ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލުން ކާމިޔާބު އޮޕަރޭޝަނެއްކޮށް ބީރުވި ދިވެއްސެއްގެ އިވުން އިއާދަކޮށްދީފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، އެ ހޮސްޕިޓަލުން ދިވެހި އަންހެނެއްގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އޭނާއަކީ މީގެ 10 އަހަރު ކުރިން ދެ ކަންފަތްވެސް ބީރުވެފައި ވާ އަންހެނެއް ކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތު ދިނެވެ.

ނަމަވެސް އެ މީހާއާ ގުޅޭ އިތުރު ތަފްސީލެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

ގދ، އަތޮޅަށް ނިސްބަތްވާ މެދު އުމުރުގެ އެ އަންހެން މީހާގެ އޮޕަރޭޝަންކޮށްފައި ވަނީ އެ ހޮސްޕިޓަލްގެ ސެޕްޝަލިސްޓެކެވެ. އޮޕަރޭޝަންކޮށްފައި ވަނީ އެ މީހާގެ އެއް ކަންފަތެވެ. އޭނާގެ އަނެއް ކަންފަތް އޮޕަރޭޝަން ކުރަން ނިންމާފައި ވަނީ ފަހުންނެވެ.

އެ މީހާގެ އޮޕަރޭޝަންކޮށްފައި ވަނީ މިިދިޔަ މާރިޗް މަސް ތެރޭގައެވެ. އޭނާ ފޮލޯއަޕް މިއަދު ހެދިިއިރު، އެ ކަންފަތުން އަޑު އިވޭ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އެ މީހާއަކީ މީގެ ކުރިން އަވައްޓެރިން އެހެން ގައުމުތަކުންވެސް އެ މައްސަލާގައި ޑޮކްޓަރަށް ދެއްކި މީހެކެވެ.

އެ ހޮސްޕިޓަލުން މީގެ ކުރިންވެސް ވަނީ ކާމިޔާބު ބޮޑެތި އޮޕަރޭޝަންތައްކޮށްފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ އެންމެ މަތީ ފެންވަރުގެ ވަސީލަތްތަކާއި ގިނަ ސްޕެޝަލިސްޓުންނާ އެކު ޚިދުމަތް ދެމުން އަންނަ ހޮސްޕިޓަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ާޫޫ މަަަރިޔަނާ

    މަވެސް ހާދަ ދާ ހިތްވާ ތަނެކޭ އެއީ ހިލޭ ދެއްކޭނަމަ މައޮއްނާނީ އެތަނަން ވަދެ

  2. ......

    ޓްރީޓޮޕްއިން އެކަންކޮށްދޭނެ ގޮތެއް ކިޔާލަދީބަލަ...ﷲ ތަޢާލާ ގެންދަވާނީވެސް އިޔާދަކޮށްދެވޭނީވެސް....

    22
    2
  3. ވާނުވާ

    އާސަންދަ ރާއްޖެ އިން ބޭރަށް މީހުން ފޮނުވުމެ ބަދަލުގައި ޓްރީޓޮޕް އަށް ރެފާ ކުރުން ކިހިނެއް ވާނެތޯ؟

    13
  4. ވަބާރުޒު

    ތިއީ އިހަކަށްދުވަހު ދައުލަތުން 6 މިލިޔަން ރުފިޔާގެ ބަދަލުދޭން ނިންމި ކުއްޖާ. އެލާރިއަށް އެކިއްޖާއަށް އެކަން އެކުރެވުނީ. އަދި މިގޮތަށް ކިޔަށްކުދިންނެއް އުޅޭނެބާ ބަދަލު ނުލިބި ފައިސާ ނުލިބިގެން ފަރުވާ ނުކުރެވި. އެކިއްޖާގެ ޅައުމުރު އެދިޔައީ އެކަމާހުރެ ނުކިޔެވި ބާކީ ހުރި ލާރިން ކުރިޔަށް އޮތްތަނުގައި ކިޔަވާ މޮޅުކިއްޖަކަށް ވާނެކަމަށް އުއްމީދުކުރަން.

  5. ގަލަން

    ސުރުހީގެ ރަނގަޅު ގޮތް:

    އިވުމުގެ މައްސަލައަށް ޓްރީ ޓޮޕުން ކާމިޔާބު އޮޕަރޭޝަނެއް ކުރި ބީރު ދިވެއްސަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އިވުން އިއާދަކޮށްދެއްވައިފި.

    21
    2
  6. ސޮނިފުހޭ

    ސަޅި އަހަރުމެން ފަހުރުވެރި ވަނީ ތިފަދަ ކަންތަށް ކުރަށްވަާ ބޭފުޅުންނަށްޓަކައި

  7. ޓްރީ ބޮޓަމް

    ތިޔަތަނުން އޮޕަރޭޝަން ކޮށްގެން ނުކުޅެދޭމީހުނަށް ހަދާލި މީހުންގެވާހަކަ ނިކަން ޖަހާލަބަލަ