އިސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ ރައްކާތެރިކަން ސްކޫލާއި، ސްކޫލުން ބޭރުގައި ކަށަވަރު ކުރުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ގިޔާސުއްދީން ސްކޫލުގައި އޮތް ދަރިވަރުން ޓެރިކަށް އަހަލުުވެރި ކުރުވުމުގެ ޕްރޮގްރާމް ރަސްމިއްޔާތުުގައި ވާހަކަދައްކަވަމުން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ވައުދެއް ކަމަށާއި ދަރިވަރުންނަށް އަމިއްލަ ނަފްސު ރައްކާތެރިކުރުމުގެ ހުނަރުތަށް މިޕްރޮގްރާމުގެ ތެރެއިން ދަސްވެގެން ދާނެ ކަމަށެވެ.

"މިހާތަނަށް 840 އަށް ވުރެން ގިނަ ކުދިން ވަނީ މި ޕްރޮގްރާމުގައި ތަމްރީނުވެފައި، އަޅުގަނޑުމެންގެ ތައުލީމީ ސިޔާސަތު ބައްޓަން ކުރަމުން މި ދަނީ ދިރިއުޅުމުގެ ހުނަރު ލިބިފައިވާ ދަރިވަރުން ތަކެއް ބިނާ ކުރުމަށް " މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ މުހިންމު ކަންތައްތަކެއް މި ޕްރްގްރާމުގެ ތެރެއިން ދަރިވަރުންނަށް ދަސްކޮށްދޭނެ ކަމަށެވެ.

މިރަސްމިޔާތުގައި ވަނީ މީގެ ކުރިން ބޭއްވުނު މިފަދަ ޕްރްގުރާމުގަތުގައި ދަސްވެނިވި ދަރިވަރުންނަށް ޓެގާއި ހަދާނީ ފިލާ ދީފައެވެ.

2015 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ މިޕްރޮގްރާމް އިފްތިތާހުވެގެންދިއުމާއެކު ގިޔާސުއްދީން ސްކޫލު ދަންފަޅިތައް ފެށޭ ގަޑީގައި އަދި ދަންފަޅި ނިމޭ ގަޑީގައި ސްކޫލު ކައިރީގައި މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ދެމެހެއްޓުމުގައި ޓްރެެފިކް ފުލުހުންނާއެކު އެސްކޫލުގެ ދަރިވަރުން ހަ ރަކާތްތެރިވާނެއެވެ.

މިޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުން ތިބޭނީ ޓްރެފިކް ވެސްޓް ލައިގެންނެވެ. އަދި ދަރިވަރުންގެ މަސައްކަތް ބަލަހައްޓައި އެހީތެރވެދިނުމަށާއި ދަރިވަރުންގެ ސަލާމަތަށްޓަކައި ޓްރެފިކް ފުލުހުން ތިބޭނެއެވެ.

މިޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާބެހޭގޮތުން މައުލޫމާތުދީ ދަރިވަރުންނަށް ބޭނުންވާ ތަމްރީނު ދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސޮނިފުހޭއިސްކިން ޓޯޓޯ

    އިސްކޫލު ތެރެއޯ

  2. ލޮމޮ

    މީ ރަގަޅު ކަމެއް

    1
    6
  3. ކިއްލި

    2015ވަނަ އަހަރު މިސަރުކާރުންފެށި ޕްރޮގްރާމެއް. ސާބަސް ރައީސްޔާމީން.

  4. ޙުމޭދާ

    ކުލާސް ތެެރޭގަ އުޅޭ ބަސްނާހާ ކުދިން ގެ ސަބަބުން ކިޔަވާހިތުން އުޅޭ ބަސް އަހާކުދިން ނައް ވަރައް ބޮޑައް އުދަގޫވޭ، ކޮބައިތޯ ހައްލަކީ.

  5. ޔަހި

    ބަލަ މިނިސްޓާރ މި ނާސްތާ ޕްރޮގްރާމް އުވާލަބަލަ..ކޮންމެ ދުވަހަކު ޑަސްޕިނަށް މި ޖެހެނީ އަޅަން. ވޭސްޓް ވޭސްޓް...