އަންހެނުންނާއި ފަނޑިޔާރުކަން ހަވާލުކުރި މީހާ އާއި ހަވާލުވި މީހާ ވެސް ފާފަވެރިވާނެ ކަމަށް ރާއްޖޭގެ ފަތުވާ މަޖިލިސް ވިދާޅުވެއްޖެއެވެ.

އަންހެނުން ފަނޑިޔާރުކަން ކުރުމާއި ބެހޭ ގޮތުން އިސްލާމްދީނުގައި އޮތް ތިން ރައުޔު ދިރާސާ ކުރުމަށް ފަހު ރާއްޖޭގެ ފަތުވާ މަޖިލީހުން ވިދާޅުވީ އެމަޖިލީހަށް ގަބޫލު ކުރެވޭ ރައުޔަކީ ޖުމްހޫރު އިލްމުވެރިންގެ ރައުޔު ކަމަށެވެ.

އެއީ އެއްވެސް ކަހަލަ ގަޟިއްޔާއެއްގައި، އެއީ މުދަލާއި ގުޅޭ ކަމަކަށްވިޔަސް ނުވަތަ ޤިޞާޞާއި، ޙައްދުތަކާއި ގުޅުންހުރި ކަމެއްކަމުގައި ވިޔަސް އަދި އެނޫން މައްސަލައެއް ކަމުގައި ވިޔަސް އެމައްސަލަތައް ބަލައި ޙުކުމް ކުރުމަށް އަންހެނަކާއި ހަވާލު ކުރުމީ ހުއްދަނޫން ޙަރާމް ކަމެއް ކަމަށް ބަޔާން ކޮށްފައި އޮންނަ ރައުޔެކެވެ.

މިރައުޔަށް ބަލާއިރު ފަނޑިޔާރު ކަން އަންހެނަކާއި ހަވާލުކުރި މީހާ އާއި ހަވާލުވެވުނު މީހާ ވެސް ފާފަވެރިވާނެ ކަމަށް ފަތުވާ މަޖިލީހުގެ ނިންމެވުމުގައި ވެއެވެ. އަދި އަންހެނަކު އިއްވާ ޙުކުމަކީ ޙައްޤަށް ވާސިލް ވިޔަސް ތަންފީޒު ނުކުރެވޭނެ ޙުކުމެއް ކަމަށް ފަތުވާ މަޖިލީހުން ވިދާޅުވެއެވެ.

"އެއީ އެރައުޔުގެ ދަލީލްތަކާއި ހުއްޖަތުތަކުގެ ވަރުގަދަ ކަމުންނެވެ. އަދި އެއީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ރައުޔަށް ވާތީއެވެ." ފަތުވާ މަޖިލީހުގެ ނިންމުމުގައި ވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ޤާނޫނަށް އިސްލާހު ގެނައުމާއި އެކު އެމަގާމަށް ދެއަންހެން ބޭފުޅަކު އައްޔަން ކުރައްވަން ރައީސް ޞާލިހް ނިންމަވާ އެބޭފުޅުންގެ ނަންތައް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަނީ ފޮނުވާފައެވެ.

ނަންތައް ދިރާސާ ކުރުމަށް ފަހު ޖޭއެސްސީގެ އެންގުން ރައީސް އަށް އެންގެވުމުން އެނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަކީ ރައީސް ކުރައްވަން ޖެހޭ ކަމެކެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ މަޖިލީހުން ފާސްކުރުމުން ރައީސް އެވެ.

އެހެންކަމުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުމުގައި ރައީސްގެ އިތުރުން، ޖޭއެސްސީގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވާނެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ރައީސް ޞާލިހް ޖޭއެސްސީ އަށް ފޮނުވީ ޑރ.އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދުގެ ނަންފުޅެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ހުސައިން

    އިބޫ ހަމަތޯ މިހާރުބަލަންވެއްޖެ 37 މިލޔަން 4.2 މިލިޔަން
    މީ ދޮގެއްތަ

    68
    2
  2. ސަޓޯ

    އިސްލާމް ދީން ޓާޓާ... ދިވެހިން އިސްލާމް ދީން ބޭނުންނުވާތި ޔަހޫދީ އިބުރޭއަށް ވެރިކަން ދިނީ..

