"ދަވާލައިފި" ނަމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ވިދާޅުވީ މި އެއްވުން އޮންނާނީ އަންނަ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުގެ ރޭ ކަމަށެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ސުޖާއު މިހެން ވިދާޅުވި ނަމަވެސް މި އެއްވުން ބާއްވާނެ ތަނެއް ވިދާޅެއް ނުވެއެވެ. ސުޖާއު ވިދާޅުވީ މި އެއްވުމުގައި ރައީސް ޔާމީނާއި ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުން ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
މީގެ އިތުރުން ސުޖާއު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ މުހިންމު އިންތިހާބެއް ކަމަށާއި އިންތިހާބަށް އެބޭފުޅުން ތައްޔާރު ވަމުން އަންނަ ކަމަށެވެ.
"ލޯކަލް ކައުންސިލް އިންތިހާބު ގެއްލިއްޖެ ނަމަ މި ރާއްޖެ މިހާރު މިއޮތް ވަޅުގަނޑަށް ވުރެން މާ ފުން ވަޅުގަނޑަށް ވެއްޓޭނެ " ސުޖާއު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަ ދައްކަވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވީ ކުއްލި އަކަށް ބައެއް ބޭފުޅުންނަށް ރައީސް ނަޝީދާއި ރައީސް ޔާމީން ސަރުކާރަށް ވުރެން މި ސަރުކާރު ރަގަޅު ކަމަށް ފެންނާތީ ހައިރާން ވާކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ބޮޑު އެއްވުމަކަށް ތައްޔާރު ވަމުންދާއިރު މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ޔާމީން ބައިވެރިވި ދެ އެއްވުމެއް ބާއްވާފައެވެ.
ދަވާލި ދެމީހުން މިއަދު ފެނިއްޖެ
ރައީސް ޔާމީނުގެ ވެރިކަމުގަނޫންތޯ ތި ހުރިހާއެއްޗެއްވެސް ދަވާލީ. ދެންމިއަދު އެކަމުގެ މުއާމަލާތުކެނޑުނީމަ ކީއްކުރަންތޯ ނުކުންނަންވީ. ????
ދަވާލީމަ ދައުވާ ކުރާތީ ކުރާކަމެއްބާ
ކައިރީގައި އުޅުނު ހެކިވެރިޔާ އާއި ވައްކައްކުރުވި ބައެއް މީހުން ޙާޟިރު ކުރީމާ، ދަވާލީ ކާކު ކަން (ޔާމީނު ބޮޑު ވަގުކަން ) އަހަރެމެން ރާއްޖޭ އެންމެންނަށް މިހާރު އެނގިއްޖެ. އެ ވަގު ކަލޭގެ ގޭ ދޮށުގައި ތި އެއްވުން ބާއްވަން އަވަސްކުރޭ! މި ކޮމެންޓް ޖަހަން ކެރޭނެބާ!
ބަލަގަ ކުންފުނި ވަގަށް ދަވާލައިގެން ސިލޯނުގަ ބަހައްޓައިގެން ކެނެރީގެ ނަސިދަށް ކިޔަވާދިނީ ކާކު ؟މައިޓް ކުންފިނިން ފައިސާ ވަގަށް ނެގިކަމަށް ހުކުމްކޮށް 5 އޭ ކުންފުނި ވިއްކާލާ ގެދޮރު ވިއްކާލީ ކާކުގެ ؟ ބަލަގަ މިހާރު މި އުޅެނީ މާބޮޑު ވައްކަމެއް ކޮށްގެން ނޫންބާ . ބަޖެޓް ކުރި 32 ބިލިއަން ހުސްވެގެން 19 ބިލިއަން ބަޖެޓެއް ފާސްކުރަން . އިންޑިޔާއައެކު ކުރި 1.4 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ކުރިން ނަގާފަ ހުރި ދަރަންޏަށް ވެގެން 32 ބިލިއަން އިންނަގާ ދެއްކީ އެދަރަނި އެގްރީމަންޓް ހެދީ 1.4 ބިލިއން ޑޮލަރު ދިވެހި ރައްޔިތުންގެ ބޮލުގާ އެޅުވުމަށް. މިހާރު މިވަނީ ދަރަނި ދެއްކުމަށް ބޮޑު ވައްކަމެއް ހިންގާފަ 32 ބިލިއްން ރުފިޔާ ހުސްކޮށްފަ. ނޫންނަމަ ބުނެދޭންވިއެއްނު 32 ބިލިަނުން ކުރި ކަންކަން.
ކުރިކަމަކީކަލޭމެން ސަރުކާރުންގާނޫނާހިލާފަށްހިންގާފަހުރިކަންތައްތަކަށްބަދަލުދިނީސާފުވެއްޖެތޯ...
ތި މުޒާހަރާ ކުރުން އެންމެ ރަނގަޅީ ޔާމީނު ދިރިޢުޅޭ ތަނެއްގެ ވަށާ.