ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަރީއަތަކާއި ނުލައި 25 އަހަރަށް ޖަލަށް ލާންޖެހޭ ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭ ޓީވީގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް ޔާމީން ރާއްޖޭގައި ހިންގެވީ ހިޓްލަރުގެ ޒަމާނުގައި ހިންގެވި ފަދަ އަނިޔާވެރި ވެރިކަމެއް ކަމަށެވެ.

"ރައީސް ޔާމީން ކަންކަން ކޮށްފައި ހުރި ގޮތަށް ބަލާ އިރު، ޔާމީން ބައިންދަން ޖެހޭނީ އިތުރު ޝަރީއަތެއް ވެސް ކުރުމަކާ ނުލައި ސީދާ ޖަލުގައި, ސީދާ ކުޑަގޮޅީގަ ބަހައްޓަން ޖެހޭނީ. އެފަދަ މީހެއް އެއީ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ދެން އިތުރަށް ޔާމީނާ އެކު ސިޔާސީ މައިދާނުގައި މަސައްކަތް ކުރާނެ ދުވަހެއް ނާންނާނެ ކަމަށާއި އެކަން އެއްވެސް ހާލަތެއްގައި ނުކުރައްވާނެ ކަމަށެވެ.

ޖާބިރު މިހެން ވިދާޅުވިއިރު ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް އާންމުކޮށް ހުޅުވާލައިގެން މިއަދު ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ. ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. ބޮލުރޮދި

    މިކަލޭގެ ދަށްކާނެ މެންޓަލް ޑޮކުޓަރެއް ނެތްބާ ؟

    85
    2
    • ނަބާ

      ދިޔާނާ ކުރެން އަހާބަލަ އަޅެ މީނާ އަކީ ސިކުނޑި ހަމަޖެހޭ މީހެއްބާ ވައޭ ؟ ރަނގަޅު ޑޮކްޓަރަކަށް ދައްކާގެން ފުރަތަމަ ބޭސް ކުރަންވީ ! އޭގެފަހުން މީނާ މަގުމައްޗަށް ނެރެންވީ! މިކަލޭގެއާއި ހެދި މިހާރު އާންމު އުނދަގުލަކަށް ވެއްޖެ ?? މުޞީބާތެއް ކަހަލަ މީހެއް !!!

      19
  2. މިއަދު

    ޖާބިރު ފުރަތަމަކަމަކީ ޔާމީން ޖަލަށްލުމެއްނޫން ޖަބިރަކީ ޓޫރިޒަމްދާއިރާގެ ވ ފުންނާބު އުސް ބޭފުޅެއް ނުއެނގުމެއްގެތެރޭގައިވެސް އަތުއުނގުޅޭ ފުޅިއަކުން ކުޑަނަމަވެސް އެތިފޮދެއް ބޮވިދާނެކަމަށްޓަކައި މަސްތުވާއެއްޗިއްސާއި ރާ ދަސްކުރަންވީ ދެވަނަކަމެއްގެގޮތުގައި ކޭބަލްކާރުގައި ދަތުރުކުރެވޭނެ އެއްމެކުޑައަގު ކަޑައަޅަންވީ

    68
    1
  3. ްަާށޛޛޛ

    ކަލޭގެ މޮޔަވީިތަ ލޮލީޑޯ

    70
    1
  4. ހ

    މިސޮރު ޖަލަށްލާނީ ކޮންދުވަހަކު؟

    63
    3
  5. ާައަސްލަމް

    ދެންކަލެޔޯ ރަޖމްކުރަންވީ

    52
    2
  6. ބަބުރަކު ކަރުމާލް

    ކޮއިފުޅާ މިހާރު ލޮލީ ޓައްޕު ހިފާއި ގެން ނުކުންނެވި ޔެއްކަމަކު ނުވިކޭނެޔޭ

    61
  7. Juhaa

    ތިޔައީވެސް ޖަލުގައި ބައިންދަންޖެހޭ ބޮޑު ވަގެއް. ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކާ އުޅޭ މީހެއް.

    63
  8. އަބްދުﷲ

    ހޮނޑައިދޫ މައްސަލާގަތަ؟

    63
  9. ގާސިމު

    ޔާމީނު ޖަލައްލާ??????????????????

