ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފައްދަވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ރަޖިސްޓްރީ ކުރަން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
މިދިޔަ ފެބްރުއަރީ މަހު އެމްއާރްއެމް އުފެއްދުމަށް އެންމެ ފުރަތަމަ އިލެކްޝަން ކޮމިޝަނުން ހުއްދަ ދޫކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަނަށެވެ.
ނަމަވެސް އެމްއާރްއެމް އުފެއްދުމަށް އާ ހުއްދައެއް މިދިޔަ މޭ މަހުގެ ތެރޭގައި ހެރިޓޭޖް މިނިސްޓަރު އަދި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން އަށް ދީފައެވެ.
Maaiy Allah ah hamdhu kuran. Mikamugai ulhuvvai dhevvi hurihaa akhunnaa ukhthunnah shukuru fahfah kuran. https://t.co/y9fMOZzMAz
— Maumoon Abdul Gayoom (@maumoonagayoom) August 22, 2019
ސިޔާސީ ޕާޓީގެ ގަވައިދުގައިވާ ގޮތުން ޕާޓީ އުފެއްދުމަށް ހުއްދަ ދޫކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ތިން ހާސް މީހުންގެ ސޮޔާއެކު ހުށަހަޅަން ޖެހޭއިރު 3313 ފޯމާއެކު އެމްއާރްއެމް ރަޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ މިއަދުއެވެ.
އެމްއާރްއެމް އަކީ މައުމޫން އުފައްދަވާ ތިންވަނަ ޕާޓީއެވެ. މީގެކުރިން މައުމޫން ވަނީ ޑީއާރްޕީ އާއި ޕީޕީއެމް އުފައްދަވާފައެވެ.
މައުމޫން އާ ޕާޓީއެއް އުފެއްދުމަށް ނިންމެވީ އެމަނިކުފާނު މީގެކުރިން އުފެއްދެވި ޕީޕީއެމް އަލުން އަނބުރާ ނުލިބޭނެ ކަން ތަގީން ވުމުންނެވެ.
ގޮޅާބޯ ތިކަން ހުއްޓާލާނީ ކޮންއިރަކުބާ!!!!!!
މިބެއަށް މަވާސަލާމް.
30 އަހަރު ނުވިކަމެއް ވާނެތަ....
އަހަރެން ތިޕާޓޔާގެން ކުރިޔަށް ދާނަން ޒުވާނުންގެ ގިނަ ބަޔަކު ވަންނާނެ ފުރުޞަތު ބޮޑު ޕާޓީއަކަށް ތިޕާޓީ ހަދާނަން
ވަންނާނެ ޕާޓީއެ ނެތުނީތަ؟ނޫނީ ގިޓައިން ނަރުކެޑުނީތަ؟ގާސިމާ މައުމޫނާ މިއީ މިގައުމުގެ ހަލާކު.. 30ނުފުދިގެން ދަރިންނެރެ ގައުމު ފަސާދަކުރުމުގަ.. ގާސިމު ދައުލަތުގެ ހަޒާނާ ދިރުވާލާ ދައުލަތުގެ ބިންތަކާ ފަޅުރައްތަ ހިބަކޮއްދިނީމަ ހުރެދާނެ މަޑުން އެހެންނޫނީ ބުރުމާ އެބުރި އެބުރި ހުންނާނީ. މިދެމީހުންގެ ކިބައިން ސަލާމަތްވޭތޯ ދުއާކުރޭ.. މިއީ ވަބާއެ މިގައުމަށް ޖެހިފަހުރި..
ދުނިޔެއާއިގެން އުޅުނަސް ބޮޑުވަރު
ދެންކާކުބާ މިޕާޓީ ޖަހައި ގަންނާނީ
އަޅުގަނޑުމެން މި ތިބީ ރައީސް މައުމޫނާ އެކު.
ބެޭބެ މިހާރު މާ މުސްކުޅިފުޅު ވެއްޖެ. ގޭގައި އަރާމުކުރަން ހުންނަވާ. ބޭބެގެ ބެެޭފުޅުންނަކީވެސްވެރިކަމާ ކުފޫ ހަމަވާ ބޭފުޅުންނެއްނޫން. އެކުދިންނަަަަާއިހެދި ނުޫޅުއްވަަަަަާ. ެ އެކުދިން އުޅޭގޮތަށް އުޅެންހަދައިގެން މަވެސް 14 އަހަރު ގެހުކުމެއްގައި ހުންނަންޖެހުނީ އެކަމަކު މަ އޯކޭ .ފޮނުވާލި ރަށުން ސާލިހު އަންބަކާ ހެޔޮލަފާ އަާއިލާއެއްވެސް ލިބުނު.ސަޅިއެއްނު
މީތަ ވެއްޓޭ ބަލިި ޖެހިފަ ހުރި މީހާ ، އަދި ކައިރީގަ މީހުން ބެއިތިއްބުމަށް ޑޮކްޓަރު ލަފާ ދެއްވާފަ ހުރި މީހާ ،
މިހާރު ގަދަފަދަވީދޯ،
އަދިވެސް ޕާޓީ ހަދައިގެން އެލާރިގަނޑު ވެސް ނަގައިގެން އަނެއްކާވެސް ޕާޓީގެ ތެރެއިން ވެރިކަމަށް އައިސް ރައްޔިތުންނަށް އަނިޔާދީ، ރައްޔިތުން އަޅުވެތި ކުރަން މަސައްކަތް ފެށީ.
ޔާﷲ މި ނުބައި މީގެ ކިބައިން މި ޤައުމާއި، ރައްޔިތުން ސަލާމަތް ކޮށްދެއްވާފާންދޭވެ!