ގާނޫނާ ހިލާފު ކަންތައް ކުރެއްވި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިއުތިރާފުވެ ވަޑައިގެންފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި އަދީބު ހެކިބަސް ދެމުނ ގާނޫނާ ހިލާފުވި ކަމަށް އިއުތިރާފްވީ ރައީސް ޔާމީން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝަރީއަތުގެ މަޖިލީހުގައި އަދީބުއާ ސުވާލު ކުރައްވަމުން ޔާމީން އެއްސެވީ "އެހެންވީމަ ތި ވިދާޅުވަނީ ހެކިވެރިޔާ ގާނޫނާ ހިލާފު ކަންތައް ކުރެއްވި ވާހަކަތޯ؟" މިހެންނެވެ. އަދީބު ފުރަތަމަ އެ ސުވާލަށް ސީދާ ޖަވާބު ނުދޭން މަސައްކަތް ކުރެއްވި ނަމަވެސް، ފަހުން ވިދާޅުވީ "އަޅުގަނޑާއި ރައީސް ޔާމީންވެސް ގާނޫނާ ހިލާފު ކަންތައް ކުރިން،" މިހެންނެވެ.

ރައީސް ޔާމީން އެ ސުވާލު ތަކުރާރު ކުރައްވަން ފެއްޓެވުމުން އަދީބު ވަނީ ކުރުކޮށް "އާދެ" އޭ ވިދާޅުވެ ޤާނޫނާއި ހިލާފު ކަންތައްތައް ކުރި ކަމަށް އިއުތިރާފްވިއެވެ.

ޤާނޫނާއި ހިލާފު ކަންތައްތަކެއް ކުރިކަމަށް އަދީބު އިއުތިރާފު ވެފައި ވާއިރު ދައުލަތުން ވަނީ އަދީބާއި އެކު އެއްބަސްވުމެއް އެކުލަވާލާ ބައެއް މައްސަލަތަކުން އަދީބު ސަލާމަތް ކޮށްދިނުމަށް އެއްބަސްވެފައެވެ. މިއެއްބަސްވުމުގެ ދަށުން އަދީބުގެ މައްޗަށް ބައެއް މައްސަލަތަކުގައި ދައުވާއެއް ނުކުރާނެއެވެ. އަދި ދައުވާ ކުރާ މައްސަލަތަކުގައި ވެސް ޙުކުމުގެ މުއްދަތު ކުޑަކުރަން، ނުވަތަ ޖަލު ޙުކުމް އެހެން އަދަބަކަށް ބަދަލު ކޮށްދިނުމަށް ދައުލަތުން ކޯޓުގައި އެދޭނެއެވެ.

ތަފާތު މައްސަލަތަކުގައި މީގެ ކުރިން އަދީބުގެ މައްޗަށް 37 އަހަރުގެ ޖަލު ޙުކުމެއް އައި ނަމަވެސް އެކި ފަހަރުމަތިން ކޯޓުން އެޙުމްތައް ބާތިލް ކޮށްފައި ވާތީ މިހާރު އަދީބުގެ މައްޗަށް އެއްވެސް ޖަކު ޙުކުމެއް ނެތެވެ. ނަމަވެސް އޭނާ މިވަގުތު ހުރީ މައްސަލައެއްގެ އިސްތިއުނާފް ޝަރީޢަތް ނިމެންދެން ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ަސދަސ

    ބްރޯ އެއްބަސްވީ ޓަގްބޯޓުން ފިލަން އުޅުނު ވާހަކަ.
    ވީމާ އަދި ތިޔަކުން ވާނުވާ ނޭގޭ

    26
    2
  2. ބޮޑުފިލި

    ހަގީގަތައް އޮޅުންއަރުވަން އެކިފަހަރުމަތިން މަސައްކަތްކުރިކަން ފާހަގަކުރެވޭ

  3. ގުއި ޗޮންހެއި

    ވަގުންނަށް ޖަލުހުކުމުން ވެސް ޑިސްކައުންޓު ދިނުން މިއީ އަޖާއިބެއް... މިހެންވެޔޭ އެމްޑީޕީން ފަނޑިޔާރުގެ އިސްލާހުކުރަން ގޮވަންޖެހުނީ

    3
    5
    • ނުރަބޯ

      ބަލަ ތި އެމް.ޑީ.ޕީ އާ ޑީލް ހަދައިގެނޭ ޑިސްކައުންޓް ލިބިގެން މިއުޅެނީ. ދައުލަތާ ޑީލް ހަދާފަ ދައުލަތުން ޖަލުހުކުމް ކެންސަލްކޮށް ގޭބަންދަށް ބަދަލުކޮށްދީފަހުރި މީހަކު ދައުލަތުން ބުނާހާގޮތަކަށް ހެކިބަސްދިނުން. ގާޒީން މިތިބެނީ އަޅެފަހެ ބީތާވެފަތަ. މިފަދަ ބަޔަކު ދޭ ހެކިބަސް ބަލައިގަނެވޭނެބާ؟