ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހިތުގެ އަޑިން މަޢާފްކޮށްފިން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި އަދީބުގެ ހެކިބަސް ނަގަމުންދާއިރު، އަދީބު ވިދާޅުވީ އަނިޔާކުރި މީހަކު ނޭނގޭ ކަމަށާއި، ރައީސް ޔާމީނަށް ހިތުގެ އެންމެ ފުންމިނުން މައާފް ކުރާ ކަމަށެވެ.
ރައީސް ޔާމީން އަދީބާ ސުވާލުކުރައްވަމުން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށް އަދީބު ވިދާޅުވި ކަމަށާއި، އެއަނިޔާވެރިކަމުގެ ސަބަބުން ހިތުގައި އެއްވެސް ކަމެއް އެބައޮތްތޯއެވެ. ޖަވާބުގައި އަދީބު ވިދާޅުވީ "އަޅުގަނޑަކަށް ނޭނގޭ އަނިޔާކުރި މީހުންނެއް. އަޅުގަނޑު ރައީސް ޔާމީނަށް ހިތުގެ އަޑިން މަޢާފްކޮށްފިން،" މިހެންނެވެ.
އަދީބަކީ ޔާމީން އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުކުރެވި ޙުކުމްތަކެއް ވެސް ކުރިން އިއްވިފައިވާ، އަދި ޔާމީންގެ ވެރިކަމުގައި ހައްޔަރުކުރެވި ކޮރަޕްޝަންގެ އެތައް މައްސަލައެއްގެ ތަޙްޤީޤު ހިންގުނު ފަރާތަކަށް ވާތީ ޔާމީނާއި ދެކޮޅަށް އަދީބުގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ޔާމީންގެ ވަކީލުން ކުރިން ވިދާޅުވެފައި ވެއެވެ.
ނަމަވެސް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ނިންމަވާފައި ވަނީ އަދީބުގެ ހެކިބަސް ނެގޭނެ ކަމަށެވެ.
ޔާމީނާއި ދެކޮޅަށް މިއަދު ހެކިބަސް ދެމުން އަދީބު ތަކުރާރުކޮށް ވިދާޅުވީ ކެމްޕޭނު ފައިސާ ނޫން އެހެން ފައިސާއެއް، ޔާމީނާ ހަވާލުކުރުމަށް އެއްވެސް ފަރާތަކުން ނުލިބޭ ކަމަށެވެ. އެސްއޯއެފް އިން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރީ އަދީބު ވިދާޅުވެގެން ނޫންކަމަށް ވެސް އަދީބު މިއަދުގެ ޝަރީޢަތުގައި ވިދާޅުވިއެވެ. އަދީބު ވިދާޅުވި ގޮތުގައި އެފައިސާ ޖަމާކުރީ އެސްއޯއެފް މީހުން ކައިރީގައި ޔާމީން ވިދާޅުވެގެންނެވެ.
މާގޭ ސުވާލަކީ ޔާމީން ސަރުކާރުގަ ކުރެވުނު ވަރި އަދި ކައިވެނިތައް އަނެއްކާ ޞައްޙަތޯ؟ އިސްލާމިކް މިނިސްތަރީން މިކަން ބައްލަވައިދެއްވުން އެދެން.
މިކަހަލަ ނުލަފާ ޝައިޠާނީ މީހުން ދޭންޖެހޭ މަޢާފެއް އޮންނާނެތަ؟ ރައްޔިތުންގެ ފައިސާތައް ކައިގެން ފަލަވެފަހުރިވަރު ބަލާ! އާދައިގެ ސޮރެއް. ކޮންތާކުން ނެރުނު ފައިސާތަކަކުން މުއްސަނދިވެ، ޅަކުދިންނާއިނދެ، މިސްޓްރެސްޓުން ކޮންމެ ދެގޯޅިއެއްގައި ބައިތިއްބައިގެން ތިއުޅެނީ؟
އަނިޔާކުރި މީހާ މިބުނަނީ އަނިޔާ ލިބުނުފަރާތަށް މަޢާފް ކޮށްފީމޭ ވަޓްއަޖޯކް........؟؟؟؟
ލާފައިންފޮޓޮއަށް ބަލާލުމުންވެސް އެގޭ މިދެމީހުން މިތިބީ ފާސާގަޖެހިގެން އެކަމުގެ ވާހަކަދައްކަންކަން.
އަދީބް ރައީސް ޔާމީނަށް ކުރަންޖެހޭ މާފެއް ނޯންނާނެ. ރައީސް ޔާމީންގެ ކިބައި އަދީބް މާފަށް އެދެން ޖެހޭ! އަދި މި މާފް ރައީސް ޔާމީން ކޮށްދޭންވެސް ނުޖެހޭ! އަދީބަކީ ޖާހިލުންގެ ތެރޭވާ ސައިތާނެއް! ނުބައި ނުލަފާ ސަދޫމްގެ މީހެއް! ގައުމުގެ ހާއިނެއް! ގައުމަށް ގައްދާރުވީ ގައްދާރެއް!
އަހަރުމެން މާފެއް ނުކުރާނަން އަދީބު އަށް. ޔާމީނު މާފަށް ނޭދެނީސް މާފު ކުރާނީ ކިހިނެއް.