ސަރުކރު ހިންގާ ޕާޓީ އެމްޑީޕީ އިން ދެ ދުވަހުގެ މުއްދަތަށް ބާއްވާ އެޕާޓީގެ ކައުންސިލަރުންގެ ކޮންފަރެންސް ފަށައިފިއެވެ. އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް މިއަދު ފަށާފައިވަނީ މިއަދު ހެނދުނު ހުޅުމާލޭ ހުރަވީ ސްކޫލުގައެވެ.

މަރުކަޒީ ނިޒާމަށް ފުރިހަމަ ބާރުތައް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ބެހޭ މައުލޫމާތު ދިނުމަށާއި އެ ބަދަލުތަކާއިމެދު ހިޔާލު ހޯދުމަށް ބާއްވާ ކޮންފަރެންސްގައި ގިނަ އަދަދެއްގެ އެމްޑީޕީގެ ކައުންސިލަރުން ދަނީ ބައިވެރިވަމުންނެވެ.

ކޮންފަރެންސް ފެށުމުގައި ވާހަކދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށްއެކުގައި ދިވެހިރާއްޖެ ކުރިއަށް ގެންދާނީ ކިހިނެތްތޯ ކޮންފަރެންސުން ނިންމާނެ ކަމަށެވެ.

"މިއަދު މިފަށާ ބައްދަލުވުގައި ރައީސުލް ޖުމްހުރިއްޔާއާއި ރަސްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންވަރުންނާއި ވަޒީރުންގެ މަޖިލީހުންގެ އިއްޒަތްތެރިންގެ މެންބަރުންނައެކުގައި ދިވެހި ރާއްޖެ ކުރިއަށް ގެންދާނީ ކިހިނެތް ތޯ މަޝްވަރާ ކުރެވޭނެ " ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް ފަށަން ހުޅުމާލޭގެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ވިސްނުމާއި ފިކުރެއް ކަމަށެވެ.

"އެމްޑީޕީގެ ވިސްނުމަކަށް އަބަދުވެސް ވެފައި އޮތީ މައި ސަރުކާރުގެ ދަށުގައި ރާއްޖޭގެ ޖަޒީރާ ރަށްތައް ވަރަށް އެކަހެރިކޮށް އޮތް އޮތުމަށް ނިމުމެއް ގެނެސް، ސީދާ ބާރުތައް ރައްޔިތުންގެ މައްޗަށް ދޫކޮށްލުން " އެމަނިކުފާނު ވިދާޅުވި އެވެ.

ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިންނި

    ލާދީނީ ސެކިއުލަރ ރީނދޫ ހިނދޫ ހުޅު ބައިގަނޑު ޤައުމު ވިއްކި ޣްައްދާރުން !