ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދައްކަވާ ސިޔާސީ ވާހަފުޅުތަކުގެ ރާގު ކުއްލިއަކަށް ބަދަލުވެ، ސަރުކާރުން ކުރާ ހުރިހާކަމެއް އޭނާ އަށް ރަނގަޅު ވެއްޖެއެވެ.
ގާސިމަށް ސަރުކާރުގެ ހުރިހާ ކަމެއް ރަނގަޅުވެ، ސަރުކާރަށް ވަރަށް ބޮޑަށް މިރޭ ތައުރީފް ކުރައްވާފައި މިވަނީ މަޖިލިސް އިންތިޚާބަށް ފަހު ގާސިމް "ގެއްލިފައި" ހުރުމަށް ފަހު މިރޭ ޖޭޕީގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް މިރޭ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައި މިވަނީ 130 މިލިއަން ރުފިޔާގެ ބޮޑު ބަދަލެއް ގާސިމަށް ސަރުކާރުން ދީފައި ވަނިކޮށެވެ. އަދި ކުރިން އެއްބަސްވެފައި އޮތް ގިނަ އަދަދެއްގެ ފަޅުރަށްތައް ގާސިމާއި ސަރުކާރުން ހަވާލުކޮށްފައި ވަނިކޮށެވެ.
މަޖިލިސް އިންތިޚާބުގެ ކުރިން ގާސިމާއި، ސަރުކާރުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، "ދެންމެދެންމެ ގާސިމް ކޯލިޝަނުން ނިކުމެދާނެ" ހެން ވެސް ހީވިއެވެ. މައްސަލަ ގޯސްވީ ގާސިމް މަޖިލީހުގެ ރައީސް ކަމުގައި އިންނަވައިގެން ސަރުކާރުން ބޭނުންވި ބައެއް ބިލްތައް މަޖިލިސް ތެރެއިން ހުއްޓުވުމުންނެވެ. ގާސިމް އެބިލްތައް ހުއްޓުވީ ޖޭޕީ އާއި ޕީޕީއެމް މެންބަރުން މެދުވެރި ކުރައްވައިގެންނެވެ.
މިރޭ ގާސިމް ވިދާޅުވީ "ސަރުކާރު ސްލޯއެއް ނޫން" ކަމަށެވެ. މިއަދު ސަރުކާރުގެ މަސައްކަތް ލަސްވާވާހަކަ ދައްކާއިރު ކުރީގެ ސަރުކާރު ނިމުނު އިރު ރައްޔިތުންނަށް ލިބިފައި އޮތް ނާއިންސާފުގެ ކަންކަން ބަލަން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ސަރުކާރު ނިމުނުއިރު އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ މިލްކިއްޔާތުގައި ހުރި އެތައް ފައިސާއެއް ނެތް ކަމަށާއި، ޕެންޝަން ފަންޑްގައި ވެސް ސަރުކާރު ބަދަލުވި އިރު ފައިސާ ނެތް ކަމަށެވެ. އެކަންކަން ހައްލު ކުރުމަށް ފަހު ކުރިއަށް ދާން ރައީސް ޞާލިހް އިސްކަން ދެއްވުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމަށް ސަރުކާރުން ދިން ބަދަލު ސީދާ ފާހަގަ ނުކޮށް ނަމަވެސް ގާސިމް ވިދާޅުވީ "މަސައްކަތް ކުރި މީހުންނަށް ޙައްޤު އުޖޫރަ" ރައީސް ޞާލިހް މިހާރު ދެއްވަމުން ގެންދަވާ ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުން ކުރަމުން ގެންދާ މަސައްކަތައް ވެސް ގާސިމް ތައުރީފް ކުރެއްވިއެވެ.
