16:29

ސެޕްޓެމްބަރ މަހުގެ 03 ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވާނެ ކަން އިއުލާން ކުރުމަށް ފަހު މިއަދުގެ އަޑުއެހުން ނިންމާލައިފި.

16:28

ޒިޔަތުގެ ހެކިބަސް ނެގުން ނިމިއްޖެ.

16:27

ޕީޖީ ވަކީލް އައިޝަތު މުހައްމަދު: އެސްއޯއެފް އާއި އެކު އެއްބަސްވުމުގައި ސޮއި ކުރީ އެއްވެސް ފަރާތެއްގެ ލަފައަކަށްތޯ؟

ޒިޔަތު: ޓްއަރިޒަމް މިނިސްޓަރ

16:13

ޔާމީން: އެމްއެމްޕީއާރްސީ އިން މިހައި ބޮޑު ގޯސް ހަދަމުން ދިޔައިރު އިސްތިއުފާ ދޭން ޖެހޭ ކަމަށް ގަބޫލު ކުރަންތޯ؟

ޒިޔަތު: ނޫން ނުކުރަން.

ޔާމީން: ގަބޫލު ކުރަންތޯ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޒިޔަތު ޤާނޫނާއި ހިލާފު ކަންތައްތައް ކުރިކަމަށް؟

ޒިޔަތު: އާދެ ކުރަން. އެހެންވެގެން ނޫންތޯ ޙުކުމުގައި މިހިރީ.

ޔާމީން: ތިވިދާޅުވާނީ ޤާނޫނާއި ހިލާފަށް ކަންތައްތައް ކުރިކަމަށްތޯ؟

ޒިޔަތު: އާދެ.

16:01

ޔާމީން: ވިދާޅުވެއްޖެ ރަށްރަށުން ލިބޭ އިކްއިޒަން ކޯސްޓް ޔާމީނަށް އަންގަވާ ކަމަށް. ކިހިނެއްތޯ އެންގީ؟

ޒިޔަތު: އަދީބު އެހެން ވިދާޅުވީ.

15:55

ޔާމީން: އަޅުގަނޑާއި ޒިޔަތަކީ ފޯނުން ބައްދަލުވި މީހެއް ނޫން. އަޅުގަނޑާއި ޒިޔަތު ބައްދަލުވީ އެންމެ ފަހަރަކު. އެއީ ފުލުހުންގެ ތަޙްޤީޤެއްގައި ހަނު ހުރުމުން (ފިނިފެންމާ ގޮއްވާލި ދުވަސްވަރު) ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި.

15:51

ޔާމީން: އެމްއެމްޕީއާރްސީގެ ބަޖެޓެއް ފާސްކުރޭތޯ؟

ޒިޔަތު: އާދެ. ފާސްކުރޭ.

15:51

ޔާމީން: އެމްއެމްޕީއާރްސީ އިން ވަކިވަކިވަރަކަށް ރަށްތަކާއި ފަޅުތައް ދޫކުރަނީ ބޯޑުންތޯ؟ ނުވަތަ އެމްޑީތޯ؟

ޒިޔަތު: ޓްއަރިޒަމް މިނިސްޓަރ އަންގަނީ.

15:48

ޔާމީންގެ ވަކީލް އާދަމް އާސިފް: 14 ޖަނަވަރީ 2016 ގައި ދިން ބަޔާނުގައި އެބައޮތް އެއްމިލިއަން ޑޮލަރާއި ހަވާލުވުމަށްފަހު ޗެކާއި ހަވާލުވެ އެޗެކް އަދީބާއި ހަވާލު ކުރިކަމަށް. ނަމަވެސް ދެންމެ ވިދާޅުވީ އެޗެކް ހަވާލުކުރީ އެސްއޯއެފްގެ ބޭފުޅަކާއި ކަމަށް.

ޒިޔަތު: އެއީ އޭރު ހަނދާނުގައި ހުރި ގޮތް.

15:45

ޔާމީންގެ ވަކީލް އާދަމް އާސިފް: މިއަޑުއެހުމުގެ ކުރިން ޕީޖީ އާއި ފުލުހުންނާއި ބައްދަލުކުރިންތޯ؟

ޒިޔަތު: އިއްޔެ ފުލުހުންގެ އިދާރާއަށް ހާޒިރުވެ ބަޔާން ކިޔާލިން.

15:41

ޔާމީންގެ ވަކީލް އާދަމް އާސިފް: އެމްއެމްޕީއާރްސީ ހިޔާނާތުގެ 30 މައްސަލައެއް ނުނިމި އެބައޮތްތޯ؟

ޒިޔަތު: އާދެ އޮވެދާނެ.

15:39

ޔާމީންގެ ވަކީލް އާދަމް އާސިފް: އެމްއެމްޕީއާރްސީ އާއި އެސްއޯއޭފް އިން ސައްހަ މުއާމަލާތްތަކެއް ކުރުމުގެ ފުރުސަތު އެބައޮތްތޯ؟

ޒިޔަތު: އާދެ އެބައޮތް.

15:38

ޔާމީންގެ ވަކީލް އާދަމް އާސިފް: އެމްއެމްޕީއާރްސީ އާއި އެސްއޯއޭފް އާއި އެކު އެއްވެސް ވިޔަފާރީގެ އެއްބަސްވުމެއް އޮންނާނެތޯ؟

ޒިޔަތު: އެއްބަސްވުމެއް އޮންނާނެ.

ޔާމީންގެ ވަކީލް އާދަމް އާސިފް: އެންމެ އެއްބަސްވުމެއްތޯ؟

ޒިޔަތު: އެއް އެއްބަސްވުމަށް ވުރެ ގިނަ ވާނެ.

15:36

ޔާމީންގެ ވަކީލް އާދަމް އާސިފް: ޔާމީނާއި ދެކޮޅަށް ބަޔާން ދެއްވުމުގެ އެއް ދުވަސް ކުރިން ގޭބަންދަށް ބަދަލުކޮށްފައި ވަނީ. ޔާމީނާއި ދެކޮޅަށް ބަޔާން ދެއްވުމުގެ ކިތައް ދުވަސް ކުރިން ޒިޔަތު ގެއަށް ބަދަލުކުރީ؟

ޒިޔަތު: ދެތިން ދުވަސް.

ޔާމީންގެ ވަކީލް އާދަމް އާސިފް: ދެތިން ދުވަސްތޯ އެއް ދުވަސްތޯ؟

ޒިޔަތު: ހަނދާންވާ ގޮތުގައި ދެތިން ދުވަސް.

15:34

ޔާމީންގެ ވަކީލް އާދަމް އާސިފް: ގޭބަންދަށް ބަދަލުކޮށްފައި ވަނީ ކޯޓު އަމުރެއް ނެތި ސަރުކާރުންތޯ؟

ޒިޔަތު: ހޯމް މިނިސްޓްރީން ބަދަލުކޮށްދިނީ.

