މިހާރު ރާއްޖޭގައި މިއޮތް ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރު ދުވަހު ކުރިއަށް ގެންދާނެ އާ މަޝްރޫއެއް ނެތްކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ހަވީރު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، މި ސަރުކާރުން އަންނަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ފައްޓަވާފައިވާ މަޝްރޫއުތައް ދެވަނަ ފަހަރަށް ހުޅުވަމުން ކަމަށެވެ. މިސަރުކާރުން އެއްވެސް މަޝްރޫއެއް ފައްޓަވާފައި ނެތްކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން ބަލާއިރު އެއާޕޯޓުގެ އާ ރަންވޭ އަކީ ރައީސް ޔާމީންގެ ވެރިކަމުގައި ފައްޓަވާފައިވާ ކަމެއް ކަމަށްވަނީ ފާހަގަ ކުރައްވާފައެވެ.

"މާދަމާ އަޅުގަނޑު މެނަށް ފެނިދާނެ ދެވަނަ ރަންވޭގައި އާ ބޯޓެއް ޖައްސައި މިހުޅުވަނީ އޭ ބުނަން، އެއީ ރައީސް ޔާމީން ކުރެއްވި ކަމެއް. ސީ ޕްލޭން ޓާމިނަލް އަކީ ރައީސް ޔާމީން ފެއްޓެވި މަސައްކަތެއް." ސައީދު ވިދާޅުވިއެވެ.

އިތުރަށް ސައީދު ވިދާޅުވީ، ރައީސް ޔާމީން ވެރިކަމުގައި ބޮޑެތި މަޝްރޫއުތައް ހިންގީ އެންމެ ގާބިލު ކުންފުނިތަކާ ހަވާލު ކޮށްގެން ކަމަށާއި އެ މަޝްރޫއު ތަކާމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށެވެ.

ސައީދު ވިދާޅުވީ، ބައެއް ކޯލިޝަން ލީޑަރުން މީގެ ކުރިން އެންމެ ބޮޑަށް ނުރުހިގެން ފާޑުކީ ބައެއް މުއާހަދާތައް މިހާރު އެބޭފުޅުންނަށް ކަމުގޮސްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޯދީ

    100 ދުވަސް ނުވަނީސް ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކާ 25 ބުރީގެ 6 ބިލްޑިންގް އަޅާ، 25 ބުރީގެ ހޮސްޕިޓަލެއް އަޅާ އެހުޅުވީ، އެއަރޕޯޓްގެ އާ ރަންވޭއަޅާ އެއަރޕްރޭނެއް އެހުޅުވީ! ބްރިޖްވެސް އަޅާ ނިއްމާލީ 100ދުވަހުންކަމަށް ކޮންމެވެސް ނުކިޔަވާ މެމްބަރެއް ބުނިއަޑުވެސް އެހިން!