ގަނެލީ ގަނެލީ ވިޔަފާރި ދޮންބެ ގަނެލީ.. އިބުރޭ ގަދަ އެނގޭ
ތިޔަދަނީ ދާންވީ ގޮތަން! ފަހުން ނަގާރާޅު ކުރިމަތީގައި އޮތީ؟ މަނިކުފާން އަން އަދި ދޭންޖެހޭ ބައި ބިލް ނުލަނީތަ؟ތައްޔާރުކޮށްފަލާ އަވަހަން؟
ތީކީ މުވަގުތަށް މުހިންމު މީހެއް ނޫން. ރިޔާސީ އިންތިޚާބު ކައިރި ވަންދެން ފެން ކައްކާ ބޮލި ބައިންދާ
ކުއްލިއަކަށް ގާސިމްގެ ރާގު ބަދަލުވެ، ސަރުކާރުގެ ހުރިހާކަމެއް ރަނގަޅު ވެއްޖެ
ނަޝީދާއި ޔާމީންގެ ސަރުކާރަށް ވުރެ ގިނަ ކަންކަން މިސަރުކާރުން ކޮށްފި – ގާސިމް
އިބިލީސް ބުންޏަސް ދެދެއްވާނީ ދެދަކަށް
ނަޝީދާއި ޔާމީންގެ ސަރުކާރަށް ވުރެ ގިނަ ކަންކަން މިސަރުކާރުން +++ ނުބައިކޮށް
ކުރިވާހަކަ އެބުނީ ދޯ؟
އަމިއްލަ ޖީބަށް ބަރުކުރުން މީނާގެ ކަމަކީ. ރައްޔިތުންގެ ފައިސާއިން.
ސަރުކާރުން ޤާސިމަށް ލާރިދީ، ޤާސިމް އަތުން ޓެކްސް ފައިސާއާއި ޖޫރިމަނާ ފައިސާ ނުނަގާނަމަ ސަރުކާރު ވަރަށް ރަނގަޅު ވާނެއެވެ. ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދައްކަން އަންގާނަމަ އެސަރުކާރެއް ޤާސިމަށް ކަމަކު ނުދާނެއެވެ.
އެސޮރަކީ ބިރުކުޑަ އަލީދޯ އެމަންޖެ ދެކެ ބިރުގަތީދޯ ހައް ހައްހާ
ސޭޓްގެ ރިސޯޓް ތަކުގައި %90 ބޭރުމީހުން މިހާރުތިބީ މަސައްކަތްކުރާން ސޭޓް ބޭނުންގޮތައް ކަންކަންނިމޭތީ ހުރިހާކަމެއްއޯކޭ.
ތިޔަ ކަހަލަ ދެފުއްކެހެރިން މިވަނީ މިޤައުމު ހަލާކުކޮށްލާފަ.
ބޮޑުމަހު ދުލި ދޮވެލީ!
އެއްވެސް ގޯހެއް ދެންނުފެންނާނެ!
އަމިއްލައެދުމުން ފޯވެފާ ހުންނަގޮލަޔެއްތީ
މުގުރިހަ އަބަދުވެސް މީރު ވާނެ
ޔާމީނަކީ މިޤައުމުގެ މީހުން މިހާރު ރަންނަ ބޑޭރި ކިލެގެ ކަމާ ނީޝާންޣާޒީ ގެ އިއްޒަތް ވެސް އަރުވަން ޖެހޭ ބޭފުޅެއް، ދިގުވާހަކަ ކުރުކޮއްލީ
އެންމެ ފުރަތަމަވެސް ޖަލަށްލާންޖެހެނީ މީނާ.
ސަރުކާރު ތެރެއިން ނުފޫޒާއި ބާރު ހޯދަން އަންނަނީ ގިނަގުނަ ރޭވުންތައް ރާވަމުން.. މިވަގުތު "ސިޔާސީ" ކޮންމެ މީހަކުވެސް ހުންނާނީ ސިޔަސީ ވެފަ.... ވީމާ، އަންނިއާއި ޞާލިޙުއާ ދެމީހުންގެ ފަޅިން ޤާސިމް އެ އެރީ ޞާލިޙުގެ ފަޅިއަށް.... ސިޔާސީ ވިސްނުމެއްގަ ކޮމެންޓް ކޮށްބަލަ.
ނުކުޅެދޭ މީހެއްގައިގަ ހުންނަންޖެހޭ ހުރިހާ ސިފައެއް ގާސިމް ކިބައިގައެބަހުރި ނުކުޅެދޭ މީހުންނަށް ސަރުކާރުންދޭ ހުރިހާ އިނާޔަތެއް ގާސިމަށް ހައްގުވާނެ
ޤާސިމަކީ " މުއްސަދި ފަގީރެއް ". ރަގަޅަށް ވިއްޔާ އެއުޅެނީ ސަރުކާރު ކިބައިން ބޮޑު ފޮށްޓަކަށް އެދެން.
އަނެއްކާ ބިމެއް ފަޅެއް ރަށެއްދޭން އެބަސްވީތާ ހިއްރުހޭވަރު ވީތާ
ކޮމެންޓްތައް ވަރަށް މަޖާ...
