ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ މަނީ ލައުންޑަރިންގ މައްސަލާގައި ހެކި ބަސް ނުދޭން އެންޓީ ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް ހަސަން ލުތުފީ ނިންމެވިކަން އިއުލާނުކޮށް ފޭސްބުކްގައި ކުރި ޕޯސްޓް ޑިލިޓްކޮށްފިއެވެ.

މިއަދު މެންދުރު ލުތުފީ ކުރި އެ ޕޯސްޓް ޑިލިޓް ކުރީ ކީއްްވެގެން ކަމެއް ނޭގެއެވެ. ލުތުފީ އޭގެ ފަހުން އިތުރު ޕޯސްޓެއް ކޮށްފައެއް ނުވެއެވެ.

ލުތުފީ މިހާރު އުޅުއްވަމުން ގެންދަވަނީ ރާއްޖެއިން ބޭރުގައެވެ.

ލުތުފީ މިއަދު ކުރި ޕޯސްޓުގައި ވިދާޅުވެފައި ވަނީ، ޔާމީންގެ މައްސަލާގާއި އަދުލުވެރިކަމާއެކު ހެކި ބަސް ދެވޭނެ މާހައުލެއް ގާއިމްވެގައި ނުވާ ކަމަށެވެ. އަދި އޭނާގެ ފުރާނާއަށް ވެސް ނުރައްކާވެފައިވާކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އެނބުރި ރާއްޖެ ގޮސްފިނަމަ އަޅުގަނޑުގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ގަބޫލު ކުރެވޭތީ އާއި އަދި ކިތަންމެ މަޖުބޫރެއް ކުރިޔަސް އަދި ކިތަންމެ އިންޒާރެއް ދިނަސް އެއްވެސް ފަރާތަކާ ދެކޮޅަށް ކޯޓުގައި ދޮގު ހެކި ބަސް ދޭން އަޅުގަނޑު ބޭނުން ނުވާތީ ހެކި ބަސް އަދާ ކުރަން އަޅުގަނޑު ތަނާޒަލްވާ ވާހަކަ ދަންނަވަން،" ލުތުފީ ވިދާޅުވިއެވެ.

ލުތުފީގެ މައްޗަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖިނާޢީ

    އެއީ ހެކި ބަސް ނުދިނުމަކީ ވެސް ކުށެއްކަމަށް މިހާރުގެ ޤާނޫނުލްއުޤޫބާތުގަ އޮތްކަން ރޭކާލީ މާފަހުން.. ދަޢުވާކުރެވޭ އަދި ޖިނާޢީ ހުކުމެއްވެސް އަންނަ ކަމެއްކަން އެސޮރަށް ކުރިން ނޭނގުނީ..

    7
    7
  2. ޖިހާ

    މިހިރީ މިމީހާގެ ހުރި ފެންވަރު

    7
    3
  3. ހަމައަހާލީ

    އާންމު ހާލަތާ ފުރާނައަށް ބިރެއް ކުރިމަތިވެފައިވާ ހާލަތު ޤާނޫނުލްޢުޤޫބާތު ފަރަގެއް ނުކުރޭބާ؟

  4. ސިކުންޑާ

    ލުތުފީއަށް ނުކެރޭނެކަން އިނގޭ މާކުރިންވެސް ކޮރަޕްޝަން ހުއްޓުވަންލީމީހާ ކޮރަޕްޝަން ހިންގީމަ ދެން ހެކިބަސް ދޭން ޖެހިލުންވާނެދޯ ފްލެޓްތަކާ ވިޔަފާރިތަކާ ދީގެން ގަނެލައިފަދޯ ހުރީ

  5. އަމާތަ

    ތީ ޖާހިލެއް! ޚާއިނެއް! މުޖުރިމެއް! ބޮޑުވަގެއް! ކޮރަޕްޝަންގެ އައްޕަ ތިއީ

    5
    2
  6. ތިލަދުން

    ތީވެސް ބޮޑު ވަގެއް.