މާލެ، ޖަނަވަރީ ހިނގުމާއި ލޮނުޒިޔާރަތްމަގު ގުޅޭ ކަންމަތިން ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ މިފައިސާތައް ފެނިފައިވަނީ އޮގަސްޓް 19 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

ފުލުހުން އެދިފައިވަނީ މިފައިސާތަކުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ފޮޓޯޖެހި ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންއަށް ހާޟިރުވެ، ފައިސާއާ ހަވާލުވެލެއްވުމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުުން ވަނީ ފާހަގަކޮށްފަައެވެ.

ކިޔުންތެރިންގެ ހިޔާލު