ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މިރޭ ފުލުހުންގެ މައި މަރުކަޒަށް ހާޒިރުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް އޭނާ ފުލުހުންނަށް ދީފައިވާ ބަޔާން ޗެކްކޮށް، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ ވަކީލުންނާއި މަޝްވަރާކޮށްފިއެވެ.

އިތުބާރު ކުރެވޭ ފަރާތަކުން "ވަގުތު" އަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި ޕީޖީ ވަކީލުން އަދީބާއި ބައްދަލުކޮށް، މާދަމާ ކޯޓުގައި ހެކި ބަސް ދޭނެ ގޮތާއި ބެހޭ ގޮތުން ވާހަކަދައްކާފައިވެއެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުލިބެއެވެ.

މީގެ ކުރިން ވެސް ބައެއް މައްސަލަތަކުގައި ޕީޖީ ވަކީލުން ޝަރީޢަތުގެ ކުރިން ދައުލަތުގެ ހެކިވެރިންނާއި ބައްދަލު ކުރެއެވެ. ނަމަވެސް އެބައްދަލުވުން އާއްމުގޮތެއްގައި ބާއްވަނީ ޕީޖީ އޮފީހުގައެވެ. މިރޭ ޕީޖީގެ ވަކީލުން ފުލުހުންގެ އިދާރާގައި އަދީބާއި ބައްދަލު ކުރީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލާގައި އަދީބުގެ އިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިއަތު މާދަމާ ހެކި ބަސްދޭ ގޮތައް ވަނީ ހަމަޖެހިފައެވެ.

ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ތިން ވަނަ އަޑުއެހުން މާދަމާ ހެނދުނު 9:30 ގައި ބާއްވަން ވަނީ ތާވަލުކޮށްފައެވެ. އާންމުކޮށް ހުޅުވާލައިގެން ޓީވީތަކުން ލައިވްކޮށްގެން ކުރިއަށް ގެންދާ ޝަރީއަތުގެ މާދަމާގެ އަޑުއެހުމުގައި އޭސީސީގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކި ބަސް ނެގުންވެސް ކުރިއަށްދާނެއެވެ.

ޔާމީންއާ ދެކޮޅަށް އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ނަން ވެސް ހެއްކެއްގެ ގޮތުގައި ހުށަހެޅި ނަމަވެސް އޭނާ މިއަދު ވަނީ ހެކިބަސް ނުދޭނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޓިނު އައްދުރޭ

    އަދީބާ ޕީޖީގެވަކީލުން ބައްދަލުކުރުން އެއީ މައްސަލައެއްނޫން. އަދީބަކީ ދައުލަތުގެ ފަރާތުން ރައީސް ޔާމީނާދެކޮޅަށް ހުށައަޅާ ހެހިވެރިޔެއް. ޖިނާއީ އިޖުރާތުގެ ގާނޫނުން އެ ފުރުސަތު ޕީޖީ ގެވަކީލުންނަށްލިބިދޭ.

    2
    14
    • މައުސޫމާ

      ކަލޭމެން ޔާމީނަށް ކޮންމެގޮތެއް ހެދިޔަސް ﷲ ތައާލަގެ ރޭއްވެވުން މާމޮޅުވާނެ. ވެރިކަމުގަ ތިބެވޭނީ އެކަލާންގެ ކަނޑައަޅުއްވައިފައިވާ ވަގުތު ހަަމަވަންދެން. ހަމަ ވަގުތު ހަމަވުމުން ވެއްޓޭނެ ކިތައްމެ ވަރަކަށް ޕީޖީ ވަކީލުން މަސައްކަތްކުރިޔަސް. ކިތައްމެ ނުރުހުނަސް ތިކަމުގެ ޒިންމާ ނަގަންޖެހޭ ދުވަހެއް އެބަ އާދޭ. މަރުވާނެކަން ހަނދާކޮއްލުން ވަރަށް މުހިއްމު.

      8
      1
  2. އަހުމަދު

    ބަލަ މަހުލޫފފު މެންގެ މައްޗަށް ހަމަ ތިކަމުގެ ބެލިކަންތަކުގައި އަދީބުގެ ހެކިބަސް ނުނެގީ ކީއްވެ . އިންސާފުޤާއިމުކުރަން އައި ބައިގަނޑުގެ ހުރި ހަރާންކޯރުކަމާއެ.

    50
    1
  3. Anonymous

    މިމީހުން ހީވަނީ މަރައް ތެޅިފޮޅެނީހެން، ބައެއް މީހުންނަށް ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގޭހިސާބައް ކަންތައް ގޮއްސި،

    47
  4. ސޯކާބެ

    މީސްތަކުންނޭވެ! ހިސާބު ބެއްލެވުމުގެ މައިދާނުގައި ﷲ ވޮޑިގެންވީ ނަމަވެސް ނަރަކައަށް ދާން ޖެހޭ އެއްވެސް މީހަކަށް ﷲ ތަޢާލާއެއް ނުފެންނާނެއެވެ. އެމީހުން ރޮއި އާދޭސް ދަންނަވަމުން ގެންދެވި ނަމަވެސް އެ އިން އެއްވެސް އަޑެއް ﷲ ތަޢާލާ އައްސަވައިވޮޑިއެއް ނުގަންނަވާނެތެވެ. އެމީހުންނަށް އެއްވެސް ޖަވާބެއް ވެސް ނުދެއްވަވާނެތެވެ.

    19
  5. ސައްދާމް

    ރައީސް ޔާމިންގެ މައްޗަށް އެއްވެސް އެއްޗެއް ސާބިތުނުވާނެތީވެ ބުރޯހައްދައިގެން އެކަލޭގެ ފިލުވާނެ މަގެއްހޯދަނީ.

    18
  6. ލޮލް

    މިއީ ދައުލަތުން ހެއްކަށް ނުފޫޒު ފޯރުވުމެއް ނޫންބާ؟ އެހެން މީހުން ނުފޫޒު ފޯރުވާ ގޮތަށް ދައުލަތުންވެސް ހަމަ ނުފޫޒު ފޯރުވާ ފާނެ

    19
  7. ދިވެހިން

    ހެއްކަށް ނުފޫޒު ފޯރުވުމަކަށް ނުވޭބާ. ވަކިގޮތަކަށް ހެކިބަސްދޭން އެދުމަކީ އެ ހެކިބަހެއް ބަލާނުގަނެވޭނެ ކަމެއް.

    16
  8. ސަންދާނު މޯޔަމީހާ

    އަދީބުކީ ރައީސްޔާމީނުގެ ޖާނީދުސްމަނެއް އަދީބުގެ މައްޗައް ތުހުމަތު އެބަކުރެވޭ ރިލްވާނު ގެއްލުވުމުގެ އެކަހަލަ ބޮޑުހާއިނަކު ދޭހެކިބަހެއް ރައްޔަތުން ގަބޫލެއްނުކުރާނެ ނުވެސްކުރެވޭނެ ބަޔަކު ބަޔަކައް ހީވާކަހަލަ ރައީސްޔާމީނުގެ ފަހައްޕުޅުގަ ބަޔަކުނެތްކަމައް ދުވަސްވާވަރަކައް ރައީސްޔާމީނުގެ ސަޕޯޓަރުން އިތުރުވަނީ ސަރުކާރު ހިންގަންތިޔައުޅޭ ނާގާބިލު ގުޜޫޕު ބޭޒާރުވެ ބޭކަރާރުވަނީ

    24
    1