މާލެ ސިޓީއަށް ކުރިމަތިވެފައިވާ ދަތިތަކާ މާލެ ސިޓީގެ ޓްރެފިކްގެ މައްސަލަތަކާ ގުޅޭ މައުލޫމާތު ނައިބު ރައީސްފައިޞަލް ނަސީމަށް މާލެ ސިޓީކައުންސިލުގެ ކައުންސިލަރުން ސާފުކޮށްދީ އެކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ނައިބު ރައީސް ވަނީ ކުރީގެ ސަރުކާރުން ސިޓީ ކައުންސިލުގެ އަތުން ނަގާފައިވާ ބައެއް ބާރުތައް ސިޓީ ކައުންސިލަށް އަނބުރާ ހޯދައިދެވިފައިވާކަން ފާހަގަކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
އަދި މާލެ ސިޓީގައި ހުރި ދަތިމައްސަލަތައް ޙައްލުކުރުމުގައި ކުރެވިދާނެ ކަންކަމާ، މާލޭގެ ތަރައްޤީއަށް މުހިންމު ބައެއް ކަންކަމާ ބެހޭގޮތުން ކައުންސިލަރުންނާއެކު ނައިބު ރައީސް މަޝްވަރާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
މި ކަންކަމުގެ ތެރޭގައި މާލެ ސާފުތާހިރު ސިޓީއެއްގެ ގޮތުގައި ބޭއްވުމާއި ވެހިކަލް ޕާކްކުރުމުގައި ހުރި ދަތިތަކާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ކުރަންހުރި ކަންކަމާ އަދި މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކަންކަން ފަހިވާނެ އިންތިޒާމުތައް ހަމަޖެއްސުމާއި ގުޅޭގޮތުންނާއި މާލެއަކީ ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށް، މާލެއަށް ބޭނުންވާ ތަރައްޤީގެ އެކިއެކި ކަންކަމާބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައި ވެއެވެ.
މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ އަދި ޑެޕިއުޓީ މޭޔަރާއި ކައުންސިލަރުން ވަނީ މާލެ ސިޓީގެ ތަރައްޤީއަށް ސިޓީ ކައުންސިލުން ކުރިޔަށް ރޭވިފައިވާ ޕްލޭންތަކާއި އަދި މިހާރު ކުރިޔަށްގެންދަވާ ބައެއް މަޝްރޫޢުތަކާއި ކަންކަމުގެ މަޢުލޫމާތު ނައިބު ރައީސް އާއި ވަނީ ޙިއްޞާކުރައްވާފައެވެ.
މީގެ އިތުރުން ސިޓީ ކައުންސިލުގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި އެންމެބޮޑަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލަރުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ. އެގޮތުން ސިޓީ ކައުންސިލުގެ ބައެއް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ މުވައްޒަފުން ނެތުމުގެ މައްސަލަތަކާއި އިދާރީގޮތުން ހުރި ދަތިތަކާއި ބައެއް މަޝްރޫޢުތައް ކުރިޔަށް ގެންދެވުމުގައި މާލީ ގޮތުން ހުރި ދަތިތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
ތީ ފޮޓޯ ލޯގަނޑެއްގެ ހަނިހަނި ހިޔަނި. ހިޔަންޏަށް ކަންކަން ކިޔައިދިނީމަ ވާކަމެއް އޮވޭތަ؟ ފާރަކާ ވާހަކަ ދައްކަންވީނު.
ޓިސްދަތިދޯ
މާލޭގައި ހުރިދަތިތައް:
1. ހިތްދަތި
2. ބޮޑުދަތި
3. ބޮލުގާޖަހާދަތި
4. ހުނިގާނާދަތި
5. ކިރުފެލާދަތި
6. މަށަންދަތި
7. ބެންޗްދަތި
8. މީދާހިފާދަތި
އަދިވެސް..އަދިވެސް..
ރައީސް އިބޫ ސޯލިހު އަށް ކަމެއް ނުކޮއްދެވޭތާގަ ނައިބު ރައީސް އަށް ކޮއްދެވޭނީ ވަކިކޮންކަމެއް. އަހަރެމެން އެންމެން މިތިބީ ކަމެއްކޮންދިން މީހާއަށް ނޫނެކޭ ބުނެފަ މިހާރުމިހިރަ މީހާޔަށް އަންނިބުނެގެން އާއެކޭ ބުނެފަ. ދެން މިހާރު މި ތިބެނީ ހެވިފަ ހަގީގީ ތަރައްބީބަލަން.
ނައިބު ރައީސް ކުރާނެކަމެއްނެތިގެން ފޫހިވާތީ ތިވެސްދެންކުރަން ރަނގަޅުކަމެއް.
އަސްތާ. ސައި ދޭވަރު ކަމެއް ތި ކުރީ . ނައިބު ރައީސް އަށް އޮޅުން ފިލުވައި ދީފިއްޔާ ދެން ހާސްވާނެ ކަމެއް ނެތް . ހުރިހާ ކަމެއް ތި ޙައްލުވީ .