އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފުކަމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައީދު ވިދާޅުވެއްޖެއެވެ.

ޝެއިހް އަލީ ޒައީދު މިގޮތަށް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ.އަޒްމިރަލްދާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާމެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގަތުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެެވެ.

ޑރ. އިޔާޒް، އާއި ޝެއިހް އިއްލިޔާސް ޓެގް ކުރައްވައި ޝެއިހް އަލީ ޒައިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އަންހެނުން ޝަރުއީ ކޯޓުތަކުގެ އެއްވެސް މަރުހަލާއެއްގައި، ގާޒީކަމަށް އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާއި، މި ޝަރީއަތުގެ އުސޫލުތަކާއި، ހަމަތަކާއި ކަނޑައެޅިގެން ހިލާފުކަމެއް ކަމަށެވެ.

އެ ޓްވީޓްގައި އަލީ ޒައީދު ވަނީ އިސްލާމީ ޝަރީއަތުގައި އަންހެނުން ގާޟީކަމަށް އިސް ކުރުމުގެ ހުކުމް ދަލީލާއެކު ހިމެނޭ ފޮޓޯތަކެއް އާއްމުކޮށްފައެވެ.

އިސްލާމީ އުންމަތުގެ ގިނަ ޖުމްހޫރީ ދަންނަބޭކަލުން ބުރަވެއްލަވަނީ އަންހެނުން ގާޟީކަމަށް އިސްކުރުަކީ ހުއްދަނުވާނެ ކަމެއް ކަމުގައެވެ. އަދި ހާއްސަގޮތެއްގައި ޖިނާއީ މައްސަލަތައް ބަލައި ހުކުމް ކުރުމަކޯ އެކަނބަލުންނަށް ހުއްދަނުވާނެ ކަމެއްކަމުގައި މުޅިއުންމަތުގެ ގާތްގަނޑަަކަށް ހުރިހާ އިލްމުވެރިން ކަހަލަ ގޮތަކަށް އެއްބަސްވެލައްވާ ކަމަަށް އަލީ ޒައީދުގެ އެ ޕޯސްޓުގައި ވެއެވެ.

އަދި އަންހެނުން ގާޟީކަން ކުރުން ހުއްދަކަމަށް ރިވާވެގެން ވަނީ ވަރަށް ނާދިރު މަދު އިލްމުވެރިއެއްގެ ފުށުން ކަމަށް އޭގައި ވެެއެވެ.

އަދި ރާއްޖޭގެ ފިގުހީ މައްސަލަތަކުގައި އަމަލު ކުރަމުންދާ މަޒްހަބުތަކާއި ފަހުގެ ދަންނަ ބޭކަލުން އުކުލެވޭހެން އުންމަތުގެ ގިނަ ދަންނަބޭކަލުން ބުރަވެލައްވާ ގޮތަށް އަންހެނުން ގާޒީކަަމަށް އިސް ކުރުމަކީ ހުއްދަވެގެން ވާނެ ކަމެއް ނޫނެވެ.

އެގޮތަށް ޝެއިހް އަލީ ޒައީދު ވިދާޅުވުމުން، ޑރ އިޔާޒް ވިދާޅުވީ، ހާމަކުރެއްވީ ކަން އޮތްގޮތް ކަަމަށާއި، ތިއީ ވަރަށް ރަނގަޅު ދިރާސާއެއް ކަމަށެވެ.

މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަންހެން ބޭފުޅުން ނޮމިނޭޓްކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް މި ދެ ބޭފުޅުންގެ ތެރެއިން ޑރ. އަޒްމިރަލްދާ އަކީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރެއްގެ ގޮތުގައި މަަސައްކަތް ކުރެއްވި ބޭފުޅެކެވެ.ސުޖޫންއަކީ ސިވިލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި މަސަައްކަތް ކުރެއްވި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ކަހަނބު ވިތްޓޯ ޓޯ

    އޭނަގެ އައިނު މަށަށް ވަރައް ރީތި

    12
    6
    • ޑޭސް

      އެޢީ ކާފަރުން ހެދި އެއްޗެއް

      6
      3
  2. އެޖެންޑާ 19

    އެކަން އެކަނިތަ އިސްލާމީ ޝަރީއަތާ ހިލާފަށް މިގައުމުގަ ކުރަނީ....،،،އެހެންނޫނަސް މި ގައުމުގަ އިސްލާމީ ޝަރީއަތާ ހިލާފަށް ކަމެއް ކޮއްގެން އަހަރެމެންގެ ޖީލު އަޖައިބެއް ނުވަން...،،،،ސަބަބަކީ އަހަރެމެން ގެ ޖީލަށް އެނގޭ ގައުމަކީ އިސްލާމީ ޝަރީއަތް އޮތް ގައުމެއްނޫންކަން....،،،،ވަރަށް ސާފު،،،،

    52
    3
  3. ސަމީ5454

    ޝޭހުއަތްޖަހަން ހުރޭ ދުއާދެއްވާފަހުރީ

    31
    2
  4. ހަސަންކޮއި

    އިބޫރައީސްއަކީރަސޫލާދުއާދެއްވިބޭފުޅެއް
    މިސަރުކާރުންކަންތައްކުރައްވާނީރަގަޅަށް

