ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ.އަޒްމިރަލްދާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާމެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފިއެވެ.

ރައީސް އިބްރާޙިމް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގަައި ވިދާޅުވީ އެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް އެދުނީ ގާނޫނު އަސާސީގެ 148ވަނަ މާއްދާގެ ހ ގެ ދަށުން ކަމަށެވެ.

ޑރ. އަޒްމިރަލްދާ އަކީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރެއްގެ ގޮތުގައި މަަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވީ 2016 ވަނަ އަހަރުއެވެ.

ސުޖޫންއަކީ ސިވިލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި މަސަައްކަތް ކުރެއްވި ބޭފުޅެކެވެ. 2015 ވަނަ އަހަރު އޭނާ ފަނޑިޔާރުކަމުން އިސްތިއުފާދެއްވިއިރު، އޭނާއަކީ ބާ ކައުންސިލްގެ މެމްބަރެކެވެ.

މިދެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ޖޭއެސްސީގެ ލަފަޔަކަށް ރައީސް އެދިވަޑައިގެންނެވިއިރު، ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ފާސްކޮށްފައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ.

ގާނޫނު އަސާސީ ބުނާގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސް، ރައްޔިތުންގެ މަޖިލީހަށް ނަންތަކެއް ފޮނުއްވުމުން އެ މަޖިލީހުން ފާސް ކޮށްގެންނެވެ.

މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަންހެން ބޭފުޅުން ނޮމިނޭޓްކުރި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ބުރުގާ

    ތީ ބޮޑު ސިއްކަ ލަންކާގެ ހުންނަ އޭނާގެ ބޮޑުކިއްލާ ތެރެއިން ނިންމި ނިންމުމެއް. ތީ ފައިނަލް ނިންމުން. ތިބަދަލެއް ނުވާނެ.

    40
    3
  2. ލަމް325

    ޝޭހުން ދެން އަތްޖަހާ

    86
    3
  3. ޏަން

    ކޮބާތަ އިސްލާމީ ޝަރީޢަތް ކިޔަވާވިދާޅުވެގެން ތިބި ޢިލްމުވެރިންތައް.

    55
    2
  4. ބަަދަވިން

    ﷲ ގަންދީ ހުވާ ކޮށްފާބުނަން ތިޔަކަމެށް ނުކުރެވޭނެ. އަދި ނުވެސް ކުރާނެ

    27
    5
  5. މުހައްމަދު

    މީހަމަ މިއިސްލާމީ ސައްތައިން ސައްތަ ރާއްޖޭގާއުޅޭ ދިވެހި ދެއަންހެނުންތަ؟
    ހަމައަހާލެވުނީ...

    47
    4
  6. ޢަލީ

    އަސްތާ ކޮންފަދަކަމެއްތަ އިސްލާމްދީނަށް ގޮންޖަހަންދޯ ކޮބާދެން ޝޭޚުންތައް ވެރިކަމަށް ގެންނަން ދުވާތައްކޮން މާތްކަލާކޮއްޓަކާ ގޮވިމީހުން ކަނޑައެޅިގެން އެނގޭދޯ އަންނިކަން ބަސްކިޔާނީ ހަދަންވީގޮތް ބުނާނީ..އެހެންމީހަކު އެމަގާމުގަ ނަމެއްގަ ހުއްޓަކަސް..ދެންއެންމެން އަލިބެޔަށް ބޯހުނިހިލާ ވާދޫކަނޑަށް ފޮޅިއަޅާ..އަތްޖަހާ ބާރަށް އަތްޖަހާ...

    43
    4
  7. އަލް ނޫރު

    ބުރުގާ ނެތް ދެ ދައިތަ

    45
    4
  8. ޙބ

    ލާދީނީއޭ ބުނީމަ ބުނާ މީހާ ގޯސްވާނީ

    55
    4
  9. ޚިޔާލު

    ރަސޫލާ ދުޢާ ދެންނެވިފަދަ ވެރިއެއްގެ ކިބައިގައި ހުރި ސިފަތައް. ދީނާއި ޚިލާފު ކޮންމެ ކަމެއް ކުރުމުގައިވެސް މިވެރިން ހަމަ މެކުހަށް! ﷲ އަށް ވަކީލުކުރުން ނޫން ގޮތެއް ހެޔޮ ވިސްނޭ މަދު ދިވެހީންނަކަށް ނެތް. ޔާ ﷲ، މި ނުބައި ވެރިކަމުން އަޅަމެންގެ ގައުމާއި އިބަ އިލާހުގެ ދީން ރައްކައުތެރިކޮށްދެއްވާނދޭވެ!

    54
    3
  10. ނަމަ

    04 އުދަރެސް ފެނުޖެހެން އުޅެނީ ކަންނޭގެމި

    43
    4
  11. ބާދީ

    އޮރިޔާމުން ތިބި އަންހެނުން ވައްދައިގެން ފަނޑިޔާރުގެ އޮރިޔާން ނުކުރޭ! ތިޔަހެން އޮރިޔާމުން އުޅޭ އަންހެނުންނަށް ސުވަރުގޭގެ ވަސްވެސް ނުދެކޭނެ ކަމަށް ހަތް އުޑުމަތިން ބާވައިލެއްވި ފޮތުގައިވޭ!

    19
    2
  12. ޑެއިލް

    މިގައުމު ރަގަޅު މިސްރާބަކަށް ނުދާކަމުގެ މިސާލެއް. ޢެންމެ މަތީ ފަނޑިޔާރުގެއަށް އަންހެނުން އައުމަކީ ބިރުވެރިކަމެއް. ޢަދު ޚުތުބާ ކިއުންވެސް ހަވާލުކުރާނެ.

    20
    2
  13. Anonymous

    ކނބ މުރުތައްދުވީ.

    12
    1
  14. ރަޝީދު

    މިއީ ޢަދުލު އިންސާފުޤާއިމުކުރަންއައި މީހުން. މިމީހުން މިތަނުގައި ޤާއިމުކުރަން މިއުޅެނީ ލާދީނިއްޔަތުގެ އުޞޫލުތައް.އެކަކު މިއުޅެނީ މުޅިޤައުމު އޭނާގެ ބާރުގެ ދަށަށް ނުގެނެވިގެން.

    19
    1
  15. ކޮސްބެ

    ކޮބާ ހީވޭ މުއްލާއިންތަކާ. ދެން ކަލޭމެން ދޭ މަހަށް

    18
    4
  16. ސަޓޯ

    ދިވެހި ނަން ކިޔާ ދިވެހީން އަހަރެމެން ބޭނުންވަނީ....ސޮލީބު ދީނުގެ ނަންކިޔާ މީހުނެއް ބޭނުމެއް ނުވޭ

    7
    1
  17. ލޮލް

    ވަލު ހަންޑިއަކާ ކަނޑު ފުރޭތައެއް