ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސުޕްރީމް ކޯޓުގެ ބެންޗަށް ދެ އަންހެން ފަނޑިޔާރުންގެ ނަން ހުށަހެޅުމަށް ޖޭއެސްސީގެ ލަފަޔަކަށް އެދުމާއި، ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ޓްވީޓް ކުރި، މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ޝަފީއު އަބްދުﷲ އޭނާއަށް ރައްދުދެއްވައިފިއެވެ.

އިއްޔެ ރައީސް ނިންމެވި އެ ނިންމެވުމަށް މަރުހަބާ ވިދާޅުވަމުން ޝިދާތާ ވިދާޅުވީ، މިއަދަކީ ތާރީހީ ދުވަހެއް ކަމަށާއި، ހުޅިވިގެން މި ދަނީ ފަހި ފުރުސަތުތަކެއް ކަމަށެވެ.

"ދިވެހި އަންހެނުން ނުކުންނަވާ! ކެރިގެން ނުކުންނަވާ! ނިންމުންތައް ނިންމާ ފެންވަރުގެ މަގާމްތަކަށް ކުރިމަތިލައްވާ، އަޅުގަނޑުމެން ފަހަތުގައި އެބަތިބިން". ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާގެ މި ޓްވީޓް ރީޓްވީޓް ކުރައްވަމުން ޝެއިޚް ޝަފީއު ވިދާޅުވީ، މިއިން ވަރަށް ސާފްކޮށް އިނގެނީ އަދާލަތު ޕާޓީއަކީ ދީނީ އިއްތިހާޖު އޮޅުން ބޮޅުން ވެފައިވާ ޕާޓީއެއް ކަން ކަމަށެވެ.

"ޕާޓީގެ އިލްމުވެރިންގެ މައުގިފާއި ޕާޓީގެ އިސް ފަރާތްތަކުގެ މައުގިފު އުޑާއި ބިމާހާ ތަފާތު... އެއްޗެކޭ ނުބުނަން ހުންނަނީ.... މިވަރު ތަންކޮޅެއް ބޮޑު... މާފް ކުރައްވާ". ޝެއިޚް ޝަފީއު އަބްދުﷲ ކުރެއްވި ޓްވީޓްގައި ވެއެވެ.

އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ހަރާމް ކަމެއް ކަމަށް ފަތުވާ މަޖިލީސް އިން ވަނީ ވިދާޅުވެފައެވެ. އަދި މަޝްހޫރު ދީނީ އިލްމުވެރިން ދަނީ އެ ނިންމެވުން ބަދަލު ކުރުމަށް ގޮވާލަމުންނެވެ.

ޝިދާތާއަކީ ދީނީ އިލްމުވެރިން އެންމެ ގިނަ އަދާލަތު ޕާޓީގެ މަޝަވަރާ މަޖިލީސްގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. ކަލޭފާނު

  މި ދައިތަ ބޮޑުމަޤާމު ގެއްލިދާނޭތީ ރޫރޫލަނީ!

  107
  4
 2. އަދާލަތު

  މިދައިތާ އަކީ އަދާލަތު ޕާޓިއަށް ކުފޫ ހަމަވާ ދައިތާ އެއްނޫން. މިދައިތާ ބޭރު ކުރޭ.

  74
  2
 3. ފަރުހާދު

  އެދައިތާގެ ޕާޓީގެ ވެރިންކޮބައިބާ؟ މަޤާމް ގެއްލިދާނެތީ އަގައިން ނުބުނަނީތޯ؟

  74
  1
 4. ކަސޯޓީ

  ތިސިދާތާ ތީހަމަބެޑްޝީޓެއް ދަށަށްލާފަ ގެއްލުވާލަންޖެހޭ މީހެއް..

  64
  1
 5. ފަޚުރުރާއްޖެ

  ތީގެން އިނގެނީ ތިޔަޕާޓީގެ މުނާފިޤުކަން!! ޝަފީޢު އަށް އަދިވެސް އެތަންކޮޅު ނުވިސްކަންނޭނގެ

  54
  1
 6. ނަން

  މީދެން މީހުން މަގާމު ދޭވަރު މީހެއްތަ. ޖަޒީރާ ވެގެން ދިޔައިނުން ތަންތާހުރި ގަމާރުންނައް ކަންކަން ހަވާލުކޮއްފަ.