    6
    69
  10. ޓަވަރު

    ރާބޯކަން ސާބިތުވާ މީހުންނަށް އޮންނަ ހުކުމް އެހަށް ބުނެދީބަލަ ހޭބައްޔާ؟

    68
  11. ޙޮނޑައިދޫބެ

    ހޮނޑައިދޫ އަތިރީގޭ މޫނުގައި ވެލި އުނގުޅުނު ޖާބެ އަކީ ކޭބަލް ކާރުގައި ގާފަރުން ކާށިދޫއަށް ކާށިދޫން ގާފަރަށް ބޭސްފަރުވާއަށް ދަތުރުކުރައްވާ ބޭފުޅެއް. އޭނާއަކީ ބަލި ކުއްޖެއް. އޭނަ ދައްކާ ވާހަކަތަކަށް ކޮމެންޓް ކުރާނީ މަ ކަހަލަ މޮޔައިން.

    56
  12. ޖަޒީރާ

    ކަލޭ ފުރަތަމަ ދައުލަތައް ދައްކަންހުރިލާރިތައްދައްކަބަލަ އެއައްފަހު އަނގަތަޅާބަލަ ތިމާމީހާއައްވާނުވާނޭންގި ގޮސްތިއޮއްހުލިިވާންކައިރިވަނީ ތިމާމެންކުރަންގޮވިކަންތައްވެސް މިހާރުއެދަނީ ތިމާމެންނާ ދެކޮޅައްކުރެވެމުން ތިމާކުރަމުންދާވިޔަފާރިވެސް ބޭރުގައުމުތަކުންއެދަނީ ބްލެކްލިސްޓްކުރަމުން

    46
  13. މާބޭބެ ނޭފަރު

    ޖާބިރަކީ ބުއްދި ހަމަޖެހޭ ވާހަކަ ދައްކާ މީހެއްތަ؟ މީހާ ވާނުވާގައި ހުރެގެން ނިކަން ވާހަކަ ދައްކާބަލަ.

    44
    1
  14. ހިނިތުން

    ޖާބިރު ޖެހެނީ ކުޑަގޮޅީގަ ބާއްވަން

    43
  15. މޯޑް

    ޖާބިރު ކަލޭ ހަމަހޭގަ ހުރެވޭތޯ ބަލާބަލަ

    45
  16. އާލިމް / މާލެ

    އެއްވެސް ޝަރީއަތަކާއި ނުލާ 50 އަހަރަށް ޖާބިރު ޖަލައްލާންވީ. އަނދަގޮނޑި ޖަހާފައި އަނގަ ހައްދު ޖަހާފައި ބަހައްޓާ.

    46
  17. ދިޔާނާ

    ޢެންމެފުރަތަމަވެސް ޖަލަށް ލާންޖެހޭނީ ޖާބިރު

    46
  18. ގަދަކުޑޭ

    ހަމަތަ

    34
  19. ކެޔޮޅު

    ސަރީއަތް ކޮއްފަވެސް ނުކޮއްވެސް ޖަލުގަބާއްވަން އެއްމެރަނގަޅީ ލޮލީޖާބިރުދޯ؟؟

    45
  20. ސަންފީރު2548

    އެޑުވައިޒަރުގެ ލަފާފުޅު

    38
  21. ޖަހާންގީރު

    ޖާބިރު ކަހަލަ ފިނޑިން މި ޤައުމުން ބޭރުކުރަންވީ

    46
  22. ހެޔޮނުވާނެ

    ތިޔަ ދެއްކެވި ވާހަކައަކުން ޖާބިރުގެ ބޮލުރޮދި ކެނޑިފައިވާ ކަމާމެދު އެއްވެސް ޝައްކެއް ނެތް. އަވަހަށް ގައުމުން ބޭރަށް ވަޑައިގެންވިޔަސް ބޮލުރޮދީގައި ގޮށްޖައްސަވާ!

    44
  23. މޫސަ

    ކިތައްމެ ވަރެއް ވިޔަކަސް ދެނެއް އެމް ޑީ ޕީ މެމްބަރުންގެ ތާއިދެއް ނުލިބޭނެ. ތިޔައީ 2023 ވަނަ އަހަރު ހޮނޑައިދޫގެ ރައީސް

    41
  24. މޯދީ

    ކަލޭ ހަމަތަ؟ ދައްކަން އޮތް ޓެކްސް ދައްކަބަލަ.

