ސިނަމާލެ ބުރިޖާއި، ބުރިޖާއި ގުޅިފައިވާ ހަލި މަގު (ހައިވޭ)ގައި ހެލްމެޓާ ނާޅާ ސައިކަލު ދުއްވާ މީހުން ރިޕޯޓް ކުރަން ހާއްސަ ނަމްބަރެއް ޓްރެފިކް ފުލުހުން ތައާރަފްކޮށްފިއެވެ.

ފުލުހުންގެ ޓްރެފިކް ޑިޕާޓްމެންޓުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ހެލްމެޓް ނާޅާ ބުރިޖު އަދި ހައިވޭގައި ދުއްވައިގެން އާއްމު ފަރާތްތަކުން ފޮނުވާ ފޮޓޯތަކުގައިވާ ފަރާތްތައް ޓްރެފިކް ފުލުހަށް ހާޒިރުކޮށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

އަދި އާއްމު ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަމަށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

ފުލުހުން ވިދާޅުވީ، ހެލްމެޓް ނާޅާ މީހުންގެ މައުލޫމާތު 9926091 ނަމްބަރަށް ވައިބާ ކުުރުމަށް ނުވަތަ 9888999 އަށް ވަޓްސްއެޕް މެދުވެރިކޮށް ރިޕޯޓް ކުރެވޭނެ ކަމަށެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވާ ގޮތުގެ މަތިން 30 ކިލޯ މީޓަރު ބާރު މިނުގައި ދުއްވޭ މަގުތަކުގައި ސައިކަލް ދުއްވަންވާނީ ހެލްމެޓު އަޅައިގެންނެވެ.

އަދި މި ގަވާއިދާއި ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖުރިމަނާ ކުރާއިރު ދެވަނަ ފަހަރަށް ދުއްވައިފިނަމަ 750 ރުފިޔާ އަދި ތިންވަނަ ފަހަރަށް ދުއްވައިފިނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ގަވާއިދުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަހްމަދު

    ޢެކަކުވެސް ރިޕޯޓެއް ކުރާނެކަމެއް ނެތް. ތިޔަކަހަލަ ކަންކަން ބަލަހައްޓަން ދިވެހި ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަދީފަ
    ފުލުހުން ބައިތިއްބާފަ އެތިބެނީ ކަމަކު. މަސްއޫލިއްޔަތު އަދާނުކުރެވޭނަމަ އިސްތިއުފާ ދީ. އެއިރުން ކަންކުރެވޭބަޔަކަށް ފުރުސަތު ލިބޭނީ.

    11
    6
  2. ާއަޙްމަދު

    ހުރިހާމަގެއްގަވެސް ގަޑިއަކު 30 ކިލޯމީޓަރު ބާރުމިނުގަ ދުއްވުން ހުއްދަ. ކީކޭބާ ތިޔަކިޔަން އުޅެނީ. ތިޔަބުނާގޮތުން ހުރިހާމަގެއްގަވެސް ދުއްވޭނީ ހެލްމެޓް އަޅައިގެންތާ. އެކަމަކު ހުރިހާމަގެއްގަ ދުއްވާއިރު ހެލްމެޓް އަޅަން ނުޖެހޭކަން ކުޑަކުދިންނަށްވެސް އެގޭ. ލަލަލާ.

    4
    4
  3. އ. ޖ. އ

    އައި އެމް ރިޕޯޓިންގ ނަވާޒު