    27
    6
  5. ދަންނަ

    އަދި މިކަހަލަ ކިތައްމެކަމެއް މިސަރުކާރު ކިރާނެ ހަމަ އެއްވެސް ހުރަހެއް ނޭޅޭނެ ބަލަން ތިބެންޖެހޭނީ ކިތައްމެ ބޮޑުވަރަކަށްވެސް ކުރާނީ ކޮމަންޓެއް

    33
    4
  6. ޢަލީ

    އޯކޭވާނެ! އިމުރާނުމެން އިލިޔާސްމެން ތިޔައެންމެ ބޭފުޅުން ސަނާކިޔަން ތިބޭނެއެއްނު...އަންނި ކޮއްފިއްޔާ އެއްކަމެއްވެސް ކުށަކަށްވޭތަ ވަތިހަމައެއްނު އިސްލާމްދީނަށް ފުރައްސާރަ ކުރިޔަސް ރައްޔިތުން ތިތިބީ އަންނިބުނިމީހާޔަށް ވޯޓުލައިގެން ހޮވާފަނުން...ދެންތިބޭ އަތްޖަހާން އަތްޖަހާ ދެންއަތްޖަހަމުން ދުވޭދެކޮޅަށް ދިދަނަގާ ބޮނޑިބަތްކަށްކާ ޕާޓީބާއްވާ..އިސްލާމްދީނަށް ގޮންޖެހުމަށް ނުކުތީމަ އުފާފާޅުކުރަންވާނެ އެމްޑީޕީ

    36
    1
  7. އަލް ނޫރު

    ކޮބާ ބޭބޭ ލޯ ހުޅުވާ...

    25
    1
  8. އެކޮއި

    މިހާރު މިސަރުކާރަކީ މާތްވެގެންވާ އިސްލާމް ދީނާ
    ޙިލާފައް ކަންތައްކުރަމުން ދާސަރުކާރެއް އަންހެނުން
    ފަޑިޔާކަމައް އަޔަން ކުރުމަކީ އިސްލާން ދީނާ ޚިލާފުކަމެއް
    ކަމަ އައްސޭހު އަލީ ޒަީދު މިހެން ވިދާޅުވުމުން

    15
  9. އަންނި

    ޒައަދަކަށް ވެސް އަދި އިޔާޒަކަށްވެސް ނޭގޭނެ އަހަރެމެން ކަންތައް ކުރަންޖެހޭނެ ގޮތެއް. ހަމައެކަނި އެގޭނީ ގެރިމޯދޭއަށް. އިޔާޒްމެން ބޭނުން ކޮށްގެން އަރެމެން ކުރަންބޭނުންވި ކަންތައް ކޮށްފިން. އެއީ ވެރިކަން ބަދަލުކުރުން. މިހާރު ތިޔައީ ބޭކާރު ބައެއް. ކެޔޮގަޑު ކެޑީމާ ގަހުގެ ބޭނުން ކެޑުނީ

    16
    2
  10. މޯދީ

    ކީވެގެން ބާ މިސަރުކާރު އިސްލާމީ ސަރިއަތާ
    ޚިލާފުކަންތައް ކުރަނީ

    18
  11. އަމީރު

    ދެން ތިހެން ކިޔާނެ ކަމެއް ނެތް. ކަލޭ ކޮށްފަ ހުރި ޕޯސްޓް ތައް ވެސް ދެކުނިން.

    13
    1
  12. މާމިގިލީ މީހާ

    މާތަންދޮރު އެގިގެން އުޅޭ ބޮޓެއްމީ. ނުބެހޭ ކަމެއްވެސް ނޯވޭ. އައިނުހަލީމާ މީ.

    10
    7
  13. ލަދު

    ތި ދައްކާ ވާހަކަ ވަރައް ތާހިރު... އެމްޑީޕީއަކީ ސެކިއުލާ ވެރިކަމެއް ކުރާނެ ބަޔެކޭ ފާޅުކޮށް ބުނަމުން އައި އިރުވެސް އެމީހުން ވެރިކަމަށް ގެންނަން ތާއީދުކޮށްފަ، އަދި މިހާރުވެސް އެމީހުން ކުރާނެ ކަމެއް ކުރާއިރު ތިހެން ޓްވީޓެއް ކޮއްލާފަ ބެޑްޝީޓް ދަށުގައި އޮތީމަ ތިއޮތީ ޒިންމާ އަދާކުރެވިފަ.. މި ފަސް އަހަރު ނިމޭއިރު، ނުނީ އެއައްވުރެވެސް އަވަހަށް ޝަރުއީ ދާއިރާގެ ނުފޫޒުގަދަ ހުރިހާ މަގާމުތަކަކަށް ސެކިއުލާ މީހުން އައްޔަންކޮށް އަދި ކުރިޔައް އޮތްތާންގައި ޝަރީއާ އެއްކޮށް ފޮހެލާނެ.. އެދުވަހުންވެސް ޓްވީޓެއް ކޮށްލައިގެން ވާޖިބު އަދާކޮއްލީމަ ޝޭހުންގެ ވާޖިބު އަދާވީ..

    19
  14. އައިނުބެ

    އަދިވެސް އުޅޭތި މިވަރުގެ ވެރިކަމެއް ނެތިގެން. ރާކަނިމަސް ކެވޭތަ. ދެން ލަލަލާ މިފަހަރު އިޔާޒުވެސް އިމްރާނުވެސް ބަހެއް ނުބުނާނެ. ތިބެންޖެހޭނީ ފެލި ފެލި.

    20
    1