މާލޭ މަސްވެރިންގެ ޕާކުގައި ކުރޫޒް ޓާމިނަލް ބިލްޑިންގ އެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އެމްޑަބްލިއުއެސްސީ އިން ކުރި އިއުލާން ބާތިލްކޮށް އެސަރަހައްދުގައި ރެސްޓް ރޫމެއް (ފާހާނާ ބަރިއެއް) އިމާރާތް ކުރަން އިއުލާން ކޮށްފިއެވެ.

ކްރޫޒް ޓާމިނަލެއް އަޅަން ކުރި އިއުލާން ބާތިލް ކުރި ސަބަބެއް އެމްޑަބްލިއުއެސްސީ އިން ނުބުނެއެވެ. އެމްޑަބްލިއުއެސްސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭ މަސްވެރިންގެ ޕާކުގައި ރެސްޓް ރޫމެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކުރާކަމަށާއި މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

ކްރޫޒް ޓާމިނަލެއް މާލޭގައި އެޅުމަށް އެމްޑަބްލިއުއެސްސީ އިން އިއުލާން ކުރިއިރު ހުޅުމާލޭގައި ކްރޫޒް ޓާމިނަލެއް އެޅުމަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމާއި ހަމައިން ޕްލޭން ކޮށްފައި އޮތް ކަމެކެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަސައްކަތް ހުޅުމާލޭގައި ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވެސް ވިއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ރެސްޓް ރޫމެއް އެޅުމުގެ ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަނިކަމަށެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 500.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 22 އޮގަސްޓް 2019 އިން 26 އޮގަސްޓް 2019 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 03:00 އަށް އެމްޑަބްލިއުއެސްސީގައެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 28 އޮގަސްޓް ގައެވެ.

ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 01 ސެޕްޓެމްބަރ ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 05 ސެޕްޓެމްބަރ 2019 ވާ ދުވަހެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު -/10،000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މީގޮތެއްނޫންތޯ

    ކްރޫޒް ޓާމިނަލެއް ގޮތަށް ބޭނުން ކުރެވޭ ގޮތަށް ފައިސާ ދީގެން ބޭނުން ކުރާ ގޮތަށް ފާހާނާ ބަރިއެއް ވެސް ހެދި ދާނެއެއްނު. ރިސޯޓު ތަކުން މީހުން އައިސް ގޮސްވާ ފެރީތަކާއި، ރާއްޖޭ ގެ ރަށްރަށަށް ދަތުރު ކުރާ ލޯންޗު ފެރީތަކަށްވެސް ބޭނުން ކުރެވޭ ގޮތަށް ހެދިދާނެ އެއްނު. މިހާރު އެއުޅެންޖެހެނީ މީހުންތައް ވާރޭއާއި އަވީގައި، މަޑުކޮށްލައިގެން ހުންނާގެ ޖާގައެއްވެސް ނޯވޭ. މަގު ބްލޮކް ވާގޮތް ވޭ ބޭންކު ކައި.

    9
    7
  2. މީގޮތެއްނޫންތޯ

    މަލްޓި ޕާރޕަސްކޮށް އެތަން ހެދިދާނެ އެއްނު، ކްރޫޒް ޓާމިނަލެއް ހަދަންވީ، ރަށްރަށް އޮންނަ ލޯންޗު ފެރީ ތަކާއި ރިސޯޓުތަކުގެ ފެރީ ދަތުރުތަކަށްވެސް ބޭނުންކުރެވޭ ގޮތަށް. މިހާރު އެއުޅެންޖެހެނީ އިށީންނާނެ ޖާގައެއް ނެތި. ޓްރެފިކް ބްލޮކްވެ، އައްވާއި ވާރޭގައި. އެއީ ހައްލެއް ހޯދައިދޭންޖެހޭ ކަމެއް. ރަށްރަށަށް ފުރަން އައިސްތިބޭ ކުޑަކުދިންނާއި މާބަނޑުމީހުންނާއި މުސްކުޅިންވެސް.

    11
    1
  3. ގުއިދައިތަ

    ހައްހައްހައްހާ..!! މިއީ މިސަރުކާރުގެ ފެންވަރަކީ.! ފާޚާނާ ބަރިއެއް އަޅާފަވެސް، މިސަރުކާރުގައި ހުންނާނީ ކްރޫޒް ޓަރމިނަލެއް އަޅާފައޭ މިމީހުން ބުނެފާނެ. އަނެއްކާ ވަށައިގެން އެނބުރޭ ރީނދޫ ބައިގަޑަށް އެފާޚާނާ ފެންނާނީ ވެސް ކްރޫޒް ޓަރމިނަލެއްގެ ސިފައިގަ.
    ނޫނޭ އަސްލު ވަރަށް ރަގަޅުކަމެއް. ތީ ވަރަށް ބޭނުން ކަމެއް. ކްރޫޒް ޝިޕް ތަކުގަ ރާއްޖެ އަންނަ ފަތުރުވެރިން މާލެ ފައިބާ އުޅޭ އިރު ފާޚާނާ ކޮށްލަން ޖެހުނަސް އުޅެނީ ވަރަށް ހާލުގަ. ކްރޫޒް ޓަރމިނަލެކޭ ކިޔާފަ ފާޚާނާ ބަރިއެއް މިސަރުކާރަށް އެޅުނަސް ތީ ލައްކަ ބޮޑުވަރު. ޤާބިލްކަމެއް ނެތް ބަޔަކަށް ތީ ލައްކަ ބޮޑުވަރު.

    24
  4. އާބިދާ

    22 އޮގަސްޓުން 26 އޮގަސްޓަށް. ދޭތެރެއަށް މިއަންނަނީ ބަންދު ދުވަސް. ކިހާ ފައްކާ

    13
    1
  5. މިގޭ

    ޕަކާސް،،،،،،،،،،،،،،،،،،،،،،،،،

  6. އަޒާ

    އެއީ ކުރޫޒް ފާޚާނާ ބަރިއެއް. އެއީ އިބްރާހިމް މުހައްމަދު ސުލޯހް ގެ ސަރުކާރުގެ ވަޢުދެއް.

    11
  7. ޢަދުރޭ

    ޖަޒީރާ ފިލްމު މިއޮއް ނިމޭ ގޮތެއް ދޯ ؟ ފިލްމު ޑައިރެކްޓަރ އަމްޖޭ ވެސް ހިންދީ ފިލްމު ޝޯލޭގެ ކޮޕީ އެއް ޖަޒީރާ ގޮތަށް ހަދަން އުޅުނު . ރާއްޖޭގައި ރޭލު ނެތީމާ ރޭލުގައި ކުޅެންޖެހޭ ބައި ބައިސްކަލް އަކަށް ބަދަލު ކުރީ .ޔާމީނު ސަރުކާރުން ހަދަން ފެށި ފްލެޓް ތައް ޖަޒީރާ ސަރުކާރުން ނިންމާރު ރައްޔިތުން ތިބޭނީ ފްލެޓްވެފަ ހެން ހީވަނީ މިދާވަރުން ދަންޏާ