ދިވެހި އަންހެނުން އެކި ދާއިރާތަކުން ނުކުންނެވުމަށާއި، އެ އަންހެނުންގެ ފަހަތުގައި ތިއްބަވާނެ ކަމަށް ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝިދާތާ މިގޮތަށް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސުޕްރީމް ކޯޓުގެ ބެންޗަށް ދެ އަންހެން ފަނޑިޔާރުންގެ ނަން ހުށަހެޅުމަށް ޖޭއެސްސީގެ ލަފަޔަކަށް އެދެުމާއި، ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

ޝިދާތާ ވިދާޅުވީ، މިއަދަކީ ތާރީހީ ދުވަހެއް ކަމަށާއި، ހުޅިވިގެން މި ދަނީ ފަހި ފުރުސަތުތަކެއް ކަމަށެވެ.

"ދިވެހި އަންހެނުން ނުކުންނަވާ! ކެރިގެން ނުކުންނަވާ! ނިންމުންތައް ނިންމާ ފެންވަރުގެ މަގާމްތަކަށް ކުރިމަތިލައްވާ، އަޅުގަނޑުމެން ފަހަތުގައި އެބަތިބިން". ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ މިގޮތަށް ވިދާޅުވިއިރު، އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފުކަމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައީދު ވަނީ ވިދާޅުވެފައެވެ.

ޑރ. އިޔާޒް، އާއި ޝެއިހް އިއްލިޔާސް ޓެގް ކުރައްވައި ޝެއިހް އަލީ ޒައިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އަންހެނުން ޝަރުއީ ކޯޓުތަކުގެ އެއްވެސް މަރުހަލާއެއްގައި، ގާޒީކަމަށް އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާއި، މި ޝަރީއަތުގެ އުސޫލުތަކާއި، ހަމަތަކާއި ކަނޑައެޅިގެން ހިލާފުކަމެއް ކަމަށެވެ.

ޝިދާތާއަކީ ދީނީ އިލްމުވެރިން އެންމެ ގިނަ އަދާލަތު ޕާޓީގެ މަޝަވަރާ މަޖިލީސްގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ނަމަ

    ދެން ކުރީގަ ހުންނާނީ އިބިލީސްބާ އަނެންކާ

    69
    1
  2. ނަމެއް ނެތް

    އަސްތާ ކަމަކު ނުދާނެެ ެ އަންހެން ވެރިން ގެއްލިދާާނެެ ނުކުމެއްޖެ ކަމައް ވަންޏާ އޭރުން ގޯސްވީ އެއްނު ބެޑުޝީޓް ދަޝު ވެއްޖިއްޔާ މުޅިން ގޯސް ޚިޔާލެއް ތީ

    71
  3. ސޯލިހް

    ޢޭ އަންހެނާއެވެ. މިނޫން ދުވަހެއް އޮތްކަން ހަނދާން ކުރާށެވެ. އެދުވަހަށް އެއްވެސް ބިރުވެތިވުމެތް ނެތި ތިބާގެ ދުލުން ބޭނުން އެއްޗެއް ކިޔޭތީވެ މި ހުވަފެނީ ދުނިޔޭގެ އަރާމާއި މަންފާ ހޯދުމަށްޓަކާ ތިބާގެ ބަހާއި އަމަލުން ތި ކުރަމުންދާ ކަންތައްތައް ތިބާއާއި ދެކޮޅަށް އާޙިރަތުގައި ހެކިބަސް ދޭނެއެވެ. ޢަދި ސަލާމަތްކުރާނޭ އެކަކުވެސް ނާނާނެއެވެ. ވީމާ ތިބާ އަޥަހަށް ތައުބާވެ އިސްލާހުވާށެވެ. ވަގުތު ފާއިތުވުމުގެ ކުރިންނެވެ.

    91
    2
  4. ތަރަފަނަޓޯޓޯ

    އެމަންޖެ އަކަށް އެއްވެސް ކަމެއްނުވާނެ .މަށެއް އެމަންޖެ ފަހަތަކަށް ނާރާނަން.