15:33

ޔާމީންގެ ވަކީލް އާދަމް އާސިފް: ޖަލު ޙުކުމް ތަންފީޒު ކުރަމުން ތިގެންދަނީ ކޮންތާކުތޯ؟

ޒިޔަތު: ގޭގައި މިހުންނަނީ.

15:32

ޔާމީންގެ ވަކީލް އާދަމް އާސިފް: 423 އަހަރުގެ ޖަލު ޙުކުމެއް އަންނަން އޮތް މައްސަލައެއް ފަހުން 25 އަހަރަށް ބަދަލުވި ނަމަވެސް ފަސް މިލިއަން ޑޮލަރުގެ މައްސަލައިގައި ޒިޔަތު ވަނީ އަދީބުގެ ބައިވެރިވުން އޮތް ކަމަށް ބުނެފައި. އެމައްސަލައިގެ ހުކުމުގައިތޯ؟

ޒިޔަތު: އާދެ އެޙުކުމުގައ މިހިރީ.

15:29

ޕީޖީ ވަކީލް އައިޝަތު މުހައްމަދު: ޒިޔަތު އޭސީސީ އަށް ބަޔާން ދީފައި ވަނީ ތުހުމަތު ކުރެވޭ މީހެއްގެ ހައިސިއްޔަތުން. އެހެންވީމަ ފުލުހުންނަށް ބަޔާން ދީފައި ވަނީ އެހެން ހައިސިއްޔަތަކުން.

15:19

ޔާމީންގެ ވަކީލް އާދަމް އާސިފް: އެމްއެމްޕީއާރްސީ އަށް ލިބުނު ފައިސާގެ ޗެކްތަކާއި ހަވާލުވިންތޯ؟

ޒިޔަތު: އާދެ ހަވާލުވިން.

15:18

ޔާމީންގެ ވަކީލް އާދަމް އާސިފް: އެމްއެމްޕީއާރްސީ އަށް ލިބޭ ފައިސާ އާއިމެދު އަމަލު ކުރަނީ ކިހިނެއްތޯ؟

ޒިޔަތު އަށް އެސުވާލަށް ޖަވާބެއް ނުދެވުނު.

15:15

ޔާމީންގެ ވަކީލް އާދަމް އާސިފް: ޔާމީނާއި މުއާމަލާތް ކުރީ މެސެޖުން ކަމަށް ވިދާޅުވިއިރު މެސެޖްތައް ހުންނާނެތޯ؟ ތަޙްޤީޤަށް މެސެޖްތައް ހޯއްދެވިތޯ؟

ޒިޔަތު: މެސެޖެއް ނޯންނާނެ. މިމައްސަލައިގެ ތަޙްޤީޤަކަށް ހުށަހެއް ނާޅަން.

15:14

ޔާމީންގެ ވަކީލް އާދަމް އާސިފް: ޒިޔަތު ތަބާވާން ޖެހޭނީ ކުންފުނީގެ އަސާސީ ޤަވައިދާއި ކުންފުންޏާއި ބެހޭ ޤާނޫނުގެ ދަށުންތޯ؟

ޒިޔަތު: އާދެ. ނަމަވެސް ރައީސް ދެއްވާ ލަފައާއި އެއްގޮތައް އަމަލު ކުރަން.

15:11

ޔާމީންގެ ވަކީލް އާދަމް އާސިފް: މިމައްސަލައިގައި ފުލުހުންނަށް ބަޔާން ދިނީ 2018 ނޮވެމްބަރ 17 ގެ ފަހުންތޯ؟

ޒިޔަތު: އާދެ. އޭގެ ފަހުން.

15:10

ޔާމީންގެ ވަކީލް އާދަމް އާސިފް: އެމްއެމްޕީއާރްސީގެ ޗެކްތަކުގައި ސޮއި ކުރުމުގެ ބާރު ޒިޔަތައް އޮވޭތޯ؟

ޒިޔަތު: އާދެ އޮވޭ.

15:08

ޕީޖީގެ ވަކީލް އަހްމަދު އައިމަން އަލީ: ވޮޑެމުލާ އިން ލިބުނު ފައިސާ ހަވާލުކުރީ ކާކުތޯ؟

ޒިޔަތު: އެފައިސާ އަދީބާއި ހަވާލުކުރިން. ނަމަވެސް އޭރު އަދީބު ރާއްޖޭގައި ނެތުމުން ފައިސާ ހަވާލު ކުރީ އެސްއޯއެފްގެ ފަރާތަކާއި.

15:07

ޕީޖީގެ ވަކީލް އަހްމަދު އައިމަން އަލީ: ވޮޑެމުލާ ކުއްޔަށް ދިން ފައިސާ އާއި ބެހޭ ގޮތުން ޔާމީން އެއްވެސް މުއާމަލާތެއް ކުރިތޯ؟

ޒިޔަތު: އާދެ. ކުރި. ފައިސާތައް އަދީބާއި ހަވާލުކުރަން އަންގާފައިވޭ. އެގޮތައް އަމަލު ކުރިން.

15:06

ޕީޖީގެ ވަކީލް އަހްމަދު އައިމަން އަލީ: އެމްއެމްޕީއާރްސީ ފައިސާ އާއި ބެހޭ ޔާމީން މުއާމަލާތް ކުރިތޯ؟

ޒިޔަތު: މެސެޖް މެދުވެރިކޮށް މުއާމަލާތްކޮށްފައިވޭ.

15:05

ޕީޖީގެ ވަކީލް އަހްމަދު އައިމަން އަލީ: އެމްއެމްޕީއާރްސީ އެމްޑީގެ މަގާމުގައި ޒިންމާއަކީ ކޮބައިތޯ؟

ޒިޔަތު: އަޅުގަނޑު ހަވާލުވިއިރު ޕްރޮމޯޝަން ކަންތައްތައް. 2014 ވަނަ އަހަރުން ފެށިގެން އިއުލާން ނުކޮށް ރަށްތައް ދިނުމަށް ހުއްދަ ލިބުނު.

15:01

ޒިޔަތުގެ ހެކިބަސް ނަގަން ޝަރީޢަތުގެ އަޑުއެހުން ފަށައިފި.

14:46

ޔާމީން ޝަރީޢަތް ކުރިއަށްދާ މާލަމަށް ވަޑައިގެންފި.

14:43

ޕީޖީގެ ވަކީލުން ވެސް ޝަރީޢަތް ކުރިއަށްދާ މާލަމަށް ވަޑައިގެންފި.

14:38

ޔާމީންގެ ވަކީލުން ޝަރީޢަތް ކުރިއަށްދާ މާލަމަށް ވަޑައިގެންފި.