    41
  25. ފެންނައް ހުރިހަގީގަތް

    ލޮލީ މުއްސަދިވީގޮތް ފައިސާހޯދީ ލޮލީ ވިއްކައިގެންތޯ ނުނީ ފޭރިކައިގެންތޯ ބަލައިދީބަލަ ދިވެހިދައުލަތައް ދައްކަންޖެހޭ ޓެކުސްފައިސާ ހޯދައިދިނުމަށް ސަރުކާރަށްގޮވާލަން

    32
  26. ސޯނާ

    ޖާބިރުއާ އެއްބަސް ، ޖަލުންގޮޅިއެއް ހުސްކުރޭ ޔާމީންޖަލަށްލާން !

    1
    7
  27. ޢަލީ

    ކަލޯ ހޮޑައިޑޫގައި ހުރެގެން ތަ ތިޔަ ވާހަކަ ދައްކަނީ..

  28. ކަހަނބު ވިތްޓޯ ޓޯ

    އެސޮރު މޫނުގައި ދޮންވެލި ލައިގެން އިންނައިރު ލޯބި ގޮތެއްހުރޭ

  29. ޝާހް، ރ.ވާދޫ

    ކަލޯ ކަލެޔަށް ކިރިޔާވެސް ކަލެޔަށް ކިރިޔާވެސް މިސަރުކާރުގަ މިނިވަން ކަމާއެކުހުރެވޭނީ، ރަތްލާޖެހި ގުންޑާއިންނަށް ސަނާކިޔައިގެން. އެހެންނޫނި ކަލޭގެވެސް ކޮންމެސް މައްސަލަޔަކަށް ޓާގެޓްކޮށް ކަލޭވެސް އިންނަންޖެހޭނީ ގޮޅީގަ. އެހެންވީމަ ތިޔަ ޓީވީއަށް އަރާ ކޮންމެސް އަނގައެއް ތަޅަންޖެހޭނެ. އިތުރު ޗޮއިހެއް ނޯންނާނެ.

    10
    1
  30. ލޮލީ

    ޖާބިރު މިހާރު ލޮލީ ވިއްކުން ހުއްޓުމަކަށް ގެނެސްފި.

  31. ސޮނިފުހޭ

    ކޮއިފުޅަަާ ގަދަކުޑޭ ނިޔަާވެއްޖެ . އެެެޭނަގެ ނަން ނުލިޔެޭ

  32. ނަމަ

    ޖާބިރު 25 އަހަރު ވަންދެން ލޮލީ ވިއްކާމަތިން ތިޔަބުނާ ކަންތައްވާނީ

  33. އަފީ

    ބަލަގަ ޖާބިރޫ!!!!! ތިބޭފުޅާ ބޮއެ ރަތްވެގެން ފަޅުރަށެއްގެ ދޮންވެލިގަނޑުމަތީ ބޮނޑަނަ އެއްހެން ތިރިއަށް ބޯޖަހަ ޖަހާ އިން މަންޒަރު ރައްޔިތުންނަށް ވަރަށް ސާފްކޮށް ޓީވީތަކުން ފެނުނޭ! ބަލަގަ ބުރާންޗާ ރައީސް ޔާމީނަށް ސަޕޯޓް ކުރާ އެތަށް ހާސް ބަޔަކު މިގައުމުގަ އެބަ ތިއްބޭ! ބަލަގަ ތިޔަ ޑީ.އާރް. ޕީ އަކީ އަހަރެމެން 2005 ގައި އުފެއްދި ސިޔާސީ ޕާޓީ އެކޭ! ހޭބަލި ނުވެބަލަ!

    4
    1
  34. ހެހެހެ

    މީކޮން މޮޔައެއްތަ؟

  35. ދިޔާނާގެ ބެސްޓް ފްރޭންޑް

    ޔާމީން ލާންވީތަނެއް ޖާބިރަކަށް ނޭނގޭނެ.. ޖާބިރުލާންވީ ތަން ނޭގެއްޏާ ދިޔާނާކުރެން އަހާލާ.އޭރުން އެތަން ބުނެފާނެތޯއްޗެ!