫސަ

    ބަޖެޓު ހުސްވެގެނޭ ބުނަން ސަރުކާރު ވެސް ލަދުގަނަނާނެތާ. ރައްޔިތަކަށް ކޮށްދިންކަމެއްނެތި 30.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ތިޔަ ދަވާލީ އޯގާތެރި ސަރުކާރު.

    15