14:31

ޔާމީން އާއި ދެކޮޅަށް އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމުގެ އަޑުއެހުން 14:30 ގައި ކްރިމިނަލް ކޯޓުގައި ފަށަން ތާވަލް ކޮށްފައި ވީނަމަވެސް އަދި ޝަރީއަތް ފަށާފައެއް ނުވޭ.

12:33

ޔާމީންގެ ދެ ވަކީލަކު މިއަދު ސުޕްރީމް ކޯޓުގައި 13:15 ގައި އޮންނަ އަޑުއެހުމަކަށް ހާޒިރުވާން ޖެހޭތީ މިއަދު 14:30 އަށް ޔާމީންގެ މައްސަލައިގައި އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުން ތާވަލް ކުރުމަށް ފަހު އަޑުއެހުން މެދުކަނޑާލައިފި.

12:30

ދައުލަތުން ކުރާނެ އިތުރު ސުވާލެއް ނެތުމުން އަދީބުގެ ހެކިބަސް ނެގުން ނިންމާލައިފި.

12:24

ޔާމީން: ބަޔާނުގައި އެއްމިލިއަން ޑޮލަރުގެ ވާހަކަނޭނގޭ ކަމަށް އެބެއް. އެއީ ތެދެއްތޯ؟

އަދީބު: އަޅުގަނޑާއި ސުވާލުކުރީ އެސްއޯއެފް އަށް ކެމްޕޭން ފައިސާ ޖަމާކުރިތޯ.

12:21

ޔާމީން: ޔާމީން އެންގެވުމުން ޤާނޫނާއި ހިލާފު އަމަލު ކުރިކަމަށް އިއުތިރާފުތޯ ތިވަނީ؟

އަދީބު: އާދެ. އެކަން ކުރިން.

12:19

އަދީބު: ބޮޑުމުއްލާ މައްސަލައިގައި ވެސް ޔާމީން ގުޅުއްވި. ބޮޑުމުއްލާ އެއްބަސްވުމުގައި ސޮއި ކުރަން ވެސް ގުޅުއްވި. ތަޙްޤީޤުގައި ސުވާލު ކުރީ އެސްއޯއެފްގެ ފައިސާ އަކީ ކެމްޕޭން ފައިސާތޯ. އަޅުގަނޑު ދަންނަވާފައި ވަނީ ކެމްޕޭން ފައިސާ އެސްއޯއެފް އިން ޖަމާނުކުރާ ކަމަށް.

12:15

ޔާމީން: ޤާނޫނާއި ހިލާފު ކަމެއް ކޮށްފައި ވާނެތޯ؟

އަދީބު: ސްޕެސިފިކް ކޮށް ވިދާޅުނުވާނަމަ ތިއަށް އެއްޗެއް ބުނާކަށް ނޭނގޭ.

12:14

ޔާމީން: ދެންމެ ވިދާޅުވެއްޖެ އަނިޔާވެރި ސަރުކާރެއް ކަމަށް. އެއަނިޔާވެރިކަމުގެ ސަބަބުން ހިތުގައި އެއްވެސް ކަމެއް އެބައޮތްތޯ؟

އަދީބު: އަޅުގަނޑަކަށް ނޭނގޭ އަނިޔާކުރި މީހުންނެއް. އަޅުގަނޑު ޔާމީނަށް ހިތުގެ އަޑިން މަޢާފްކޮށްފިން

12:11

ޔާމީން އަދީބާއި ސުވާލުކުރައްވަން ފައްޓަވައިފި.

12:10

ޔާމީންގެ ވަކީލް އަލީ ޝާހް: އެމްއެމްޕީއާރްސީގެ ފައިސާއެއް ހިޔާނާތްތެރިވިކަމަށް އެއްބަސްވިންތޯ؟

އަދީބު: ނޫން އެއްބަސްވެފައެއް ނޯންނާނެ.

12:09

ޔާމީންގެ ވަކީލް އަލީ ޝާހް: އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވާނެތޯ؟

އަދީބު: އާދެ ސޮއި ކޮށްފައިވާނެ. އެއްބަސްވުމުގައި ޔާމީނާއި ދެކޮޅަށް ހެކިބަސް ދިނުމުގެ ވާހަކައެއް ނޯންނާނެ.

12:08

އަދީބު: ބައިނަލްއަޤުވާމީ ވަކީލުންގެ ނަމުގައި ނެރުނު ބަަޔާނަކީ އަޅުގަނޑުގެ ބަހެއް ނޫން. އެކަން ވާނީ އަޅުގަނޑު ރާއްޖެ އައިސް ހުއްޓުވާފައި.

12:06

ޔާމީންގެ ވަކީލް އަލީ ޝާހް: އެއްވެސް ނުފޫޒެއް އެބައޮތްތޯ މަނިކުފާނުގެ މައްޗަށް؟

އަދީބު: ނެތް. އަޅުގަނޑު މިވާހަކަ މިދައްކަނީ ނުފޫޒެއް ނެތި. މިތަނުގައި ދައްކާ ވާހަކައިގެ ސަބަބުން އަޅުގަނޑު އިތުރު ޙުކުމްތަކެއް އައި ނަމަވެސް މިއީ ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ.

12:03

ޔާމީންގެ ވަކީލް އަލީ ޝާހް: ޙުކުމްތައް ބާތިލް ކުރި ފަހުން 19 ނެގޯސިއޭޝަނެއް ކުރިއަށް ދިޔަތޯ؟

އަދީބު: އަޅުގަނޑު މިދަނީ ދައުލަތައް އެއްބާރުލުން ދެމުން.

12:01

ޔާމީންގެ ވަކީލް އަލީ ޝާހް: ކެމްޕޭން ފައިސާ ބަހައްޓަނީ މަނިކުފާނުގެ އަތްޕުޅުގައިތޯ؟

އަދީބު: ޕީޕީއެމްގެ ބޭންކް އެކައުންޓްގައި ވެސް ހުންނާނެ. ކެމްޕޭންތަކަށް ކުރިމަތިލައިގެން އުޅޭ ބޭފުޅުންގެ އަތްޕުޅަށް ވެސް ފައިސާ ދީފައި ހުންނާނެ.

11:59

ޔާމީންގެ ވަކީލް އަލީ ޝާހް: އެމްއެމްޕީއާރްސީ އަށް އޮންނަ ޤާނޫނީ ހައިސިއްޔަތަކީ ކޮބައިތޯ؟

އަދީބު: ޤާނޫނީ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ.

11:58

11:52

11:46

ޕީޖީގެ ވަކީލް މުހައްމަދު އާލިމް: ފިނިފެންމާ ލޯންޗް ހާދިސާ އަށް ފަހު ކެމްޕޭން ފައިސާ އާއި ބެހޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރެވުނުތޯ؟

އަދީބު: 2015 ވަނަ އަހަރު ކެމްޕޭން އެއްވެސް ފައިސާއެއް ނެތް. ރައީސް ޔާމީން ވިދާޅުވެފައި އޮތް ކެމްޕޭން ފައިސާތައް އަޅުގަނޑު ކައިރީ ބުނެގެން ޖަމާކުރި ކަމަށް. ނަމަވެސް އަޅުގަނޑަށް ރައީސް ޔާމީން ނެތް ކެމްޕޭން ފައިސާގެ ވާހަކައެއް ދަންނަވާފައެއް. ކެމްޕޭން ފައިސާއެއް ހޯދާކަށް އަޅުގަނޑަކަށް ނުގުޅުއްވާ.