  53
  3
 7. Anonymous

  ހޭދަކުރަމުން

  24
  1
 8. ޜުންކުރު

  ޝިދާތާ މިނިސްޓަރަކަށްވި ފަހުން ބުރުގާ މަައްޗަށް އަރަމުންގޮސް ހީވަނީ ދުވަސްކޮޅަކުން ބުރުގާވެސް ބޭލިދާނެހެން މިކަަމަނާގެ ބަސްމަގާ ޢަމަލު ހުރިގޮތުން ޢަދާލަތު ތަމްސީލުކުރަން އެކަށީގެންވޭބާ؟

  58
  1
 9. ނަސްރު

  ވަރަށް ހިއްގައިމު

  19
  4
 10. Anonymous

  މި ދައިތަ ބޮޑުމަޤާމު ގެއްލިދާނޭތީ ރޫރޫލަނީ!

  41
  1
 11. ތޫނި

  ޢަޅެ އެމަންޖެ އަތުން ބެޑްޝީޓެއް ހޯދަދީބަލަ

  44
  1
 12. ސަނާ

  މިދާތާއަކީ ގައުމށް ޖެހިފަ އޮތް ވަބާއެއް ނުބެހޭ ކަމެއް އަގަނުބާނާ ދިމާލެއް އޮތީކީ ނޫން މިދާތާއަކީ މިނިސްޓަރ ކަންލިބުމުގެ ކުރީގަ ހިލޭފިރި ހެނުންނާ އަތްޖޯޑުކޮށްސަލާމް ކުރާމީހެއް ނޫންކަމަށް ވަނި މިނިސްޓަރކަމުގެ ހުވާކުރި ހިސާާބުން މަގާާާމަށް ދީން ވިއްކަން ހިފާފަހުރި ބޯހަމަ ނުޖެހޭ އަންހެނެއް

  42
  1
 13. ކެޔޮޅު

  ސިދާތާ އަންހެނުންނަކައް ހުރިހާ މަޤާމެއްގަ ފިރިހެހެނުންނާ އެއްހަމައެއްގަ ފައިތިލަ ސާބިތެއްނުކުރެވޭނެ. އިލާހީ ޤާނޫނައް ގޮންޖަހަން ނޫޅޭ ،،

  49
  1
 14. އިޒަދީ

  ބުރުގާ އެޅީމަ އެ ދީނީނީ ވީދޯ

  25
  1
 15. ޝާހް، ރ.ވާދޫ

  މީއްޗަކު މީ ކީއްކުރަން އަޅައިގެން އުޅޭ ބުރުގާއެއް ބާއޭ މަ ހިތަށްއަރާ.

  32
  1
 16. މަ

  މި ދައިތަ މި ފަހެ ކޯޗެއް އެނގިގެން ނުކުމެ ހުރި ދައިތައެއް؟ އަދި އެއްޗެއް ނޭނގުނަސް މޑޕ ވާަލަކު ހަމަ އެއްޗެކޭ ބުނާއިރަށްބއަނގަ ތަންމިނަށް ހުޅުވާފަ މަރުހަބާއޭ ވީދި ގަންނާނެ. ހެޔޮވާނެ މަރުހަބާ މި ކިޔެނީ ކޮންކަމަކަށް ކަން ނޭނގުނަސް. މީދެން ފުކެއް ބޮޑުވަރު

  37
  1
 17. ޏާޒް

  ޢަބަދު ހޫނުފެނަށް ވެއްޓިފަ ހުންނަ މީހެއް

  41
  1
 18. އަޙްމަދް

  ތިހެން ވީމައޭ އަހަރުމެން ކިޔަނީ ޖަހާލަތު ޕާޓީއޭ

  33
  1
 19. އަ ނގަބެ

  އަޅެފަހެ މިއީ ބީތާވެފަ ހުރި މަންޖެ އެއްދޯ

  15
  1
 20. ސޮނިފުހޭއިސްކިން ޓޯޓޯ

  އެ ދައިތައަކީ މާސްއަށް ފޮނުވަންވެފަ ހުރި ދައިތައެއް

  13
  1
 21. ރާޖު

  ވަގުތު ޖެހުނީމަ ދައިތަ ޖެހޭނީ ހަމަބިމަށް ހަމަ ތިރިވާން.. ﷲ ގެ އިރާދަފުޅުން ވަރައް އަވަހައް މި ސަރުކާރުގަ އުޅޭ ޔަހޫދީ ފިކުރައް ލޯބިކުރާ އެންމެހާ ވެރިން ނިކަމެތި ކުރައްވާ ވެރިކަމުން ދުރުކުރައްވާންދޭވެ...

