ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު އާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިއަތު މާދަމާ ހެކި ބަސް ދެއްވާ ގޮތަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެމަނިކުފާނުގެ ޝަރީއަތުގެ ތިން ވަނަ އަޑުއެހުން މާދަމާ ހެނދުނު 9:30 ގައި ބާއްވަން ވަނީ ތާވަލުކޮށްފައެވެ. އާންމުކޮށް ހުޅުވާލައިގެން ޓީވީތަކުން ލައިވްކޮށްގެން ކުރިއަށް ގެންދާ ޝަރީއަތުގެ މާދަމާގެ އަޑުއެހުމުގައި އޭސީސީގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކި ބަސް ނެގުންވެސް ކުރިއަށްދާނެއެވެ.

އަދި އޭގެ ފަހުން އަހުމަދު އަދީބުގެ ހެކި ބަސް ނަގާނެއެވެ. އަދީބުއަށް ފަހު ޒިއަތުގެ ހެކިބަސް ނެގުން އޮންނާނެއެވެ، ދައުލަތުން ހުށަހެޅި ހެއްކެއްގެ ގޮތުގައި، އަދީބު އާއި ޒިއަތުގެ ގެ ނަން ހާމާ ކުރުމުން އަދީބު ރައީސް ޔާމީންއާ މެދު އަދާވާތްތެރިކަން އޮންނާނެކަމަށް ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، އެމަނިކުފާނާއި ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިއަތުނަން ހުށަނޭޅޭނެ ކަމަށެވެ. ސަބަބެއް ކަމަށް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެެރިކަމުގެ އެ ދެ މީހުންގެ މައްސަލަވެސް ތަހުގީގު ކުރުމަށް އެންގީ ރައީސް އޮފީހުން ކަމަށް ވާތީ ކަމަށެވެ.

ނަމަވެސް ޔާމީންގެ މައްސަލަ ބައްލަވަމުންދާ ގާޒީ ހައިލަމް ވިދާޅުވީ، ދެ ފަރާތުގެ އަދާވާތްތެރިކަމެއް އޮންނާނެ ކަމަށް ގަބޫލެއް ނުކުރާ ކަމަށެވެ.[

ރައީސް ޔާމީންއާ ދެކޮޅަށް އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ނަން ވެސް ހެއްކެއްގެ ގޮތުގައި ހުށަހެޅި ނަމަވެސް އޭނާ މިއަދު ވަނީ ހެކިބަސް ނުދޭނެ ކަމަށް ވިދާޅުވެފައެވެ.

ޔާމީންއާ ދެކޮޅަށް ދައުލަތުން ހުށަހެޅި އިތުރު ހެކީންގެ ތެރޭގައި، ކުރީގެ ޓޫރިޒަމް މިނިސްޓަރު ޒަމީރާއި، ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ބޯޑްގައި ތިއްބަވާ މުހައްމަދު ޝަރީފާއި މުހައްމަދު ލުވައިޒުގެ އިތުރުން މުހައްމަދު ވަސީމް އިސްމާއިލް ކިޔާ މީހަކު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ގައްބެ

    އެއްމައްސަލައެއްގަ ކުއްވެރިވެފަ ތިބި ތިންމީހުން އެކަކުއަނެކަކައް ހެކިބަސްދެވޭނެބަ

    31
    4
  2. މަހޭ

    ހެކިދެމުން ބުނެވޭނީ ޔާމީންގެ އެކައުންޓަށް އެއްމިލިޔަން ޑޮލަރު ޖަމާކުރީމޭ! އެއީ މިހާރުވެސް އެނގޭކަމެއް! އެފައިސާ އެހުރީ އަތްނުލާ ހުރިގޮތަށް! އެއްވެސް މުއައްސަސާއަކުން އެފައިސާ ހަވާލުކުރުމަކަށް ޔަމީނަށް އަންގާފައެއް ނެތް! އިބުރާހީމް މުޙައްމަދުޞާލިޙަށް ދިން 37 މިލިޔަން ރުފިޔާއަކީ ދެމިލިޔަނަށްވުރެވެސް ގިނަ ޑޮލަރު! ކާކު ވަގަކީ؟

    44
    1
  3. ނަފީސް

    މީހެއްގެމައްޗަށް ހެކިބަހެއްދޭނަމަ ތެދުބަހުން ހެކިބަސްދޭތި! ދުނިޔޭގައި ލިބިދާނެ ލަދަކަށް ، މޮޅަކަށް ނުބަލާ ހެކިބަސްދޭނީ ﷲއަށް ޓަކައި! އާޚިރަތުގެ ގޮވައްޗަކީ ދާއިމީ ގޮވަތި! ދުނިޔެއަކީ މަދު ދުވަސްކޮޅެއްގެ އަރާމު!