11:43

އަދީބު: އަޅުގަނޑު މައިގަނޑު ގޮތައް ކުރާ ކަމަކީ ފަންޑް ރައިސް ކުރުން. އާއްމުކޮށް ފަންޑް ރައިސް ކުރަނީ އިންތިޚާބު ބޯމަތިވުމުން. މީހެއްގެ އަތުން އެންމެ ގިނަ ވެގެން ވެސް ލިބެނީ ލައްކައެއް ދެލައްކައެއްހާ ރުފިޔާ.

11:41

ޔާމީނާއި ދެކޮޅަށް އަދީބުގެ ހެކިބަސް ނަގަން ފަށައިފި.

11:41

އަދީބު ޝަރީޢަތުގެ މަޖިލީހަށް ވަދެއްޖެ. އަދީބު ހުންނެވީ ކޯޓް ތުރު ކުރައްވައިގެން.

11:40

މެދުކަނޑާލުމަށް ފަހު ޝަރީޢަތް ފަށައިފި.

11:26

ދައުލަތުން ހެކިވެރިއެއްގެ ގޮތުގައި ހާޒިރު ކުރުމަށް ހަމަޖެހިފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަދިވެސް ކޯޓަށް ހާޒިރުކޮށްފައި ނުވާތީ ޝަރީޢަތުގެ މަޖިލިސް މެދުކަނޑާލައިފި. ދައުލަތުން ބުނީ 11:00 އަށް ހެކިވެރިޔާ ހާޒިރު ކުރުމަށް ފުލުހުންގެ ކިބައިން އެދިފައި ވާނެ ކަމަށް.

11:23

މުއައްވިޒްގެ ހެކިބަސް ނަގައި ނިމިއްޖެ

11:15

ޔާމީން: އޭސީސީ އާއި އެކު ހުރި އެކްސްކްރޯ އެކައުންޓްގެ ފައިސާ އަކީ މަނީލޯންޑްރިންގެ ފައިސާ ކަމަށް ގަބޫލު ކުރަންތޯ؟

މުއައްވިޒް: ގަބޫލެއް ނުކުރަން.

ޔާމިން: ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް އިން ފައިސާ ޖަމާކުރީ ރައީސް ޔާމީނަށް ނޭނގި. ނަމަވެސް މިކުރަނީ މަނީ ލޯންޑްރިންގެ ދައުވާ. އެހެންކަމަށް ވާއިރު އޭސީސީގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ މަނީލޯންޑްރިންގެ ފައިސާއަށް ނުވާނެތޯ؟

މުއައްވިޒް: ތަޙްޤީޤު ނިމުމުން އެނގޭނީ.

11:06

ޔާމީން: ފައިސާ ޖަމާވީ މެއި މަހު. އެސްޓީއާރް ނެރެފައި ވަނީ ޑިސެމްބަރ މަހު. އެއީ އެކަށީގެންވާ މުއްދަތެއްތޯ؟

މުއައްވިޒް: ކޮންމެ ތާރީޚެއްގައި ވެސް ތުހުމަތެއް ކުރެވޭ ކަމެއް އޮތްނަމަ ބެލޭނެ ކަމަށް ގަބޫލު ކުރެވެނީ.

11:01

ޔާމީން: މުއައްވިޒް އެބަ ވިދާޅުވޭ ޔާމީނާއި ބައްދަލު ކުރީ ލުތުފީ އާއި އެކު ކަމަށް. ލުތުފީގެ ބަޔާނުގައި އެބައޮތް ޔާމީނާއި ބައްދަލު ނުކުރާކަމަށާއި ލިޔެކިޔުންތަކުން ކަމަށް.

މުއައްވިޒް: ޝަރީޢަތުގައި ދެވުނު މައުލޫމާތަކީ ތެދު މައުލޫމާތު ކަމަށް ގަބޫލު ކުރެވެނީ.

10:57

ޔާމީން: ތުހުމަތެއްގެ ލަފްޒް ވެސް ބަޔާނުގައި އެބައޮތްތޯ؟

މުއައްވިޒަށް ޖަވާބު ނުދެވުމުން ޕީޖީގެ ވަކީލް ވިދާޅުވީ އެގޮތައް ސުވާލު ނުކުރެވޭނެ ކަމަށް.

10:56

ޔާމީން: ތުހުމަތު ކުރެވިގެން ދުވަހަކު ވެސް ބަޔާނެއް ނެގިންތޯ؟

މުއައްވިޒް: ނުނެގޭ.

10:54

ޔާމީން: އެސްއޯއެފްގެ މިލްކިއްޔާތާއި ބެހޭ މައުލޫމާތު ހޯއްދެވިންތޯ؟

މުއައްވިޒް: މައުލޫމާތު ސާފުކުރިން. ނަމަވެސް އެމްއެމްޕީއާރްސީގެ ފައިސާ ޖަމާވިކަމަށް ފާހަގަ ކުރެވެނީ.

10:51

ޔާމީންގެ ވަކީލް އަލީ ޝާހް: އޭސީސީގެ މެންބަރަކު މިމައްސަލަ ތަޙްޤީޤު ކުރަމުން ދިޔަ އިރު އަމީން އެވެނިއު އިން ފްލެޓެއް ބައްލަވައިގެންނެވިތޯ؟

ޕީޖީގެ ވަކީލް އައިޝަތު މުހައްމަދު: އެސުވާލެއް ނުކުރެވޭނެ. އެއީ މައްސަލަ އާއި ގުޅޭ ގޮތުން ކުރެވޭ ސުވާލެއް ނޫން.

މުއައްވިޒް އެސުވާލަށް ޖަވާބެއް ނުދެއްވި.

10:49

ޔާމީންގެ ވަކީލް އަލީ ޝާހް: އެމްއެމްޕީއާރްސީ އާއި އެސްއޯއެފް އިން ސައްހަ ވިޔަފާރީގެ މުއާމަލާތެއް ހިނގައިފައިވޭތޯ؟

މުއައްވިޒް: ވިޔަފާރިއެއް ކޮށްފައެއް ނުވޭ.

