ޏ. ފުވައްމުލައް ސިޓީގައި އަޅާ 800 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މިއީ ދެކުނުގެ ސަރަހައްދުގައި ފަހިދިރިއުޅުން މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 5000 ހައުސިންގ ޔުނިޓުގެ ތެރެއިން ފުވައްމުލަކުގައި އެޅުމަށް ހަމަޖެހިފައިވާ 800 ހައުސިންގް ޔުނިޓެވެ. މިހައުސިންގ ޔުނިޓްތަކަށް ކުރިމަތިލާ ފަރާތްތަކުން މަދުވެގެން 900 އަކަފޫޓޫ ބިމެއް އޮންނަން ޖެހެއެވެ.

އެ ސިޓީގެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގައި ހިމެނޭ ހައުސިންގ ޔުނިޓް އަޅައިދިނުމުގެ މަޝްރޫޢުގެ ދަށުން ފުވައްމުލަކު ސިޓީގައި ހައުސިންގ ޔުނިޓްތައް އެޅުމަށް ހަމަޖެހިފައިވާކަމަށެވެ.

އެ އެގޮތުން ދިރިއުޅުމަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގޯތީގައި ގެދޮރު އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ މަޝްރޫޢުގެ ދަށުން ގެ އެޅުމަށް ހަމަޖެހިފައިވާކަމަށް އެ އިއުލާނުގައި ވެއެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ، މިމަޝްރޫޢުގެ ދަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކުން އެކަަމަށް އެދޭ ފޯމް އަންނަ ސެޕްޓެމްްބަރު މަހުގެ އަށްވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ފުރިހަމަކުރުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހެޅުމަށް އެ އިއުލާނުގައި ވެއެވެ.

މިދިޔަ ސަރުކާރުންވެސް ފުވައްމުލައް ސިޓީގައިވަނީ 200 ހައުސިންގ ޔުނިޓް އަޅާފައެވެ