އަންހެނުން ޤާޟީކަމަށް އެރުވުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ޙަރާމްކަމެއްކަމަށް ޖަމިއްޔަތުއް ސަލަފްގެ އިލްމުވެރިން ވެސް ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެނަކު އައްޔަންކުރުމަށް ބޭނުންވެ އެކަމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް މިއަދު އެދިލައްވާފައިވާތީ ގިނަ ޢިލްމުވެރިންތަކެއްދަނީ އެކަމާ ދެކޮޅަށް އަޑު އުފުއްލައްވަމުންނެވެ.

އަންހެނުން ޤާޟީކަމަށް އައްޔަން ކުރުމާއިދެކޮޅަށް އަޑުއުފުއްލެވި ޢިލްމުވެރިންގެތެރެއިން ޖަމްޢިއްޔަތުއްސަލަފުގެ ރައީސް، އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އެބޭފުޅާގެ ޓްވީޓާގައި މިއަދު ވިދާޅުވެފައިވަނީ އިސްލާމީ ދައުލަތެއްގެ އެންމެ އިސް ފަނޑިޔާރުންގެ މަޤާމަށް އަންހެނުން އިސްކުރުން ހުއްދަވެގެން ނުވާކަމަށެވެ. އަދި އެންމެ މާތް އެންމެ ޢިލްމުވެރި، އަދި އެންމެހައި މުސްލިމުންގެ މަންމައިންކަމުގައިވެފައިވި އަންހެން ކަނބަލުންނަށްވެސް އިސްލާމީ އުއްމަތުގެ އެންމެ މާތް ތިން​ޤަރުނުގައި ޤާޟީކަން ދެއްވާފައި ނެތް އިރު ދެން އެކަމުގައި އޮންނާނީ ކޮން ހެވެއްތޯ ވިދާޅުވެ ޝައިޚް ޢަބްދުﷲ ވަނީ ސުވާލު ކުރައްވާފައިވެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ނައިބުރައީސް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވެފައިވަނީ އަންހެނުން ޤާޟީކަމަށް އިސްކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ނޫންކަމަށާއި ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އިސްނުކުރެއްވުމަށް އިބޫސޯލިޙުއަށް އިލްތިމާސް ކުރާކަމަށެވެ. އަދި މާތް ﷲ ބާވައިލެއްވި ޝަރީޢަތުގެ ކަންކަން މީސްތަކުންގެ އަތްތަކުން މުގުރަމުންގޮސްމެނުވީ ޤިޔާމަތް ނުވާނެކަމަށް ވިދާޅުވެފައިވެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެފައިވަނީ ޝަރުޢީ ކަންކަމުގައި ލަފާ ހޯދަން އޮންނަ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ފަތުވާއަކީ އަންހެނުން ޤާޟީކަމަށްލުން ހުއްދަ ނުވާނެކަމެއްކަމަށާއި އެންމެ މަތީ ބާރުން ފަތުވާ މަޖިލީހުގެ ފަތުވާއަށް ގޮންޖެހުމަކީ މުޅި އިސްލާމީ އުޞޫލުތަކާއި، ދީނީ ޢިލްމުވެރިންނަށް ޖެހި ޖޯކެއްކަމަށެވެ. އަދި އެއީ ދެއްކި ނުބައި ނަމޫނާއެއްކަމަށް ޝައިޚް ވިދާޅުވެފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެނަކު އައްޔަންކުރުމަށް ބޭނުންވެ އެކަމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް ޞާލިހް މިއަދު އެދިލައްވާފައިވާތީ ސަރުކާރަށް ތާއިދުކުރާ ބައެއް އިލްމުވެރިން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ގާޒީ

  "ހަމަހަމަކަމުގެ ދީން"

  5
  40
  • ޞޯގަޅިބެ

   އަބްދުﷲ އަށް މާތްﷲ ހެޔޮވިސްނުން ދެއްވާ ތެދުމަގުދައްކަވާފާނދޭވެ

   5
   1
 2. ......

  ކެޔޮ ނިރަކުން އަލަގަހެއް ނުފަޅާނެ...

  32
  2
 3. ސާދާ

  މިހާރު ވެރިޔަކަށް ހުންނެވި ބޭފުޅާގެ ޢަމަލުތައް އިސްލާމްދީނާ ޚިލާފަށް ހުރުމުގެ ނަތީޖާ ވ. ހިތިވާނެ އަޅުގަނޑުމެންނަކަށް މީނާ ވެރިކަމުގައި ބަހަށްޓާކަށް ނުފެނެއި

  51
  2
 4. ޢައިސް

  މޮޔަ ސަލަފް ފަހާ ބެރުކުރޭ

  4
  63
 5. ސޯފު

  ގެއްލުނު ބެޑުސީޓްޓްވީޓެއް ނުކުރޭތަ މިކަމާއި ބެހޭގޮތުން

  14
  2
 6. ޒވނއ

  ރަނގަޅު ވާހަކައެއް!

  އެކަމަކު ސަލަފޫ... ރާއްޖޭގައި އަންހެން ކަނބަލުން މަހްރަމަކާނުލާ ދަތުރުކުރާތީ އެކަމާ ކަންބޮޑުނުވަނީތޯ!

  މާ ދީންވެރިވެގެން އުޅޭތީ އަހާލީ!

  3
  21
 7. ގައްބެ

  ރަސޫލާ ދުއާދެއްވިރައީސް އެފަދަބޭފުޅުން ގޯސްކަމެއްނުކުރާނެ ފުރަތަމަ ރައީސްގެ އަނބިކަނބަލުނޮ އޮރިޔާން ނިވާކޮއްފަތާ އެހެންކަމެއްކުރެވޭޢނީ

  20
  2
 8. ޙަބަރުގެ

  ސަލަފަށް އިނގޭބާ ޕާކިސްތާނުގަ އަންހެން ޖަޖުން ތިބޭކަން މިސްރުގަ އަންހެން ޖަޖުން ތިބޭކަން މެލޭޝިޔާގެ އަންހެން ޖަޖުން ތިބޭކަން ތިނިންމުމަކީ ހައްދުފަހަނަ އަޅައިފާވާ ވިސްނުމުގެ އަންހެނުން ދެކެ ބިރުގަންނަ އަންހެނުން އަޅުވެތި ކުރުވުގެ ވިސްނުމެއް ތިކަން ގަބޫލުކުރަނީ އަފްގާނުގެ މުއްލާއިން އެކަނި

  2
  5
  • އަހަރެން

   ކޮންމެ ބަޔަކު ކުރިއަސް ދީނާ ހިލާފުކަމެއް ރަނގަޅު ކަމަކަށް ނުވާނެ. ޙަރާމް ކަމެއް އެންމެން ކުރިއަސް ހުއްދަވާނެ ގޮތެއް ނޯންނާނެ.

  • ދޮންބެ

   ތިބޭފުޅާޔަށް އެނގިލައްވާތޯ މުރުތައްދު ވަނީ ކިހިނެތްކަން. ނޭންގެންޏާ އެބާބު ދަސްކުރޭ ކޮމެންޓް ކުރުމުގެ ކުރިން.

 9. ގެސްވަޓް

  ސަލަފެއް އެހެންލަފެއްކިޔާނެކަމެއްނެތް. މިއަދުމިއޮތް ސަރުކާރު މިއީ ޔެލޯސަރުކާރު. ލައްކަދުވަހު އަންހެނުން ފަހަތައްޖައްސާގެން އުޅެވިއްޖެ. ދެން އިސްލާމީމަރުކަޒުގެ އިސްމުދިމަކައްވެސް އަންހެންކު ހަމަޖައްސާނަން. ދުނިޔޭގެ އިސްލާމީގައުމެއްގަ ފުރަތަމަ އިމާމަކަށް އަންހެނަކު އިސްކޮށް ރިކޯޑެއްވެސްހަދާނަން.

  1
  4
 10. ރަޝީދު

  يا الله އިސްމީޝަރީޢަތާއި ޚިލާފަށް މަސައްކަތް ކުރާވެރިންގެ ނުބައިކަމުން މިގައުމާއި ރައްޔިތުން ސަލާމަތްކުރައްވާނދޭވެ.

  7
  1
 11. މުހައްމަދު ބިން ވައްހާބް

  ކަނޑައެޅިގެން ކީރިތި ޤުރުއާނުން ހަރާމް ކޮށްފައިނުވާކަމެއް ސަލަފަކަސް ސެލްފީއަކަސް ހަރާމެއް ނުކުރެވޭނެ. ކަލޭމެންތީ މަތިންފައިބާފަތިބި ބައެއްތަ ހަރާމް ހަލާލް ކަނޑައަޅަން

  1
  3
 12. ހައަޖާ

  އެމްޑީޕީ ސަރުކާރެއްލައިގެން ދީނައް ނަސްރުދޭގޮތައް ކަންކަން ހިނގާނެކަމުގެ އުންމީދު ކުރުމަކީ ޔަހޫދީންގެ ވެރިކަމެއްގައި މުސްލިމުންނާއި އިސްލާމްދީނައް ހެޔޮ އެދޭނެކަމުގައި ދެކުން ކަހަލަ ކަމެކެވެ. ސަރުކާރު އަދި ސިޔާސީ ލެވަލްގައި ހިންގާ ދީނައް ފުރައްސާރަކުރުމުގެ ޖަރީމާ ހުއްޓުވޭނީ އެމްޑީޕީ ސިޔާސީ މައިދާނުން ނެތިކޮއްގެންކަމުގައި މިއަދު ގަބޫލުކުރަން އެބަ މަޖުބޫރުވޭ.

 13. އެކުއްޖަާ ޓޯޓޯ

  އިސްލަަާމީ ތަޢްލީމު އެގިވަޑައިގަންނަވާ ރައީސް ޖަޒީރާވަންތަ ރައީސްގެއެޖެން ޑަާ ޕުރޮމޯޓް ކުރަން ނިކުމެވަޑައިގަތުމަކީ ކޮޅުނެތް ކޮޅަށް ހިތާމަކުރަާކަމެކެވެ