    56
    5
  3. ހަސަންތަކުރު

    އޮޅުވާލިއިންތިޚާބު2018 އޮޅުވާލިއިންތިޚާބު2018

    51
    3
  4. ނަޖީބު އައްބާސް

    އަޖައިބެއް ނުވާނެ ތިކަން އެގެޔޭ އެންމެނައް ވެސް! ބަނުގުރަލާ އުރުމަސް ވިއްކައިގެން ދިރިއުމުގެ ބޭނުންތައް ނުފުއްދޭނެ ކަން ރައްޔަތުނައް އެގޭ އެކަމަކުވެސް މައްސަލަކައް ނުހަދަޔޭނޫން

    9
    26
    • އަން

      ތިޔަކަން އެގިހުރެއެއްނުން ކުރީގައވެސް އއމަންޖެ ފަޑިޔާރުކަން ކުރީ. ހަމައެކަނި މައްސަލަ ތިޖެހެނީ ސުޕްރީމްކޯޓަށް އައްޔަންކުރަން ވީމަތަ

      1
      2
  5. އާމިނަ

    އިސްލާމް ދީނުގައި އަންގަވާފައި ގޮތަށް ކަންކަން ކުރީމާ މިސަރުކާރަށް ވެރިކަން ނުކުރެވެނީބާ؟
    ކޮބައިތޯ މިސަރުކާރު ފެންނަށް ބުރަކަށް މަސައްކަތް ކުރެއްވި ޝޭޚުންތައް؟ކީކޭތޯ މިކަމާ ވިދާޅުަވަނީ.؟މިކަންވެސް ޝޭޚުންގެ ފުރިހަމަ ތާއީދާއި އެކުތޯ ނިންމެވީ؟ދުޢާދެއްވާފަ ހުރި ވެރިއެކޭ ވިދާޅުވި އަޑުއެހިން

    25
    2
    • ސަޓާ

      މިކަމުގައިލްޔާސާއިޔާޒުގެ ބަހެއް ކޮންމެހެންވެސް ބޭނުން ކޮބައިތަ އެމީހުން ސަރުކާރުން ކުރާ ކަމަކާ ދެކޮޅަށް އިލްޔާސަކަށް މިހާރު އެއްޗެއް ނުބުނެ ވޭނެ ދޮއްތަ އެކަމަކު އިޔާޒުކޮބާ!

  6. ވަރައްސަލާމް

    ޢަންހެނުންގެ ހައްގު ހިމާޔަތްކުރުމުގަ އިސްލާންދީން ވަރެއް ނެތްކަމަށް ވަރަށް ގިނައިލްމުވެރިން ކިޔައި އުޅޭއަޑު އެހިން

    2
    15
    • މައިސޫލް

      ކިޔައި އުޅޭ އަޑު އިވޭނެ ޒުލުގަ ތިބޭ ޖަނަވާރުތަކައްވެސް. އެކަމަކު އިސްލާމް ދީނުގެ ހެވާއި ހަގީގަތް ފަހުމްވާނީ ބުއްދި ލިބިގެން.

  7. ޜޯޒް

    އާފްގާނިސްތާނަށް ގޮސް ތިޒާތުގެ ހޭނުޖެހޭ ފަތުވާނެރެބަލަ

    1
    27
    • ނަޒީރު

      ކަލޭމެންނައް ކަމުދާނެ ޔޫރަޕުގެ ހުރިހާ ފަތުވާއެއް. އެއީ ގުދުރަތުގެ ގާނޫނާއި ދެކޮޅައް ފިރިހެނުން ފިރިހެނުންނާއި އެކު ޖުންސީ ގުޅުން ހިންގިކަމުގައި ވިޔަސް. އެއީ އެންމެ ރީތި ގޮތަް ދޯ.. އެއީ 'ސައިންޓިފިކު' ގޮތް ދޯ.. ހެއްދެވިފފަރާތެއް ނުހުރެޔޯ ވީމާ ތިމާމެން ބޭނުން ގޮތަކަށޯ އުޅެންވާނީ.. ދެން ގޮސް ހެއްދެވިފަރާތުގެ އެއްވެސް ހައްގެއްވެސް ނޯވެޔޯ.. އެކަމަކު އެއްޖިންސުން ގުޅުން ހިންގުނުގެ ހައްގާއި ރާމާ މަކުނުގެ ހައްގު އިންސާނުންގެ ހައްގަ ވުރެ ބޮޑޯ.. އަދި އިންސާނުން އުފެދުނީ މަކުނުންނޯ.. އެހެންވީމާ ޒުލުގަ ތިބޭ ނަކުނަކީ އިންސާނުންނޯ.. އެކަމަކު އެޔަކައް ހައްގެއް ނެތޯ. މިކަހަލ ޔޫރަޕުގައުޅޭ ޓިސޫކޮޅަކުން ގައިންތާހިރުވެގެން އުޅޭ ބަޔަކުގެ ފަތުވާ ކަލޭމެންނައް ރަނގަޅު ފަތުވާއަކައްވަނީ.

  8. ކޮމޮލިކާ

    އިސްލާމީ ގައުމުތައް ކަމަށްވާ ޕާކިސްތާނާއި މިސްރު މޮރޮކޯ މެލޭޝިއާ ތަންތަނުގައި އަންހެން ޖަޖުން ތިބޭތާ އެތަކެއް އަހަރުތަކެއް ވެއްޖެ ދީނުގައި ހަރާމްކަމެއް ނަމަ މިތަންތަނުން ތިކަމެއް ނުކުރީސް

    1
    24
    • ލިން

      އެއީ އެ ޤައުމުތަކުގަ އަމަލުކުރާ މަޒުހަބުގެ ގޮރުން.. ކޮންމެ އަކަސް މިއީ އިލްމުވެރިންގެ އިޙްތިލާފު އިތް މައްސަލައެއް

      2
      2
      • މަހިންދާ

        މަޒުހަބަކާއި ގުޅިގެނެއްނޫން.. އެތަންތަނައްވެސް ރާއްޖެއައް ވަދެގެން މިއުޅެކަހަލަ ހުޅަނގުގެ ފިތުނަ ސިޔާސީ ދޮރުތަކުން ވަދެގެން ހިންގާފަ ހުންނަ ޖަރީމާ. މިހާރު ސައުދީއައްވެސް އެހެން ވަމުންނެއްނުން އެދަނީ. ދުވަސްކޮޅަކުން ސުނީތާމެން ސައުދީގައި ނެށުނުގެ ކޮންސަޓުވެސް ބާއްވަން ގޮސްދާނެ.

  9. އަލީބަލީ

    މީގެ ކުރިން އަންހެނަކު ރާއްޖޭގައި ފަޑިޔާރުކަން ނުކުރަނީތަ؟ ދުނިޔޭގެ ބޮޑެތި މުސްލިމު ގައުމުގައި އެތައް އަންހެނުންނެއް މިހާރުވެސް ފަޑިޔާރުކަން ކުރޭ. ޕާކިސްތާނު، ގަތަރު، ޔޫއޭއީ، ބަންގްލާދޭޝް ގައިވެސް. މޮޔަ ނުވޭ!

  10. ޢަފްލާ

    މިގައުމުގަ ކޮރަޕްޝަންގެ ވާހަކަ ދެއްކޭނެ ހަމަ އެކަކުވެސް ނެތް މިސަރުކާރަކީ ކޮރަޕްޝަން އެންމެ ފިނަ ސަރުކާރު އެހެންނޫންތޯ

    • ސަޔާން

      މިސަރުކާަރަކުން ނުހިންގާނެ ކަރަޕްސަނެއް. މި މިމީހުން ބޭނުންވަނީ ފިތުނަ ފަސާދަ ހިންގަން. އަދި އިބޫ ހަލާކުކުރަން ފައިނަގައިގެން އުޅެނީ ނަޝީދު. އޭނާ ބޮޑުވަޒީރައްވާންވެގެން..

  11. އަޒީޒު

    މީގެ ކުރިން ކޮބާ ތި މަޖިލިސް؟؟ މިއީ ރާއްޖޭގަ އަލަށް ކުރާކަމެއްތަ؟ އެހެނަސް ޖިނާއީ މައްސަލަތައް ފިޔަވާ މަދަމީ މައްސަލަތައް ބެލޭނެކަމާމެދު އިލްމުވެރިންގެ މެދުގަ އިޙްތިލާފު އުފެދިފައިވޭ.. ސުުފުރީމު ކޯޓުގަ 7 ފަނޑިޔާރުން ތިބޭއިރު ޖިނާއީ މައްސަލަތަކަށް އަނެއް 5 ފަނޑިޔާރުން ހާއްސަކުރެވިދާނެ

  12. ނުރަބޯ

    ކޮބާ ސޯލިހޫ އަވަހަށް ފަތުވާ މަޖްލިސް އައު ކުރަމާ. އެތަނުގައިވެސް ތިބެންވާނީ ކަލޭމެން އެދޭ ކޮންމެ ކަމަކަށް އާނ ބަސް ބުނާކަހަލަ ޕަޕެޓުން.

    • ފަތުވާކޮމިޓީ

      ފަތުވާ މަޖިލީހުގެ ރައީސަކައް ޖާބިރު އަދި ނައިބުރައީސަކައް ރީކޯ މޫސަ އަދި އިލްމުވެރިންގެ މުފްތީއަކައް ވެލިޒިނޭ.. ޑެޕިއުޓީ މުފްތީއަކައް އާނިޔާ.. ފަތުވާ ދިރާސާ ކުރާނީ އިބުރާ ދެން ދަރުސް ނަގާދޭނީ ޕުރީޕެއިޑް ސިއުނާ އާއި ސަހިންދާއާއި ޖޮއިންޓުކޮއް.

  13. ކަހަނބު ވިތްޓޯ ޓޯ

    ޔޫރަޕް ގޮވާލާ އަންހެނުންގެ ހައްގު އިސްލަާމީ ގައުމުތަކަށް ނުފެތޭނެ ދިވެހި ތާރީހްދުއް މަހަާ ރެހިންދި އެނދި މަރިޔަބު ގެ ވާހަކަ ކިޔަާލަބަލަ

  14. ޙާމަ

    ޢިބޫ އަކީ ދީނީކަންތައްތައް ރަނގަޅަށް އޮޅުންފިލާފައިވާ ބޭފުޅަކަށް ނުވާތީ އަންހެނުން އިސްކުރެވުނީ ކަމައްވެދާނެ. ކޮބާ އިމްރާން. މިހާރު ހުރިހާ ކަމެއް ހުއްދަތޯ؟

  15. ހުސޭނާ

    އެހެންކަމެއް ވެއްޖެޔާ ވެރިކަމުގެ ޟަރުތު ފުރިހަމަ ނުވާނެ،އިސްތިއުފާ ދީ ނޫނީ ވެރިކަމުން ބާލުވަންޖެހޭނީ ރައްޔިތުން

  16. ހުސޭނާ

    ވެރިކަމުން ފައިބާ ކުފޫ ހަމަނުވޭ،އިސްލާމީ އުސޫލާ ހިލާފުވެއްޖެނަމަ ދެން އޮތޯ ރައްޔަތުން މިކަމުގައި ގޮތެއް ނިންމުން