ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޤާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ އެތަކެއް ކަމެއް ދިރާސާ ކުރުމަށްފަހު ޖުޑީޝިލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަފްސީލު ހިމެނޭ ގޮތަށް ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ރިޕޯޓް ފޮނުވަން ޖޭއެސްސީއިން ފާސްކޮށްފައިވަނީ މިއަދު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމެއްގައެވެ.

ޖޭއެސްސީން ބުނީ ސުޕްރީމް ކޯޓުން އެކޮމިޝަނާއި ރައްޔިތުންގެ މަޖިލިސް އަދި އެހެން މުއައްސަސާތަކުގެ އިހްތިސާސްގެ ތެރެއަށް ވަދެފައިވޭތޯ ބެލުމަށް، އެ ކޮމިޝަނުން ނިންމުމާ ގުޅިގެން އެކަން ދިރާސާކުރި ކޮމިޓީން، ތައްޔާރުކުރި ރިޕޯޓުގައި ހުށަހަޅާފައިވާ ގޮތަށް ފާސް ކުރުމަށް ފަހު މަޖިލީހަށް ފޮނުވަން ކޮމިޝަނުގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އެ ރިޕޯޓްގައި ވަނީ ކޮންކޮން ކަންތައްތަކެއްކަން ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު