ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި އޮތް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 22 ކުއްޖަކަށް އަނިޔާކުރި ކަމަށް ބުނާ ހާދިސާތަކަކީ ނިމިގެން ދިޔަ ސަރުކާރުގައި ހިނގާފައިވާ ހާދިސާތަކެއް ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީން މިހެން ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ރިޕޯޓާއި ގުޅިގެން މިރޭ ކުރި ޓްވީޓެއްގައެވެ.

ޓްވީޓްގައި ޖެންޑާ މިނިސްޓްރީން ވިދާޅުވީ "ހިއުމަން ރައިޓްސް ކޮމިޝަންގެ އެންޓި ޓޯޗަރ ރިޕޯޓުގައި ބަޔާންކުރާ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި 22 ކުއްޖަކަށް އަނިޔާކުރި ވާހަކައާ ގުޅިގެން އޮޅުން އަރާ ގޮތަށް ބައެއް ފަރާތްތަކުން ޚަބަރު ފަތުރާތީ ދަންނަވަމެވެ. އެ ހާދިސާތަކަކީ ނިމިގެން ދިޔަ ސަރުކާރުގައި ހިނގާފައިވާ ހާދިސާތަކެކެވެ."

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 22 ކުއްޖަކަށް އަނިޔާކުރީ ކުރީ ސަރުކާރުން ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވި ނަމަވެސް އެޗްއާރްސީއެމްގެ ރިޕޯޓްގައި ވަކި ސަރުކާރެއްގެ ވާހަކައެއް ނެތެވެ. ރިޕޯޓްގައި ވިދާޅުވެފައި ވަނީ އެއީ 01 ޖުލައި 2018 އިން ފެށިގެން 30 ޖޫން 2019 އާއި ދެމެދު ހިނގި ހާދިސާތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށެވެ.

22 ކުއްޖަކަށް އަނިޔާ ކުރިކަމުގެ ތުހުމަތުން ސަލާމަތް ވުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށާފާއި ވާއިރު ފަހަކަށް އައިސް ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންގެ ހާލަތާއި މެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިމަހުގެ ކުރީކޮޅު ވެސް ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ހައެއްކަ ކުދިން ފިލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލް ނޫރު

    ހަސަން ފަރީދު ނަގާލީ ވަސް ޔާމީނޯ؟؟؟؟

    23
    • ާއަހުމަދު

      ކުރީސަރުކާރު މިސަރުކާރު މިނިސްޓަރަކީ ހަމަ އެކަކު

  2. Anonymous

    ދުވަހަކުވެސް ތެދެއް ހަދާފާނެހެން ހީވޭތަ މިހާރު މިއޮތް ސަރުކާރުން.

    29
  3. ....

    1 ޖުލައި 2018 ން 30 ޖޫން 2019 އަށް ވެރިކަން ކުރީ ކުރީގެ ސަރުކާރުންތަ؟ މީއަރަތެއް.ކުށްނުކުރާ ސަރުކާރު ކޮންސަރުކާރު؟ ޞާލިހު ސަރުކާރު.

    19
  4. ބޮޑު ހަސަންބެ

    ކޮބާ ހޯރަ އިއްބެ. ގައިމުވެސް ޔާމިނެއްނޫން މިނިވަންކުރީކީ. ކުޑަކުދިންގެ ހައްގުތަކޭ ބުނާއިރު ކޮބާ ޖީހާން ގެ އިންސާފް. ކީއްވެ އޯ މި ސަރުކާރުގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާއިން ފިލީ. ޔާމިނުތަ މި ސަރުކާރު ދުވަސްވަރު ގޮސްއަނިޔާކުރީ.

  5. އަނގަ

    މިސަރުކާރުގެ އާދައެއް ކަންކަން ރަގަޅުނުކޮއް ކުރީ ސަރުކާރުގެ ބޮލައް ކަޑާލުން.

    • ާއަހުމަދު

      އެބުނާދުވަސް ވަރު އެތަނާ ހަވާލުވެހުރީ ކާކު