10:45

ޔާމީންގެ ވަކީލް އަލީ ޝާހް: 2015 ވަނަ އަހަރު ޖަމާވި ފައިސާ އާއި ބެހޭ ގޮތުން ހަތަރު އަހަރުވީ އިރުވެސް ނުދެއްވާ ބަޔާންތަކެއް ވެރިކަން ބަދަލުވުމުން ބަޔާން ދިނީ ކީއްވެތޯ؟

ޕީޖީގެ ވަކީލް އައިޝަތު މުހައްމަދު: އެސުވާލު ކުރައްވަނީ ސިޔާސީ މަޤުޞަދެއްގައި. އެގޮތައް ސުވާލެއް ނުކުރެވޭނެ.

ގާޒީ ހައިލަމް: ސުވާލަށް ޖަވާބު ދެއްވާ.

މުއައްވިޒް: ފުލުހުން އެދުމުން ބަޔާން ދިނީ. ކުރިން ފުލުހުން ބަޔާނެއް ދެއްވާފައެއް ނެތް.

10:40

ޔާމީންގެ ވަކީލް އަލީ ޝާހް: އެސްއޯއެފްގެ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާވިއިރު އެއެކައުންޓްގައި އަށްލައްކަ ޑޮލަރު ހުރި. ދެން ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް ނިންމީ ކިހިނެއްތޯ؟

މުއައްވިޒް: އެ އަށްލައްކަ ޑޮލަރަކީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް ބެލެވޭ.

10:36

ޔާމީންގެ ވަކީލް އަލީ ޝާހް: ޔާމީންގެ އެކައުންޓަށް ޖަމާކުރިއިރު އެސްއޯއެފް އެކައުންޓްގައި ކިހައި ފައިސާއެއް ހުރިތޯ؟

މުއައްވިޒް: އޭރު އެއްމިލިއަން ޑޮލަރަށް ވުރެ މަދުން އެސްއޯއެފްގެ އެކައުންޓްގައި ހުރި ކަމަށް ގަބޫލު ކުރެވޭ.

10:34

ޔާމީންގެ ވަކީލް އަލީ ޝާހް: ތުހުމަތު ކުރެވޭ ފަރާތައް ޤާނޫނުން ލިބޭ ޙައްޤުތައް ނުދިނީ ކީއްވެތޯ؟

މުއައްވިޒް: އެއީ އޭރު އެހެން ފަރާތްތަކާއި ސުވާލު ކުރުމަށް ފަހު ޔާމީނާއި ސުވާލު ކުރަން ނިންމާފައި ވާތީ. ޔާމީނާއި ސުވާލު ކުރީ މައުލޫމާތު ސާފުކުރަން. ތުހުމަތަކަށް ސުވާލު ކުރިނަމަ ޙައްޤުތައް ދޭނަން.

10:32

ޔާމީންގެ ވަކީލް އަލީ ޝާހް: ޔައުމިއްޔާ ފުރިހަމަ ވާނީ ހުރިހާ މެންބަރުން ސޮއި ކުރެއްވުމުންތޯ؟

މުއައްވިޒް: ޔައުމިއްޔާ އަކީ ރެކޯޑަށްޓަކައި އޮންނަ އެއްޗެއް. ކޮންމެހެން ހުރިހާ މެންބަރުން ސޮއި ކުރަން ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރަން.

10:31

ޔާމީންގެ ވަކީލް އަލީ ޝާހް: ޖަނަވަރީ 21 ގެ ޔައުމިއްޔާ ގައި ލުތުފީ ސުވާލު ނުކުރައްވާ އޮތީ. ދެން ބައްދަލުވުމުގެ އިއްތިފާގުން ފާސްކުރެއްވި ކަމަށް ވިދާޅުވީ.

މުއައްވިޒް: ޔައުމިއްޔާގައި ސޮއި ނުކުރެއްވި އެއޮތީ އޭރު ލުތުފީ ނެތީމަ.

10:30

ޔާމީން: މިހެކިވެރިޔާ އަކީ ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިއެއް. މިމައްސަލައިގެ ކޯހެކިވެރިޔާ އަކީ މިއީ. ދެން ހުންނެވީ ލުތުފީ. ލުތުފީ ވީތަނެއް ވެސް ނޭނގެ. އެހެންކަމުން މިމައްސަލައިގައި އަޅުގަނޑުމެން ބޭނުންވާ ވަރަކަށް ސުވާލު ކުރެއްވުން އެދެން.

ޔާމީންގެ ވާހަކަތަކަށް ޖަވާބެއް ނުދެއްވާ ހައިލަމް ޝަރީޢަތް ކުރިއަށް ގެންދަން ނިންމަވައިފި.

10:24

ޕީޖީގެ ވަކީލް އައިޝަތު މުހައްމަދު: އެކްސްކްރޯ އެކައުންޓް އެކުލަވާލުމުގައި އަމަލު ކުރީ ކިހިނެއްތޯ؟

މުއައްވިޒް: އެކްސްކްރޯ އެކައުންޓްގެ އެއްބަސްވުމުގައި އެކަންކަން ބަޔާންކޮށްފައި ވާނެ.

10:20

ޕީޖީގެ ވަކީލް އައިޝަތު މުހައްމަދު: އެކްސްކްރޯ އެކައުންޓާއި ބެހޭ ރިޕޯޓް 2019 ޖަނަވަރީ ގައި އެކުލަވާލީ ކީއްވެތޯ؟

މުއައްވިޒް: އެރިޕޯޓް އެކުލަވާލީ ފުލުހުން މައްސަލަ ތަޙްޤީޤު ކުރަމުން ގެންދާތީ އެކަމުގެ ކަންހިނގި ގޮތް ސާފުކޮށްދިނުމަށާއި، އޭސީސީގެ ރެކޯޑްގައި ވެސް އެކަން އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރެވޭތީ ރިޕޯޓް ތައްޔާރު ކުރީ.

10:18

ޕީޖީގެ ވަކީލް އައިޝަތު މުހައްމަދު: ފައިސާ އާއި ގުޅިގެން ކޮންކަމެއްތޯ ތަޙްޤީޤުގައި ނިންމީ؟

މުއައްވިޒް: ފައިސާ ޖަމާވި ގޮތް ބެލީ. ނަމަވެސް ތަޙްޤީޤު ކުރިއަށް ނުގެންދެވުނީ މައްސަލައިގައި ސުވާލު ކުރަން ބޭނުންވާ ބައެއް މީހުން ރާއްޖެއިން ބޭރުގައި ތިބުމުން.

10:17

ޕީޖީގެ ވަކީލް އައިޝަތު މުހައްމަދު: މިމައްސަލައިގައި އޭސީސީ އިން 2018 ޑިސެމްބަރ 29 ވަނަ ދުވަހު ރިޕޯޓެއް އެކުލަވާލީ ކީއްވެތޯ؟

މުއައްވިޒް: އެއީ ފުލުހުން ފޮނުވި ސިޓީއަކާއި ގުޅިގެން ތައްޔާރުކުރި ރިޕޯޓެއް.

10:14

ޕީޖީގެ ވަކީލް އައިޝަތު މުހައްމަދު އެކައުންޓް ސްޓޭޓްމަންޓްގައި ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ ކޮބައިތޯ ސުވާލު ކުރުމުން ޔާމީންގެ ވަކީލް އާސިފް ވިދާޅުވީ އެގޮތައް ސުވާލު ނުކުރެވޭނެ ކަމަށް. އާސިފް އެގޮތައް ވިދާޅުވީ ހައިކޯޓުގެ ގަޒިއްޔާއަކާއި ހަވާލާދެއްވާ. ނަމަވެސް ސުވާލަށް ޖަވާބު ދެއްވުމުގެ ފުރުސަތު ފަނޑިޔާރު، މުއައްވިޒަށް ދެއްވައިފި.

10:08

ފުރަތަމަ ކުރިއަށް ދާނީ އޭސީސީގެ ރައީސް މުއައްވިޒް ރަޝީދުގެ ހެކިބަސް ނެގުން.

10:07

ޔާމީންގެ ޝަރީޢަތް ފަށައިފި

09:53

ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ވެސް ޝަރީޢަތުގެ މަޖިލީހަށް ވަދެވަޑައިގެންފި.

09:50

ޕީޖީގެ ވަކީލުން ޝަރީޢަތުގެ މަޖިލީހަށް ވަދެވަޑައިގެންފި.

09:40

ޔާމީންގެ ޝަރީޢަތް ފަށަން ތާވަލް ކޮށްފައި އޮތީ 09:30 ގައި ކަމަށް ވީނަމަވެސް އަދި ޝަރީޢަތް ނުފަށާ. ޝަރީޢަތް ފެށުން ލަސްވާ ސަބަބެއް އަދި ސާފެއް ނުވޭ.

09:30

ވަރަށް މަދު އަދަދެއްގެ ޔާމީންގެ ސަޕޯޓަރުން ކްރިމިނަލް ކޯޓުގެ ބޭރުގައި އެބަތިއްބެވި.

09:29

ޔާމީންގެ ކާރު ކްރިމިނަލް ކޯޓަށް ވަންނަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ޔާމީންގެ ކާރު ކްރިމިނަލް ކޯޓަށް ވަންނަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

09:27

މިއަދުގެ ޝަރީޢަތައް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން މިހާރު ވަނީ ކޯޓަށް ވަޑައިގެންފައި.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ މިއަދުގެ އަޑުއެހުން ފަށަން ތައްޔާރުވެއްޖެއެވެ.

ޔާމީންގެ ޝަރީޢަތް ފަށަން ތާވަލް ކޮށްފައި ވަނީ މިއަދު ހެނދުނު 09:30 ގައެވެ.

މިއަދުގެ ޝަރީޢަތުގައި އޮންނާނީ ދައުލަތުން ޔާމީނާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. މިއަދު ނަގާނީ އޭސީސީގެ ރައީސް މުއައްވިޒް ރަޝީދު އާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ހެކިބަހެވެ.

އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ހެކިބަސް ވެސް މިއަދު ނަގަން ކުރިން އޮތީ ހަމަޖެހިފައެވެ. ނަމަވެސް ލުތުފީ ވަނީ ޔާމީނާއި ދެކޮޅަށް ހެކިބަސް ނުދެއްވާނެ ކަމަށެވެ.

(ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ޓިނު

  ތިކަމަށް ކިތެއް ދުވަސް ނަގާނެބާ ؟

  30
  1
 2. ޢަޅި

  ތޮޅިއަށް ދަނީ

  49
  1
  • މުޙައްމދ

   ޔާމީނު ގެ ގާބިލުކަން ކަށަވަރު ވުން ނޫން ކަމެއް ލައިވް ކުރީމަ ނޭގުނު.. އަންނި ތިޔަތާ ހުރި ނަމަ ވާނެ ގޮތް ސިފަވީމަ ހިނި އާދޭ..

   92
   6
  • ޖައިލަމް

   މައްސަލާގެ ތަހުގީގު ފުރިހަމަނުވާކަން މިޔަދު އެގިއްޖެ. އަދީބު މީގެކުރިން ތަހުގީގަށް ދީފާވާބަޔާނުގެ އިތުރުން އިތުރުއެތައް ވާހަކައެއް މިޔަދު އަދީބު ހާމަކުރަން ބޭނުންވި. ނަމަވެސް އަދީބަށާ ދައުލަތަށްވެސް އެފުރުސަތުނުލިބުނީ ދައުލަތުން ސަރީޔަތަށް ހުށައަޅާފަފާ އަދީބުގެ ތަހުގީގީ ބަޔާނުގާ އެވާހަކަތަށް ހިމެނިފާނުވާތީ. މިމައްސަލަ ފުރިހަމައަށް ތަހުގީގުކުރުމަށްފަހު އަލުން އަލުން ދައުވާކުރަން ފޮނުވުމަށް ޕީޖީއަށް ގޮވާލަން. ރައްޔިތުންނަށް އިންސާފު ހޯދާދޭން އެދޭނަމަ. އޭހުން ރައީސް ޔާމީނު އޮންނާނީ އުމުރު ދުވަހު ޖަލުގަ.

   5
   61
   • Anonymous

    ރީދޫ ބައިގަނޑަށް ހީވާކަހަލަ ރައްޔިތުންނަކީ ހަމަ އެކަނި މި ލާދީނީ ބައިގަނޑޭ.

    37
    3
 3. އަލީ ހަމީދު ބެ

  ބަރާ ބަރަށް ގެންދާތި

  12
  24
 4. ކަހަނބު ވިތްޓޯ ޓޯ

  މާތް ﷲއީ އެންމެ އަދުލް ވެރި ރަސްކަލަަަާންގެ .ރީނދޫ ބައިގަނޑަށް އިބްރަތަކަށް ވަާނެހެން ޔާމިީނަށް ނަސްރުދެއްވާދެެެޭވެއެވެ

  121
  10
 5. ހަސަނު

  ޔާމީނުވެސް ފަހަރެއްގައި ވައްކަން ކޮއްފާނެ. އެކަމަކު އެމްއެމްޕީއާރސީގެ މައްސަލަ ފެންމަތިވި ފަހުން އެކަމާ ގުޅޭ ފައިސާއެއް ޔާމީނު އޭނަގެ އެކައުންޓަށް ޖަމާކުރާނެ ކަމަށް ގަބޫލެއް ނުކުރެވޭ. ޔާމީނުއަކީ މޮޔައެް ނޫން. ތީ ބަޔަކު މީހުން ޔާމީނު ފްރޭމްކުރަން ޖމަ ކޮއްގެން އުޅޭ ފައިސާއެއް.

  100
  8
 6. ދެބޯ ގެރި

  އިވޭ އަޑުތަކާ ރިޕޯޓް ތަކަޢް ބަލާއިރު ތިޔަ މައްސަލާގައި އިނގިލި ދިއްކުރެވޭ މީހުން ވަރައްގިނަ، އެހެންވީމާ ތިޔަ މީހާ ކޯޓައް ހާޒިރު ކޮށްފާނެ ކަމަކަށް ނުފެނޭ....

  58
  1
 7. ޢަދުރޭ

  ބަޖެޓް ބަނޑުއަޅާލައިގެން ޙުކުމް އިއްވާފަ ޙުކުމް ބާތިލްކުރިޔަސް އެ މައްސަލަ އަކީ ބެލެވެމުންދާ މައްސަލައަކަށްވީ ހިނދު މީނަ މީ ހެކިބަސް ޤަބޫލްނުކުރެވޭ ޙާލަތެއްގައި ހުރި ފާސިޤަކަށް ނުވާނެ ގޮތެއް އޮންނާނެބާ ؟

  54
  1
 8. ނަސޭހަތް

  ޔާމީންސަރުކާރުގައި ވައްކަންގިނަވެ އޮބިނޯވޭހިސާބަށްދިޔަނަމަ ޔާމީންސަރުކާރުހިންގެވި ކުޑަދުވަސްކޮޅުގެތެރޭގައި ގައުމަށް އެހާބޮޑުތަރައްޤީއެއްގެނެވޭނެ ފައިސާއެއްހުންނާނެކަމަށް ގަބޫލްނުކުރެވޭޝައްކެއްގެމަށްޗަށް ރާއްޖޭގެވެރިކަންކުރެއްވި، އެވެރިކަމުގައި މިއިންދުވަހަކުގައުމުންނުފެންނަވަރުގެތަރައްޤީއެއްގެންނެވި ބޭފުޅެއްގެމަށްޗަށް ޝަރީއަތްހިނެގެވުން އެއީ ސިޔާސީ ޝަރީއަތެއްކަމުގައި ބެލުމުގެ ފުރުސަތު ވަރަށްބޮޑު މިހެންމިބުނީ ފާޅުކަންބޮޑުގޮތެއްގައި ކުރެއްވިކުށަކަށް 13 އަަހަރުގެޖަލުހުކުމެއް އައިސްފައިވާފަރާތެއް އެހުކުމުގެ އެންމެދުވަހެއްވެސް ތަންފީޒްނުވެ މިނިވަންވެފައިވާތީމުހިއްމީ ޝައްކެތްގެމަށްޗަށް ޝަރީއަތް ހިންގުންތޯ ނުވަތަފާޅުގައި ކުރައްވާފައިވާ ކުށެއްގެހުކުމްތަންފީޒްކުރުންތޯ އަޅުގަޑުގެ ވިސްނުންކޮށިނަމަ ރަގަޅަށް ވިސްނޭބޭފުޅަކު ޖަވާބުދެއްވާ

  61
  1
  • ބުރާންޗޯ

   ކުށެއްގެ ހުކުމް ތަންފީޒުވުން.

 9. ގގގގގ

  މުއައްވިޒޫ. އެޔައުމިއްޔާގަ އެކަނިތަ ސޮއި ނުކުރާގޮތަށް އޮންނަނީ؟ ދައުލަތުގެ ހުރިހާ އޮފީހަކުން، ރައްޔިތުންގެ މަޖިލިހުން، ޔައުމިއްޔާގައި ސޮއިކޮށްފައި ހުންނަނީ! އެއީ މަސްޓެއް. ތިކަމުން މަކަރާ ހީލަތާ، ފަހުން ތައްޔާރު ކުރި ޔައުމިއްޔާއެއް ކަންދޭހަވެ. އަދި، އެއީ އޮރިޖިނަލް ނައްތާލިކަމުގެ ތުހުމަތު ކުރެވޭ ކަމެއް. ޝަރީއަތުގެ މަޖިލިހުގައި، މުއައްވިޒު ތިހެދީބޮޑު ދޮގެއް.

  55
  1
 10. ޢަދުރޭ

  ހެވޭ ޔާމީނު ވައްކަން ކުރިޔަސް . ދިވެި ކުންފުނިތަކާ ވިޔަފާރިތަކަށް ޔާމީނު ވެރިކަމުގައި ފިނޭންސުން ފައިސާ ލިބެމުން ދިޔައީ އެއްވެސް ހުރަހެއްނެތި . މިހާރު އެެހެންތަ ؟ އިރުއަރާ އިރު އޮއްސޭ ކޮންމެ ދުވަހަކު ކުންޏެއް ނޫނީ ވިޔަފާރިއެއް ބަނގުރޫޓްވަމުން މިދަނީ .ޤައުމުގައި ފައިސާއެއް ނުއެނބުރޭ . އިންޑިޔާގެ ކުންފުނިތަކާ ސަރުކާރުން ރަށްރަށުގެ ނަރުދަމާޔާ އެހެން މަޝްރޫޢުތައް ޙަވާލް ކުރީމަ ވާގޮތަކީ ބޭނުންވާ ހުރިހާ ސާމާނާ މީހުން އިންޑިއާއިން ގެންނަނީ . ގޯނިބޭ ކުޑައަލީ ނަގާ ވެރިކަމަށް ލައިގެން ގާސިމު އޭނަޔަށް ބޭނުންވާ ފައިސާ ހޯދަމުން ދަނީ ދެންތިބި މީހުން އެ މީހުންނަށް ކެވޭ ވަރަކަށް ކަނީ ބަދަލު ހޯދުމުގެ ނަމުގައި . ޤައުމު ދަނީ ބޯކޮޅު ވަތަށް .އެމްޑީޕީ މީހުން ބަހަނާ އަކަށް މި ބުނަނީ ކޯޓްތައް ރަނގަޅުކޮށްގެން އިބްނު ބަތޫތާ އަލުން ދިރިގެން އައިސް ރެހެންދި ޚަދީޖާޔާ ކައިވެނިކޮށްގެނޯ ޤައުމު ރަނގަޅު ކުރެވޭނީ . އަސްލު ވަގުންނަކީ މިހާރު މިތިބީ . އެއީ ރައްޔިތުންނަށް ޚަބަރެއް ނުވެ 32 ބިލިއަންގެ ބަޖެޓް ހުދުކާފޫރަށް ވެގެންދިއައީ

  64
  1
 11. ނާށިގޯނި

  ސަރިއަތް ކުރިއަސް ނުކުރިއަސް ސާބިތުވިއަސް ނުވިއަސް ބޮލެއްހުރި ކޮންމެ ދިވެއްސަކަށްވެސް ވަރަށް ސާފްކޮއް އެބައެނގޭ ދެއްތޮ އެމްޕީއާރްސީގެ ލާރިގަނޑުން ވައްކަން ކުރުމުގައި ޔާމީން އަބްދުލް ގައްޔޫމްގެ އަތްޕުޅު ވާކަން ޔަގީނުންވެސް ކަށަވަރުވާވަރަށް ހެކިހުއްޓަސް ސާބިތު ނުވިއަސް ހުރިހާދިވެހިން ގަބޫލްކުރޭ ޔާމީންއަށް ނޭންގި ތިވަރުނުވާނެކަން ޔަގީން!!!

  1
  33
 12. ބަނާނާ ސަރުކާރު

  ވަގުތު ނޫހުން ސަރުކާރަށް ދަންނަވާދީބަލަ އަދީބު ޝަރުއީ ދެކޯޓުގަ އިއުތިރާފުވެއްޖެ އޭނަ ޙިޔާނާވިކަމަށް ދައުލަތުގެ ފައިސާއަށް ކޮއްމެމީހަކު އެންގިޔަސް ވަޒީރަކަށްވެސް އަދި އެނޫންމީހަކަށްވެސް ދައުލަތުގެ ފައިސާއަށް ޙިޔާނާވުމުގެ އިޙްތިޔާރެނެތްއިރު އަދީބުގެ އިއުތިރާފާއެކު އޭނައަތުން ދައުލަތަށް ގެއްލުނު ފައިސާއަބުރާ ހޯދަން. އަދީބު މިނިވަންކުރުމާ ނުކުރުން އެއީ އެހެން މައްސަލައެ.. ދައުލަތުން ގެއްލުނު ފައިސާ އަދީބުގެ މުދަލާ ހުރިހާއެއްޗެ ވިއްކާއިގެންވެސް މިއަދު ދައުލަތަށް މިފައިސާ ހޯދަން ފުރުސަތު މިއޮތީލިބިފަ.. މިފައިސާ ދައުލަތުން ނުހޯދާއިފިނަމަ މިއަދުގެ ވެރިންނާމެދު ދައުވާކުރެވެންޖެހޭނެ..

  21
  2
 13. ރައްޔިތުމީހާ

  މުއްވިޒު ރަޝީދު ހެކިބަސް ދެމުން ތަޙްޤީޤް ފުރިހަމަވުމުން އެސްއޯ އެފުން ޔާމީން އެކައުންޓަށް ޖަމާކުރި ފައިސާ އަކީ އެމްއެމްޕީއާރުސީގެ ފައިސާ ކަން އެނގިގެންދާނެ. ތަހްޤީޤް ފުރިހަމަ ނުވާކަމަށް ހެކިވެރިޔާ ބުނުމުން މައްސަލަ ކުރިއަށް ނުގެންދެވޭނެ. ސަބަބު އޭސީސީގެ ރިޕޯޓުގެ މައްޗަށް ބިނާކޮށް ކުރާ ދަޢުވާ އަކަށްވުން. ސުވާލަކީ ފުރިހަމަނުވާ ތަޙްޤީޤެއް މައްޗަށް ޖިނާއީ ދައުވާކުރެވޭނެ ހަމައަކީ ކޮބައިތޯ. ޖިނާއީ އިޖްރާއާތުގެ ޤާނޫނުގެ 80 ވަނަ މާއްދާއާ ޚިލާފް ވަވުތުން ދަޢުވާ ބާޠިލު ކުރަންޖެހޭ.

  18
 14. އަލިބެއްޔާ

  މައްސަލާގައި ހިމެނޭ މީހެއްގެ ހެކިބަސް ސައްޙަ ވާނެ ތަ؟ ހަމަ އަހާލީ..

  28
 15. ށސޮނިފޮހެުގެ މަަންމެ

  ކަލޯގެއާ މީހުން މި ބަލަން ހަދައިގެން ކާންވެސް ހަދާން ނެތޭ އަދި ދަރީން ސްކޫލަންގެންދަންވެސް ހަދާން ނެތިފަ ތިބީ ބޯހަލާކު

  21
 16. ވޮޑެމުލާ

  ސަރުކާރާ ޑީލް ހަދައިފައި އޮތޯ ޔާމީން ބޮލުގައިހުރިހާކަމެއް އަޅުވަން ނިމިފައި ތިކަމުގައި ކިރާނެ ސަރީއަތެއްނެތް ދޮގުމައްޗައް ދޮގު ކަލޯ މިނޫން ދުވަހެއް އޮތްކަންވެސް ހަނދާންކުރާތި މިއަދު ސަރުކާރު ބޭނުންވާހާކްމެއް ކުރެވިދާނެ ވ ސަލާބް

  23
 17. ލަބީބު

  މިއަދުގެ ހެކިންގެކިބައިން ފެނުނީ ތަޣައްޔަރުވެފައިވާ މޫނުތަކަކާ ބިރުވެރިކަން! މަޖުބޫރުވެގެން އެހެން ގޮތެއް ނެތިގެން ސަރުކާރުން ހިތުދަސްކޮށްދީފަ އޮތްގޮތަށް އިސްލާމީޝަރީޢަތެއްގެ ދަރުބާރުގައި ދޮގުހެކިދިންމަންޒަރު ފެނުނު! ޔާމީން ކުރެއްވި ސުވާލުތަކަށް ޖަވާބު ދިނުމުގައި ދައުލަތުގެހެކިން ކޮށިއަރާ ބަސްހުއްޓުނު މަންޒަރު ފެނުނު! ތަޙްޤީޤަށް ބަޔާންދިންގޮތާ ދިމާނުވާގޮތަށް ވާހަކަދެއކިމަންޒަރު ފެނުނު! މާތްﷲ އީ މޮޅަށް ދެނެވޮޑިގެންވާ އައްސަވާވޮޑިގެންވާ ޢިޤާބުދެއްވުން ގަދަފަދަވެގެންވާ ރަސްކަލާންގެ!

 18. އަފީ

  މިއަދުގެ ސަރިއަތުގެ މަޖިލީހުން ރައްޔިތުންނަށް ފެނުނު ހަމަ އެކަނި ކަމަކީ އަދި ރައްޔިތުން ލޮލުގައި އަޅައިގަތީ ރައީސް ޔާމީން ގެ ސާބިތުކަން! ރައީސް ޔާމީން އާއީ ޗެލެންޖްކޮށް ވާހަކަތަކަށް އެއްވެސް ހެކިވެރިއަކަށް ޖަވާބް ދޭންވާގޮތަށް ނުދެވުނުތަން! ރައީސް ޔާމީން ކުރާ ސުވާލްތަކުން ހެކިވެރިން ހުއްޓި ފައިމައްޗަށް ބުރަވާތަން! އަދުލުވެރި ސަރިއަތެއްގައި އަދިވެސް ދައުލަތުގެ ފަރާތުން އަދި ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުންވެސް ރައީސް ޔާމީންގެ މައްޗަށް މި ކުއް ސާބިތުވާ ގޮތެއްގެ މިންވަރެއްވެސް ނުފެނޭ މީ ޔަގީންކަމެއް!