މިސަރުކާރު ނޭވާ ހޮޅިއަށް ނޭޅި މިއޮންނަނީ ގާސިމް އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އެކު ހުންނަވާތީ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ، މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވުރެ މިސަރުކާރުން ގިނަ ކަންތައްތައް ކޮށްފި ކަމަށް ގާސިމް ވިދާޅުވި ޚަބަރު ޓްވީޓް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ "މިސަރުކާރު ނޭވާ ހޮޅިއަށް ނޭޅި މިއޮންނަނީ ގާސިމް އިބްރާހިމް، އިބްރާހިމް މުހައްމަދު ޞާލިހާއި އެކު ހުންނަވާތީ" ކަމަށެވެ.

ކުރީގެ ރައީސް ނަޝީދާއި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހިނގި މުއްދަތާއި ރައީސް ޞާލިހްގެ ވެރިކަމުގައި ހިނގި މުއްދަތައް ބަލާއިރު ކުރީ ދެސަރުކާރަށް ވުރެ ގިނަ މަސައްކަތްތައް މިސަރުކާރުން ކޮށްފިކަމަށް ގާސިމް ވަނީ ރޭ ވިދާޅުވެފައެވެ.

ރޭ އޮތް ޖޭޕީގެ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ނަޝީދުގެ ސަރުކާރުގައި ގިނަ މަސައްކަތްތައް ފެށުނީ ދޮޅު އަހަރު ފަހުން ކަމަށާއި ޔާމީންގެ ސަރުކާރުގައި ގިނަ ކަންކަން ފެށުނީ ދެއަހަރު ފަހުން ކަމަށެވެ. ނަމަވެސް އެދެސަރުކާރަށް ވުރެ ގިނަ ކަންކަން މިސަރުކާރުން ކޮށްފި ކަމަށެވެ.

"މާގިނަ ކަންކަން ކޮށްދީފި. މާގިނަ މީހުންގެ ޙައްޤުތައް ދީފި. ޕްލޭންކުރެވިގެން ސިސްޓަމެއް ރޭވިގެން ސަސްޓޭނަބަލް ޑިވެލޮޕްމަންޓެއް މިގެންނަނީ." ގާސިމް ވިދާޅުވިއެވެ.

މިސަރުކާރުން މާގިނަ ކަންކަން ކޮށްދީފި ކަމަށް ގާސިމް ވިދާޅުވުމުން ގިނަ ބަޔަކު އަންނަނީ ގާސިމް މީސް މީޑިއާގައި ފާޑުކިޔަމުންނެވެ. އަދި މިސަރުކާރުން ކޮށްދިން ކަންތައްތަކުގެ ތަފްސީލް ދިނުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިބްރާ

    ސަރުކާރުން ކޮށްފައިވާ ގިނަ ކަންތައްތަކުގެ ކުރިޔަށް ލާންޖެހެނީ ތަފާތު ކޮމިޝަން ހެދުމާއި ، ތާކުންތާކުނުޖެހޭ ޝަރީޢަތެއް ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ހިންގުމާއި ، ކޯޓްތަށް މެދުވެރިކޮށް ޕާޓީއަށް ނިސްބަތްވާ އެކިއެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ބެހުމެވެ. މީގައި ގާސިމް ނުހިމެނޭތޯއެވެ؟

    11
  2. މަންނަނު މިޔާ

    އޭނަ ހުރީ އޮކްސިޖަން ޖައްސާއިގެން ކަން މީނަ އަށް އެނގުނީތަ؟

  3. އަބްދުﷲ

    މި ގައުމުގައި އެންމެ ނުބައި ހެދި އަދި ހަދަމުން އަންނަ މީހަކީ ނަޝީދު (ގަންޖާ). މި ވަބާއިން ސަލާމަތް ވުމަށް މުޅިގައުމު އެއްގަލަކަށް އަރަމާ!

  4. ޢާބިދާ / އިނގުރައިދޫ ގުލްހަޒާރުގެ

    އާދަމް ޝަރީފު ހަމަ ހޭ ގައިތޯ؟

    1
    5
  5. ނަސްރު

    މިސަރުކާރުން ްާސިމަށް 15 މިލިއަން ޑޮލަރުވސް ދީފި. ކިހާއޯގަތެރިތޯ؟