ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ސްޕީޑް ގަން ބޭނުންކުރަން ފަށައިފިއެވެ.

ފުލުުހުން ވިދާޅުވީ، މިއަދުން ފެށިގެން މާލެއާއި ހުޅުމާލެ އަދި ބްރިޖް ސަރަޙައްދުގައި ޓްރެފިކް ފުލުހުން މި ގަން ބޭނުންކުރަަމުން ދާނެ ކަމަށެވެ.

މި ސްޕީޑް ގަންއަކީ މިހާރު ބޭނުންކުރަމުންދާ ގަންއަށްވުރެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ އަދި އޭގައި ބޭނުންކުރެވޭ ފަންކްޝަންތައްވެސް ގިނަ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ޓްރެފިކް ފުލުހުންވެސް ބޭނުންކުރަމުންދާ ވަސީލަތެކެވެ.

އެގޮތުން މި ސްޕީޑް ގަން އިން، ބާރު ސްޕީޑުގައި ދުއްވާ އުޅަނދާއި އުޅަނދު ދުއްވަން އިންނަ މީހާގެ ފޮޓޯ ނަގައި ވަގުތުން ވީޑިއޯ ރެކޯޑްކުރެވޭނެއެވެ. އަދި އުޅަނދުގެ ރަޖިސްޓްރީ ނަންބަރު ރެކޯޑްކުރެވި، އުޅަނދު ދުއްވި ސްޕީޑާއި ދުރުމިން ވަގުތުން އަންގައިދޭނެއެވެ. އަދި މިގަން އިން 0 ން 320 ކިލޯ މީޓަރު ބާރުމިނުގައި ދުއްވާ އުޅަނދުތައް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރެކޯޑްކޮށް، ރެކޯޑްތައް ރައްކާކުރެވޭނެއެވެ.

ޓްރެފިކް ފުލުހުން ކުރިއަށް ގެންދާ އެކިއެކި އޮޕަރޭޝަންތަކުގައި، ބާރު ސްޕީޑްގައި ދުއްވާ ފަރާތްތައް ދެނެގަތުމަށް ފުލުހުން ދަނީ ސްޕީޑް ގަން ބޭނުންކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕާޓޭ ގެ ޑެޑީ

    ތީތި ގަންނަންދޯ ހޭބަލިވަންދެން އިސްޓިކާޖެހީ؟؟

    15
    2
    • އަބޫ

      ކޮންމެ އެއްޗެއް ބަލިވެގެންވެސް އޭތި ގަންނަން އެބަޖެހޭ

      6
      4
  2. މާމިގިލީ މީހާ

    ފުލުހުންނަކީ ބޮޓުންތަކެއް.

    8
    3