ފުލުހުންގެ ޓްރެފިކް ޑިޕާރޓްމަންޓާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ "ސްކޫލް ޓްރެފިކް މޮނިޓަރސް" ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

މި ޕްރޮގްރާމް އިފްތިތާހުވެގެންދިއުމާއެކު ގިޔާސުއްދީން ސްކޫލުގެ ދަންފަޅިތައް ފެށޭ ގަޑީގައި އަދި ދަންފަޅި ނިމޭ ގަޑީގައި ސްކޫލު ކައިރީގައި މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ދެމެހެއްޓުމުގައި ޓްރެެފިކް ފުލުހުންނާއެކު އެސްކޫލުގެ ދަރިވަރުން ހަރަކާތްތެރިވާނެއެވެ. މިޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުން ތިބޭނީ ޓްރެފިކް ވެސްޓް ލައިގެންނެވެ. އަދި ދަރިވަރުންގެ މަސައްކަތް ބަލަހައްޓައި އެހީތެރިވެދިނުމަށާއި ދަރިވަރުންގެ ސަލާމަތަށްޓަކައި ޓްރެފިކް ފުލުހުން ތިބޭނެއެވެ.

ގިޔާސުއްދީން ސްކޫލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

2015 ވަނަ އަހަރުން ފެށިގެން އެ ސްކޫލްގައި ކުރިިއަށް ގެންދަމުން އަންނަ މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީއެވެ.

މި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ކަމިޝަނަރ އޮފް ފޮލިސް އަބްދުލް މަންނާނު ވިދާޅުވީ، ފުވައްމުލަކު މަގުތަކުގައި ހިނގާފައިވާ ގިނަ އެކްސިޑެންޓްތައް ހިގާފައިވަނީ ޓްރެފިކް ގާނޫނާއި ގަވާއިދުތަކާއި ހިލާފުވެގެން ކަމަށެވެ.

ގިޔާސުއްދީން ސްކޫލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

"މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހިންގާ ތަމްރީން ޕްރޮގްރާމްތައް މާލެއާއި އަތޮޅުތަކުގައި ހިންގުމަށް ފުލުހުންދަނީ މަސައްކަތް ކުރަމުން" މަންނާނު ވިދާޅުވިއެވެ.

މިރަސްމިޔާތުގައި ވަނީ މީގެ ކުރިން ބޭއްވުނު މިފަދަ ޕްރްގުރާމުގަތުގައި ދަސްވެނިވި ދަރިވަރުންނަށް ޓެގާއި ހަދާނީ ފިލާ ދީފައެވެ.

މި ޕްރޮގްރާމުގެ ސަބަބުން ދަރިވަރުން ޓްރެފިކްގެ ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިވެ، އާއްމުން ޓްރެފިކް ނިޝާންތަކާއި، މަގުމަތީގެ ރައްކާތެރިކަމަށް ދޭ ސަމާލުކަން އިތުރުވެގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަލީ

    މިއަތޮޅު މަހިބަދޫގައި ސުކޫލު ދަރިވަރުން ޓްރެފިކް ބަލަހައްޓާތާ މިހާރު އެތައް ދުވަހެެއް ވެއްޖެ.

  2. ޢާޝޯހު

    ދ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ތިޔަކަން ކުރާތާ އެތައް ދުވަހެއް.

  3. ނަސީމްބެ

    2015 ވަނަ އަހަރު ތިކަން ޤިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ގައި ފުރަތަމަ ފެށި ދުވަހުން ފެށިގެން ތި ޕްރޮގްރާމް މާލެ އާއި އަތޮޅުތަކުގައި ކުރިއަށް ގެންދިއުމަށާއި، ޕްރޮގްރާމު އިތުރަށް ފަރުމާކޮށް ޖެކެޓާއި، ބެޖް މި ވުޖޫދަށް ގެނައުމަށް ވަރަށް ބުރަ މަސައްކަތް ތަކެއް ކުރެއްވި ބޭފުޅުން އެބަތިއްބެވި، އެބޭފުޅުންގެ އަގުވަޒަން ކުރަންޖެހޭ،