ލައޮރާ އަކީ ހަމަނުޖެހޭ މީހެއްކަން ހޮދު އަންހެނުން ނަހުލާވެސް ގަބޫލުކުރޭ
ދެފުއްކެހެރި
އެއީ ބުރުމާ. ދެއަތަށް އެނބުރޭނެ. ހައިރާން ވާނެ ކަމެއްް ނެތް. ޙަޤީޤަތުގައި ޤާސިމަކީ ސިޔާސީ ވިސްނުމުގެ ގޮތުން މާ ބުރަދަންހުރި މީހެއްް ނޫން. ފައިސާގެ ސަބަބުން ދިއްލިފައި ހުރި ހުޅުކޮޅެއް.
ގާސިމް ކަމެއްބޭނުންފުޅުވީހެން ހާދަހީވެޔޭ ކުރީގެ ދެސަރުކާރަށްވުރެ ގިނަކަންކަން މިސަރުކާރުންކުރެއްވިކަމަށް ގާސިމްވިދާޅުވެލައްވާއިރު އެކަންކަމަކީ ކޮބައިކަން ނިކަމެތިއަޅުގަނޑަށް މިއުޅެނީނުފެނިގެން ކަމެއްބޭނުންވެލެއްވިއަސް އަދި ބޭނުންވެލައްވާކަމެއް ހާސިލްކުރެއްވުނަސް ސަލާމަތްބުއްދިއަށް ގަބޫލްކުރެވޭ ވާހަކަފުޅެއްދައްކަވާ ޔާމީން ސަރުކާރުން ގައުމަށްގެންނެވި ކުރިއެރުމާތަރައްޤީއެއް މިސަރުކާރަށް ގެނެވިފައިނުވޭ ގަބޫލްކުރެވޭކަމެއްވޭ ޔާމީންސަރުކާރަށްވުރެ މިސަރުކާރުން ކަންކަން ނުބައިކޮށްކުރިކަމަށް ގަބޫލްކުރެވޭ ނަޝީދުސަރުކާރަކީ އަހަރެން ވޯޓްލާއުމަރަށްދިޔަފަހުން އައި އެންމެ ކަމުނުދާސަރުކާރު އެސަރުކާރުންކުރެވުނުވަރަށްވެސް މިސަރުކާރުން ކަންކަންކުރެވިފައިނުވޭ މިސަރުކާރުން ކުރައްވާ
ފައިވޭ ޔާމީންސަރުކާރުން ފައްޓަވާނިންމަވާފައިވާ ތަންތަންހުޅުވުމުގެ ވާފަށް ކަނޑުއްވާލެއްވުމާ
ބައެއްތަންތަނުގެ ނަންބޯޑުބަދަލުކުރެއްވުން މިތޯ ކުރެއްވިކަމަކީ އެކަންވާނެ.............
ގާސިމް ވިދާޅުވެލައްވާ ވާހަކަފުޅެއް ދެންތިބިރަށްޔިތުންނަށްވެސް ގަބޫލްކުރެވޭގޮތަށް ވިދާޅުވެލައްވާ
މިހެންދަންނަވާލަންޖެހުނީ ޔާމީން ސަރުކާރުން ގައުމުގެ ތަރައްޤީއަށް ކުރައްވާފައިވާ ކަންކަމުގެ
100 ބައިކުޅަ 1 ބައިވެސް މިސަރުކާރުން ކުރައްވާފައިނުވާތީ ނަޝީދުސަރުކާރާ ހަމައަށްވެސް މިސަރުކާރުން އާދެވިއްޖެތޯ މިއީ އުފެދޭ ސުވާލެެއް ގާސިމް ރަގަޅަށްވިސްނަވާ ފަހުންނަގާރާޅު ބޮޑުވާނެ
ބަޔަކު ޤާސިމު ބޯގަޅިކަމުގައިދެކެ، ރަޓުވަންއުޅުނަސް، ޤާސިމަކީ ފުރުސަތުގެބޭނުން ކުރަންދަންނަ، އެކަމަކު ވެރިކަމުގެ މޮޔައިގަޖެހުނީމަ ބޯގަޅިވާމީހެކެވެ. މިފަހަރު އިލޮށިގަނޑު ވަންނަތަން މިފެންނަނީ ފޭހުނުމީހުންގ ލޮލަށެވެ.ސި