  17
  1
 22. ޙަރީބު

  ލާދީނީ ފިކުރުގެ އަންހެނަކު އަދާލަތުގައިވެސް ހުރެދާނެތާ. 3 މުށް ބުރުގާ އެޅީމަ ބަޔަކަށް ދީންވެރިކަމަށް ހީވިޔަސް އެއީ މަސްކެއް. ސޭހު އިލިޔާސް ކަހަލަ ދީން ވިއްކާ މީހުން އަދާލަތުގަ ގިނައީ... އިމްރާނު ކަހަަލަ ނަގޫފިތިފަތިބި ބައިގަނޑު... ދުނިޔެއަށް ހެއްލިފަ

  17
  1
 23. މޫސާމަނިކު

  ސިދާތާއަކި އަދާލަތު ޕާޓީ ހަލާކު ކުރުމުގެ އެކެއްގެ ގޮތުގައި ރިލޯޑް ހިފައިގެން އުޅޭ ހަވަރު ތިނަދޫ ތެނައެއް. މިކަހަލަ މީހުން މިނިސްޓަރުންނަށް ލީމާ ވާނީވެސް ގޯސް

  13
  1
 24. ނަފުރަތު

  ދުނިޔެވީ ލައްޒަތަށްޓަކައި އިސްލާމް ދީނާ ދެކޮޅަށް ކުރާ ކަންތައްތަކުގެ ސަބަބުން އެކަމުގެ ހިތިރަހަ މިދުޔެ މަތީގަވެސް މިދައިތައަށް ދެއްވާދޭނވެ. އާމީން

 25. ބެޑުސީޓް

  ކޮބާ ވެލިޒިނީ ސްޕްރިމް ކޯޓައް ކޮންމެހެން ލާންޖެހޭ މީހެއް އެއީ އެއިރުން ތިޔަ ކޯޓު ފުރިހަމަ ވާނީ.

 26. އަޙްމަދު

  ޢިސްލާނީނާ ޙިލާފް ކަމެޢް ކުރާޢިޜު ކޮބާތަ މިނިސްޓަރ

 27. ތިމަންނަ

  ކަމަނައަށް ހަަމަ ސާބަހޭ! ބޮކަށް ރަންވެލި ފުންޏެއްގެ މައްޗަށް އެރުނީމާ ވީގޮތް ވީތާއޭ.......

 28. ޗާލު

  ޝެއިޚް ޝަފީއު އަބްދުﷲ އަށް ދަންނަވާލަން ބޭނުންވަނީ އެއްޗެކ ނުބުނަށް ހުންނަނީ ކީއްވެގެންތޯ. އިސްލާމްދީނަށް ލޯބިކުރާކަމުގައިވާނަމަ ހަނު ހުންނާކަށްނުޖެހޭ. އިލްމްވެރިން ﷲގެ ޙަޟްރަތުގައި މާތްވީ ވަރަށް މަތިވެރި ސަަބަބުތަކަށްޓަކައި. އާދައިގެ މީހުނަށްވުރެ ކުރިން ގޯސްކޮށްދާކަންކަމުގައި ބަސްބުނެވެންޖެހޭނެ. ބިރުގަންނަށްވީ ﷲއަށް. މަރްޙޫމް އަފްރާޝީމްވެސް އެހާވަރަށް ޖެއްސުންކުރިއިރުވެސް ހައްޤު ފާޅުކުރަމުންދިޔައީ. އެންމެ ބޮޑުވަރަކަށްވެސް މަރާލެވޭނީ. އެހެންނޫނަސް ހަމަމަރުވާނެ. މީވަރަށްވާހަކަ. ދީނީ އިލްމްވެރިން ބިރުންނޫޅޭ. ބިރުގަންނަށްޖެހޭނީ ﷲ. މިހެން ޝެއިހުންކައިރީގަ އަހަރަމެން ބުނަށްޖެހޭތީ މާފަށްއެދެން.

 29. އަހްމަދު

  މިރާއްޖޭގައި އަހަރެންނޫން އެންމެން އެންމެމަޝްހޫރުކަމަށްކިޔާ ޝޭޚުއިލްޔާސް ތިކަމާ ބުނަނީ ކީކޭބާ؟ އަޑެއްބަޑެއް ނީވޭ. ހަތްއުޑުގެ މަތިން ބާވާލެއްވީ ކީކޭބާ؟ މީއިލްޔާސްދައްކާ ވާހަކައެއްނޫން.