    58
    1
  5. ޛސ

    ތަންތާގައި ތިބޭ ގަމާރުންނަކަށް ނޭގޭ ދީނުގައި ހުކުމް އޮންނަނީ ކިހިނެއް ކަމެއް. އެހެން ދުވަހެއް އަންނާނެކަމަށް ބަލައިގެން އުޅޭ ބައެއް ނޫންވިއްޔާ...

    67
  6. އޮނު

    ޝިދާތާ ފަހަތުގަހުންނާނީ ގެއްލޭ ބެޑްޝިޓެއް ހިފައިގެން. ކަމެއްވާއިރަށް ފިލާނެ. އިބްތިހާލު މައްސަލައިގަ ޒިންމާއިން ރެކެން އިސްތިޢުފާދީފަ އަވަހަށްފިލީ. ދެން އެއައްވުރެ މަތީ މަޤާމަކަށް އައިސް ދަޢުލަތުގެ ބެލުމުގެދަށުގަތިބި ކުދިން ގެއްލުވަންފެށީ. މިދައިތާ މީ ލަދެއްހަޔާތެއް ވެސް ހުންނަމީހެއްނޫނޭ.

    68
  7. ބެޑުޝީޓު

    އަންހެނުން ކުރި އަރާށޭ ބުނީމާ އޭގެ މާނައަކީ ﷲ ނަހީ ކުރެއްވި ކަންތައްތައް ކުރަން ނިކުތުމެއް ނޫން... ފަނޑިޔާރު ކަމާ ގާޒީ ކަމަކީ އަންހެނުން ކުރަން ހަރާމް ކަންތައް. އަންހެނެއް މިހެން މި ބުނީ ވެސް. ދެން އަތް ޖަހާ. މިދައިތަ އަރާ ހުރެ ސަހަލު ވާހަކަ އެއް ނޫން އެއްޗެއް އެބަ ކިޔާތަ.

    51
    • ....

      ސަހަލު ވާހަކަތަ އެއީ...މަށަށްވެސް އެނގޭ ބުނަންތިއުޅޭ އެއްޗެއް...އެކަމަކު ޖުމްލަ ކިޔާލަބަލަ...

      3
      7
  8. ދދދދދދ

    ކަލެއަކާ ބަޔަކު އަޅައެއްނުލާ ފަހަތުގަ މަޑުކޮށްލާ.

    43
  9. Anonymous

    ލާދީނީ ބައެއް ޖަހާލަތަކީ. މުރުތައްދު ވެފަ ތިޔާ ތިބީ

    31
    1
    • މޮޔައެނޮނިމަސް

      އެއްކަލަ ބޯގޯސް ހާބީ

      7
      21
  10. ބޮޑޭ

    ގެއްލޭ ބެޑްޝީޓު. ދީނާ ހިލާފުކަންކަމަށް ހިތްވަރުދެއްވާ. މަގާމެއްގެ ސަބަބުން ހެއްދެފަރާތަށް ގޮން ޖަހަންނޫޅޭ.

    39
  11. شي ދައިތާ

    މަގޭ މިނިވަންކަމަށް އަރައި ނުގަނެބަލާ.....! މަވެސް ހިޔާލެކޭ ހަމަ ދިވެހިރައްޔިތުންނަށް ދިނީ. އެކަން ގަބޫލުކުރާ މީހަކު ހުރިއްޔާ މަގޭ މިބޮޑު ބެޑުޝީޓު ދަށަށް ވަދޭ. އެންމެން އާދޭ.

    19
    1
  12. އަން

    ތިޔާބެޑްޝީޓަކީ ޙަކީމަތުލް އަޤްލާގެ ތާކިހާތަ؟ ތިހާއަވަހަށް ތިޔާގެއްލެނީ.