    42
    • ކުޑަބަޖަރާ

      ތިޔަކަންކަން ތިމަގަށްހުރިކަން ރަނގަޅަށްދަނެތިބެ ދުނިޔޭގެ ބޭނުމަށްޓަކައި ދޮގުހެކިދެނީ.

      2
      1
  4. ޙަސަން އަޙުމަދު

    ހެކިބަސްއަދާކުރާއިރު އާޚިރަތް ހަނދާންނައްތާލާ، ދުނިޔެެއަށްޓަކައި ހެކިބަސްދޭ މީހުންނަށް ﷲގެ ކޯފާއެއް ފޮނުއްވުމަކީ ދުރުކަމެއްނޫން. ﷲ ވޮޑިގެންވޭ. ﷲ ވޮޑިގެންވޭ. ﷲ ވޮޑިގެންވޭ.

    41
  5. ރައްޔިތުން

    އަދީބު އާއި ޒިއަތުގެ ގެ ނަން ހާމާ ކުރުމުން އަދީބު ރައީސް ޔާމީނާ މެދު އަދާވާތްތެރިކަން އޮންނާނެކަމަށް ރައީސް ޔާމީނުވިދާޅުވީ ރައީސް ޔާމީނުގެ ސޯޓު ބޭލޭނެކަންއެގޭތީ. ރައީސް ޔާމީނު ބޭނުންވާނީ ރައީސް ޔާމީނަކީ ކާކުކަން ނުދަންނަ ޗައިނާ މީހަކު ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސްދޭން. އޭރުންތާ ރައީސް ޔާމީނު ސަލާމަތްވާނީ. 😡😜 އެކަމެއް ހިގާދިޔަގޮތް ކިޔާދެވޭނީ އެކަމެއް ކުރިބަޔަކަށް. ޗައެނާ މީހަކަށް ނޫން.🐊

    5
    47
    • ސުދާ

      ޙަގީގަތުގަވެސް އަދީބުގެ ރުޅިވެރިކަމާ ހަސަދަ ވެރިކަން އޮންނާނެކަމީ އެންމެނަށްވެސް އެނގޭ ކަމެއް ވެރިކަން ހޯދުމުގެ ނިޔަތުގަޔާމީނަކީނުކުޅެދޭ މީހަކަށް ހަދާލަން ކުރި މަސައްކަތް ބޭކާާާރުވެ ނައިބު ކަން ގެއްލި ތިން އަހަރުދުވަހު ޖަލުގަ އޮން ނަން ޖެހުނީމަ ހަސަދަ ފަށެއް އޮންނާާނެ ތާއަނެއް ކާ ދެމީހުނަކީ ވެސް ބައި ވެރިން އެކަކު ސަލާމަތް ކޮށްފަ އަނެކަކު ކުށްވެރި ކުރު މަކީކޮން އުސޫލަކުން ކުރާ ކަމެއްބާ އެބުނާާ ތިރީސްހަތްމިލިއަން އޮއްބާާ ލަނީބާ!

  6. ސަންދާނު މޮޔަމީހާ

    އަދީބުކީ ރައީސްޔާމީނުގެ ޖާނީދުސްމަނެއް އަދީބުގެ މައްޗައް ތުހުމަތު އެބަކުރެވޭ ރިލްވާނު ގެއްލުވުމުގެ އެކަހަލަ ބޮޑުހާއިނަކު ދޭހެކިބަހެއް ރައްޔަތުން ގަބޫލެއްނުކުރާނެ ނުވެސްކުރެވޭނެ ބަޔަކު ބަޔަކައް ހީވާކަހަލަ ރައީސްޔާމީނުގެ ފަހައްޕުޅުގަ ބަޔަކުނެތްކަމައް ދުވަސްވާވަރަކައް ރައީސްޔާމީނުގެ ސަޕޯޓަރުން އިތުރުވަނީ ސަރުކާރު ހިންގަންތިޔައުޅޭ ނާގާބިލު ގުޜޫޕު ބޭޒާރުވެ ބޭކަރާރުވަނީ

    1
    3
  7. ނަޖްވާ

    ކޮނބާ އަނދީބު އެ ބުނީނު ޔާމީނު ބުނެގެންނޭ ހުރިހާ ކަމެއް ކުރަމުން ދިޔައީ!