މި ދައުރުގައި ފަހަތަށް ޖެއްސިފައިވާ ދާއިރާތަކުން އަންހެނުން ފައި ހަމަ ކުރާނެ ކަމަށް ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝިދާތާ މިހެން ވިދާޅުވީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ލޯކަލް ކައުންސިލް ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމާއި ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ޝިދާތާ ވިދާޅުވީ އެމްޑީޕީގެ ކައުންސިލް ކޮންފަރެންސް ގައި ރައީސް ވަނީ ކައުންސިލް ތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމާއި މިންތީގެ ހަމަހަމަކަށް ބާރު އަޅުވާފައި ކަމަށާއި މި ދައުރުގައި ފަހަރަށް ޖެއްސިފައިވާ ދާއިރާތަކުން އަންހެނުން ފައި ހަމަ ކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް އިސްލާހުތައް ގެންނަން ބޭނުންވަނީ، މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން، ކައުންސިލުތައް ބާރުވެރިކުރުވައި މަރުކަޒީ ސަރުކާރަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން ކަމަށެވެ.

މީގެއިތުރުން ތަރައްގީގެ ކަންކަމުގައި އަންހެނުންނާއި ޒުވާނުންގެ ރޯލު ފުޅާކޮށް، މުޖުތަމަޢުގެ ކުރިއެރުމަށް އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަކީ، ލާމަރުކަޒީ ނިޒާމުގެ މުހިންމު އެއްބައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ސިޔާސީ ގޮތުން އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، އަންހެނުންގެ ބަހަކީ ފިރިހެނުންނެކޭ އެއް ހަމައެއްގައި މުހިންމު އެއްޗެއްކަން ދެނެގަނެ، ލާމަރުކަޒީ ނިޒާމަށް ގެންނަން މި ހުށަހަޅާ އިޞްލާޙުތަކުގެ ތެރޭގައި، ރަށު އަދި ސިޓީ ކައުންސިލް ގޮނޑީގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރުމަށް ނިންމާފައި ވާނެ" ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ....

    meena mi mavareh nethifa ުulhެ balaa verikameh

  2. Anonymous

    ކީކޭ ބެޑްޝީދާތާ....ތިޔަ ފައިތައް އަނެއްކާ ބެޑްޝީޓް އަޅުވާފަ ގެއްލުވާ ނުލާތި. މިހާރުވެސް އިބްތިހާލުގެ މައްސަލައިގަ ބެޑްޝީޓް އަޅުވައިގެން އެ މައްސަލަ ވީތަނެއް ނޭނގިގެން މިއުޅެނީ.

  3. އޭތި ކަޑަ

    އޭތް މަރީތިތަ

  4. އުގޫފާރު މީހާ

    ޝިދާތާ ފެނުނަސް ރުޅިގަދަވޭ. އަދީބުގޮތައް ނަހަދާނެ އެންމެ ތެދެއްވެސް.

  5. އަނިޔާ

    ޔހޫދީ ވެރިކަމެއްގަ ސިދާތާ އަދިމަސީދާވެސް ތާއީދު ކުރާނެ.