    22
  13. އެދައިތާ

    މީނަގެހުރިގޮތްކުޑަކަންބަލާބަލަ ދީނީޢިލްމުވެރިޔަކު މިކަންތައްއޮތްގޮތް ރަނގަޅައް އޮޅުންފިލުވައިދިނީމާ ކަނޑައެޅިގެން ފާޅުގަހިއްވަރުދެނީ މިކަހަލަމީހުންނަކީ މަޤާމްގެދަހިވެތިކަމުގަ ދީންވެސްދޫކޮއްލަންފަހައްޖެހޭނެ ބައެއްނޫން

    35
    1
  14. ކޮރަލް

    ނިކުންނަންވީ ފިރިހެނުންނެވެ. ސިވިލްސާވިސްގަ މިހާރުވެސް ގިނައީ އަން ހެނުންނެވެ.

    17
  15. މުހައްމަދު ހަސަން

    އިސްލާމީ ދީނުގެ އުސޫލުތަކާއި ކަނޑައެޅިފައިވާ އިންތަކުގެ ތެރެއިން އަހެނުން ބާރުވެރި ކުރުވަންވީ އެހެން ނަމަވެސް އިސްލާމީ ޝަރީއަތާއި އެސަރީއަތުގެ އުސޫލްތަކާއި ކަނޑައެޅިން ޚިލާފްވާ ގޮތަށް ކޮންމެ ސަރުކާރަކުން ކުރިޔަސް ވާނީ ގޯހަކަށް އަދި އެކަންކަމަށް މިނިސްޓަރ ހިއްވަރު ދިނަސް ގޯސްކަމެއް ރަގަޅެއް ނުކުރުވޭނެ އަދި އެކަން ބަލައިގަންނާނެ ހަމަބުއްދި ހުރި މީހަކު ނުހުންނާނެ

    31
  16. ބެޑްޝީޓްގެ އަމާ

    މިއުޅެނީ ދުނިޔައިން މޮޔަވެގެނެއްނޫން މިދައިތަގެ ފަހަތައް އަރާކަށް.

    19
  17. މޫސަ

    ދީނާ ޚިލާފުވިޔަސް ވަޒީފާ ހިމާޔަތް ކުރަން ދޯ ތިޔަ ވިސްނަނީ. ދީނީ އިލްމުވެރިންގެ އަދާލަތު ޕާޓީގެ މެމްބަރެއް ދޯ މިއީ.

    17
  18. ރ

    ޤިޔާމަތް ދުވަހު ކޮންތާބާ ވަންނާނީ ފަހަތުން ހަމަދާނެßު

    12
  19. އިބޫ

    އަދާލަތު މީހެކޯ ބަލާބަލަ ބުމަ ހަދާލާފަ ހުރިވަރު... މި އިންސާނަކަށް ނޭނގޭބާ އެއީ ހުއްދަކަމެއް ނޫންކަން.. އަނެއްކާ މިކިޔަނީ ކޮންކަމަކަށް ނިކުންނާށޭތަ..؟

    17
    1
    • ދަތްދީދީ

      ދެން އޮތީ މިޔަރު ދަތްޕިލައިން އެއްބައި އުފުރުން ދޯ ސީދައިތާ..!

  20. ކުމްކުމް

    މީހަމަ އިބިލީސް

  21. އާމިނަ

    ކަމަނާ ބުނަން ރަނގަޅު ވާހަކައެއް.
    އިސްލާމް ދީނަށް ގޮންޖަހަށް ނަހައްދަވާ. އިސްތިއުފާ ދެއްވާފަ ގެއަށް ވަޑައި ގަންނަވާ.

  22. ފާތުން

    މަގާމުގެ ދަހިވެތިކަމުގައި އިސްލާމްް ދީނުގައި ކަނޑައެޅިފައިވާ ހުކުމްތަކަށް ގޮންޖައްސަވަނީ ތޯ؟

  23. ތެދު

    އިސްލާމްދީނުގެ ކަންފުޅެއްވެސް ނެތް މީހެއްތަމީ؟؟؟

  24. ރަސީދު

    ތީ ވަރައް ޖަނަވާރު އުޅުން ހުރި އަންހެނެއް

  25. ސޮނިފުހޭ

    ބެޑުޝީޓު ކޮބާ؟