ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކޮއްތަށް ސަރުކާރުން ކުރާ ހަރަދު ނިމުމަކަށް ގެންނަން ތާއީދުކުރައްވާ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މެެމްބަރުންގެ ކޮއްތު ސަރުކާރުން ކުރާ ހަރަދެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެންނަން ވަރަށް ބޮޑަށް ތާއީދުކުރައްވާ ކަމަށެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ ޖަލްސާ އޮންނަ ކޮންމެ ދުވަހަކު ކޮންމެ މެމްބަރެއްގެ ކޮއްތަށް 159.88 ރުފިޔާ ހަރަދުވާ ކަމަށެވެ.

ޖަލްސާ އޮންނަ ކޮންމެ ދުވަހަކު މެމްބަރުންގެ ކޮއްތަށް 13909.56 ރުފިޔާ ހަރަދު ކުރާއިރު މަޖިލީހުގެ ޖަލްސާތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ.

ބޮޑު މުސާރައެއް ލިބޭ މަޖިލީހުގެ މެމްބަރުންގެ ކޮއްތުގެ ކަންކަން ހަމަޖެއްސުމަށް ދައުލަތުން ހަރަދުތަކެއް ކުރާތީ ބައެއް ފަރާތްތަކުން ފާޑުކިތަށް ދަނީ މީސް މީޑިއާގައި އަމާޒުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެ މަޖިލީހުގެ އިދާރާ އިން ދެމުން އަންނަ ކެއުމާއި ސައި ހުއްޓާލުމަށް މަޖިލީހުގެ އާއްމު ކޮމިޓީން 2011 ވަނަ ވަނީ ނިންމުމެއް ވެސް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުރަބޯ

    ކޮއްތު އެކަނިތަ؟ ކަލޭމެންނަށް އާސިއާންގެ ގައުމުތަކުން ބޭސް ކުރެވޭގޮތަށް އޮތްއޮތުންވެސް ނިމުމަކަށް ގެންނަން ޖެހޭ. އަދި ކަލޭމެން އަމިއްލައަށް ކަނޑައަޅާފައިވާ ބޮޑު މުސާރައިން 50% ވެސް ކުޑަކުރަންޖެހޭ. މެންބަރު ކަމަށް ނުހޮވޭއިރު، ރައްޔިތުންގެ މަޖްލިހުގެ މެންބަރުން، ހަމަ ހޮވޭ އިރަށް ސަރުކާރަށް ނުވަތަ އެހެންވެސް ރިލޯޑްކޮށްދޭ ފަރާތަކަށް ފިކުރު ވިއްކާލާނެ. ކަލޭމެންނަށް މުސާރަޔާ ޢިނާޔަތާ ހިމާޔަތާ ދީފަ ރައްޔިތުންގެ ތަރައްގީއަށް ހޭދަ ކުރާނެެެއެއްޗެއް މާލިއްޔާއަކު ނޯވޭ. ވީމާ މިހާރުން މިހާރަށް ތިޔަތަން ބަންދުކޮށްފަ ހުރިހާއެންމެން އެމީހެއްގެ ރަށަކަށް ފޮނުވާލާ.

    • ރައްޔިތު

      ކޮއެފުޅާ ތިކަން އެކަންޏެއް ނޫން..! ރައީސްކަން ކޮށްފަ ތިބޭ މީހުން ގޮތަށް، އެއް ދައުރު ނަމަވެސް މަޖިިލިސްގެ މެންބަރުކަން ކޮށްފިއްޔާ އެމީހެއްގެ މުޅި އުމުރަށް މަހަކު 25،000 ރުފިޔާއާ ތިބުނާ ގައުމުތަކުން އެމީހަކާ އެމީހެއްގެ އަނބި ދަރީންނަށް ބޭސްފަރުވާ ކުރެވޭގޮތަށް ފާސްކޮށްގެން އެވެސް ނަގަމުން ރައްޔިތުންގެ ފައިސާ ހަރާން ގޮތުގަ ކައި ހުސްކުރަމުން އެބަ ގެންދޭ...! ހިވޭތަ ކަމެއް ހެން..!

  2. ކެޔޮޅު

    ކޮއްތު ކނޑަން ނަހަދާ އެއައް ނެގުނައިތުރުކުރަންއުޅޭ ތީވަރައް އަބުރެއް ނެތް އިއްޒަތްތެރިބައެއް!!!